މޯލްޑިވްސް ހާފް މެރަތަން 2024 ގެ މެޑިކަލް ޕާޓްނަރަކަށް ޓްރީޓޮޕް

މޯލްޑިވްސް ހާފް މެރަތަން 2024 ގެ މެޑިކަލް ޕާޓްނަރަކަށް ޓްރީޓޮޕް

ރާއްޖޭގެއި ކަސްރަތާއި ދުވުމުގެ ހަރަކާތްތައް އިންތިޒާމްކުރާ "އައި ރަނާސް" ގެ ފަރާތުން ބާއްވާ "މޯލްޑިވްސް ހާފް މެރަތަން 2024" ގެ މެޑިކަލް ޕާޓްނަރުގެ ގޮތުގައި ޓްރީ ޓޮޕް ހޮސްޕިޓަލާއެކު ސޮއިކޮށްފި އެވެ.

މިއަދު އޮތް މި ދުވުމުގައި ސިއްހީ ހިދުމަތާއި ފަސްޓް އެއިޑް ފޯރުކޮށްދިނުމަށް ޓްރީޓޮޕްގެ އެމްބިއުލާންސް އަދި ޑޮކްޓަރުން ހަރަކާތްތެރިވާނެ އެވެ.

މެޑިކަލް ޕާޓްނާގެ ހައިސިއްޔަތުން، ޓްރީޓޮޕުން އިއްޔެ ބޭއްވި މޯލްޑިވްސް ހާފް މެރަތަން އެކްސްޕޯގައި ވަނީ ދުވުންތެރިންނަށް ހިލޭ ބޭސިކް ހެލްތް ޗެކަޕްގެ ހިދުމަތް ފޯރުކޮށްދީފަ އެވެ.

ޓްރީޓޮޕްގެ ސީއީއޯ ޑރ. ސްރިވަޓްސަން ސްރިދާރް ޖީ ވިދާޅުވީ މުޖުތަމައުގެ ސިއްހީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކޮށް "ހެލްތީ ލައިފްސްޓައިލް" ޕްރޮމޯޓް ކުރާ މިފަދަ ހަރަކާތްތަކަށް އެ ހޮސްޕިޓަލުން މަރުހަބާ ކިޔާ ކަމަށާއި ކުރިއަށް އޮތްތަނުގައި ވެސް މިފަދަ ހަރަކާތްތަކަށް އެއްބާރުލުން ދޭނެ ކަމަށެވެ.

ޓްރީ ޓޮޕުން މީގެ ކުރިން ވެސް ރާއްޖޭގެ މަޝްހޫރު ދުވުންތަކާއި، އެހެނިހެން ހަރަކާތްތަކަށް ފަސްޓް އެއިޑް އަދި މެޑިކަލް ސަޕޯޓް ފޯރުކޮށްދީފަ އެވެ.

މޯލްޑިވްސް ހާފް މެރަތަން އަކީ "އައި ރަނާސް" ގެ ފަރާތުން މުޖުތަމައުގައި ސިއްހީ ހޭލުންތެރިކަން އިތުރުކޮށް، ދުޅަހެޔޮ ސިއްހަތެއް ޕްރޮމޯޓު ކުރުމަށް ބާއްވާ ހާއްސަ ދުވުމެކެވެ.

ދުވުމުގައި ހިމެނޭ ކެޓަގަރީތައް؛

  • ހާފް މެރަތަން: 21 ކިލޯމީޓަރު
  • 15 ކިލޯމީޓަރު
  • 10 ކިލޯމީޓަރު
  • ފަސް ކިލޯމީޓަރު ފަން ރަން
  • އިންލައިން ސްކޭޓިން
  • ވީލްޗެއާ ރޭސް، ފަސް ކިލޯމީޓަރު

ޓްރީ ޓޮޕަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ ޒަމާނީ ފެންވަރަށް ސިއްހީ ހިދުމަތް ފޯރުކޮށްދެމުން އަންނަ ހޮސްޕިޓަލެކެވެ. އެގޮތުން މިހާރުވެސް އެ ހޮސްޕިޓަލުން އަންނަނީ އެންމެފަހުގެ ވަސީލަތްތަކާ އެކު ތަފާތު ހިދުމަތްތައް ތައާރަފު ކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގަވިންގެ "ވީކެންޑް ސޭލް" ހުޅުމާލޭގައި ފަށަނީ

ގަވިންގެ ހުޅުމާލެ ޝޯރޫމް ކުރިމަތީގައި ކޮންމެ ހަފުތާއެއްގެ ބުރާސްފަތި އަދި ހޮނިހިރު ދުވަހު، ގޭތެރެއަށް ބޭނުންވާ ސާމާނު ހެޔޮ އަގުގައި ލިބޭ "ވީކެންޑް ސޭލް" އެއް ފަށައިފިއެވެ. މި ސޭލްގައި ކާޕެޓާއި ބެޑްޝީޓް ފަދަ ތަކެތީގެ އިތުރުން، އަލަށް ނެރުނު "އޭވިން" ބްރޭންޑްގެ ދޮންނަ މެޝިނާއި ޝޯރޫމްގެ އެހެން މުދާތަކުން ވެސް ބޮޑެތި ޑިސްކައުންޓްތަކެއް ލިބެން ހުންނާނެއެވެ.

ސްޓާމެޑިކަލް އިން ދަރިމައިވުމާ ބެހޭ ސެޝަންއެއް ބާއްވަނީ

ދަރިމައިވުމުގެ ކުރިން ވިސްނަންޖެހޭ ކަންކަމަށް ހޭލުންތެރިކުރުވުމަށް ސްޓާ މެޑިކަލް އިން މި މަހުގެ 24 ވަނަ ދުވަހުގެ ރޭ ހިލޭ ބާއްވާ ޚާއްސަ ސެޝަނެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ތަޖުރިބާކާރު ނަރުހުން މައުލޫމާތުދޭ މި ސެޝަންގައި ދުޅަހެޔޮކޮށް ބަލިވެއިނުމަށް ތައްޔާރުވާނެ ގޮތްތައް ކިޔައިދޭއިރު، ކްލިނިކްގެ ނަންބަރުތަކަށް ގުޅައިގެން މިހާރު ނަން ނޯޓުކުރެވޭނެއެވެ.

ޑޮލަރު ޓްރާންސްފާ އަންނަ ހަފުތާގައި ހަމައަކަށް އެޅޭނެ: ބީއެމްއެލް

ބީއެމްއެލްއިން ޓީޓީ ހެދުމުގައި ދިމާވެފައިވާ ލަސްތަކަށް އަންނަ ހަފުތާގައި ހައްލެއް ލިބޭނެ ކަމަށް އެ ބޭންކުން ބުނެފި. މި މައްސަލަ ހައްލުކުރުމަށްޓަކައި ބޭންކުން ވަނީ ޑޮލަރު ބޭރުވާ މިންވަރު ކޮންޓްރޯލްކޮށް، ޒަރޫރީ ބޭނުންތަކަށް އިސްކަންދޭން ފަށާފަ. ބޭންކުން ޔަގީންކޮށްދޭ ގޮތުގައި މިއީ ޑޮލަރު ސަޕްލައިއަށް ދިމާވި ވަގުތީ ދަތިކަމެއް.

50 މިލިއަން ޑޮލަރު ދައްކަން ފައިސާއެއް ނުދެން: ބީއެމްއެލް

އިންޑިއާއަށް ދައްކަންޖެހޭ 50 މިލިއަން ޑޮލަރު ދެއްކުމަށް ބީއެމްއެލްގެ ފައިސާ ބޭނުންކުރި ކަމަށް ބުނާ ވާހަކަތައް އެ ބޭންކުން ދޮގުކޮށްފި. ބޭންކުން ބުނީ އެ ދަރަނި އަދާކުރުމުގައި ކަސްޓަމަރުންގެ ޑިޕޮސިޓް ނުވަތަ ބޭންކުގެ އެއްވެސް ވަސީލަތެއް ބޭނުންކޮށްފައި ނުވާނެ ކަމަށާއި، ބޭންކުގެ މާލީ ހާލަތު ވަރުގަދަކޮށް އޮތް ކަމަށް.

ބީއެމްއެލްއިން ޑޮލަރު ސަޕޯޓު ނުލިބޭތާ ހަފުތާއެއް

ބީއެމްއެލް މެދުވެރިކޮށް ވިޔަފާރިތަކުން ފޮނުވާ ޓީޓީތަކަށް ޑޮލަރު ސަޕޯޓު ލިބުން ދަތިވެ، އެކައުންޓުގައި ފައިސާ ނެތް ނަމަ އިތުރު އެންގުމަކާ ނުލައި ޓީޓީ ބާތިލުވާނެކަން އެ ބޭންކުން އަންގައިފި.މި ބަދަލުގެ ސަބަބުން މުދާ ގެންނަ ފަރާތްތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާއިރު، ޑޮލަރު ލިބޭ މިންވަރު މަދުވުމުގެ ޝަކުވާ ވިޔަފާރިވެރިން ދަނީ ކުރަމުން.

ބީއެމްއެލްއިން ވިޔަފާރިވެރިންގެ ޑޮލަރުތައް ތާށިކޮށްފި

ޑޮލަރުގެ ތާށިކަން ބޮޑުވެ، ބީއެމްއެލްގައި ހުރި ވިޔަފާރިވެރިންގެ ޑޮލަރު އެހެން ބޭންކުތަކަށް ޓްރާންސްފާ ނުކުރެވެނީ އެމްއާރުޓީޖީއެސް މެދުވެރިކޮށް ކުރާ ޓްރާންސްފާތަކުގެ ބެކްލޮގެއް އޮތުމުން. މީގެ ސަބަބުން މުދާ އިމްޕޯޓުކުރުމަށް ފައިސާ ދެއްކުމުގައި ވިޔަފާރިތަކަށް ވަނީ ބޮޑެތި ދަތިތަކެއް ކުރިމަތިވެފައި.

އެމްއައިބީން މާދަމާ އެކައުންޓް ހުޅުވުމުގެ ހިދުމަތް ދެނީ

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން މާދަމާ ހެނދުނު 10:00 އިން މެންދުރު 2:00 އަށް މާލެ އާއި ހުޅުމާލޭގެ ބްރާންޗުތަކުން އެކައުންޓް ހުޅުވުމުގެ ހިދުމަތް ދިނުމަށް ވަނީ ނިންމާފައި. މި ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އެ ބޭންކުގެ ހެޑް އޮފީހާއި، ރީޓެއިލް ބޭންކިން ބްރާންޗް އަދި ހުޅުމާލެ ބްރާންޗުން.

Newsletter

Get the latest news delivered straight to your inbox