ކެނަޑާ ބަލިކޮށް އާޖެންޓީނާ އިން ތަށި ދިފާއުުކުރަން ކޮޕަ އެމެރިކާގެ ފައިނަލަށް

Jul 10, 2024, 4:09 AM
ކެނަޑާ ބަލިކޮށް އާޖެންޓީނާ އިން ތަށި ދިފާއުުކުރަން ކޮޕަ އެމެރިކާގެ ފައިނަލަށް

ނިއުޔޯކް ސިޓީ (ޖުލައި 10) - ކޮޕަ އެމެރިކާ ފުޓުބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި ކެނަޑާގެ މައްޗަށް 2-0 ގެ ނަތިޖާ އަކުން ކުރިހޯދާ އާޖެންޓީނާ ފައިނަލަށް ދަތުރުކޮށްފި އެވެ.

މިއީ، އާޖެންޓީނާ އިން މިދިޔަ އަށް ކޮޕަ އެމެރިކާގެ ތެރެއިން ފައިނަލަށް ދިޔަ ހަ ވަނަ ފަހަރެވެ. އާޖެންޓީނާ އަކީ މި މުބާރާތް އެންމެ ފަހުން ކާމިޔާބުކުރި ޓީމު ވެސް މެ އެވެ.

މި މެޗުގެ ހަތްވަނަ މިނެޓުގައި ކެނެޑާގެ ޖެކޯބް ޝެޕަލްބާގް އަށް ވަނީ ގޯލު ޖަހަން ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފަ އެވެ. އާޖެންޓީނާގެ އޭރިއާ ތެރެއިން އެ ޓީމުގެ ކުޅުންތެރިއެއް ކައިރިން ނައްޓާލުމަށްފަހު ޝެޕަލްބާގް ފޮނުވާލި ބޯޅަ ދިޔައީ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ.

Advertisement

އޭގެ ފަހުން މެޗުގެ 12 ވަނަ މިނެޓުގައި އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

މެޗުގައި އާޖެންޓީނާ އިން ލީޑު ނެގީ 23 ވަނަ މިނެޓުގައި އެވެ. ކެނެޑާގެ ޑިފެންޑަރުންނަށް ހެދުނު ބޮޑު ގޯހެއްގެ ފައިދާ ނަގާ މި ގޯލު އާޖެންޓީނާ އަށް ޖަހައިދިނީ ހޫލިއަން އަލްވަރޭޒް އެވެ.

މެޗުގެ 34 ވަނަ މިނެޓުގައި އާޖެންޓީނާ އަށް ލީޑު ފުޅާކޮށް ދޭން އެންހެލް ޑި މާރިއާ އަށް ލިބުނު ފުރުސަތުގައި އޭނާ ކެނެޑާގެ ކީޕަރު މެކްސިމް ކަޕޯ ބޯމަތިން ހިއްލާލި ބޯޅަ ދިޔައީ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން މެސީ އަށް ވެސް ވަނީ އާޖެންޓީނާގެ ލީޑު ފުޅާ ކުރުމަށް ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފަ އެވެ. ކެނަޑާގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު މެސީ ކަނާތު ފައިން ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ.

ދެ ވަނަ ހާފު ފަށައިގެން ފަސް ވަނަ މިނެޓުގައި އާޖެންޓީނާ އަށް ލީޑު ފުޅާ ކޮށްދިނީ މެސީ ޖަހައިދިން ގޯލުންނެވެ. މިއީ, އެންޒޯ ފެނާންޑޭޒް ފޮނުވާލި ހަމަލާ އަކުން ލިބުނު ފުރުސަތެއްގައި މެސީ ޖެހި ގޯލެކެވެ.

ގިނަ ފައުލުތަކެއް ފެނިގެންދިޔަ މި މެޗުގެ ދެ ވަނަ ހާފު ނިމެން މިނެޓަކަށްވެފައި ހުއްޓަ ކެނަޑާގެ ޓާނީ އޮލޭވްސޭ އަށް ވަނީ ކައިރި ކައިރީގައި ލަނޑު ޖަހަން ރަނގަޅު ދެ ފުރުސަތު ލިބި ބޭކާރުވެފަ އެވެ. އޭނާ ފުރަތަމަ ފޮނުވާލި ހަމަލާ އާޖެންޓީނާގެ ކީޕަރު މާޓިނޭޒް ދިފާއުކުރިއިރު, ދެވަނަ ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox