ބޮޑުފިނޮޅު ވިއްކާލުމުން ވ. އަތޮޅު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި

ބޮޑުފިނޮޅު ވިއްކާލުމުން ވ. އަތޮޅު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި

ވ. ބޮޑުފިނޮޅު ވިއްކާލުމުން ވ. އަތޮޅު ކައުންސިލުން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ވ. އަތޮޅު ތިނަދޫއާ އެއް ބިތެއްގައި، އެ ރަށާ 7.7 ކިލޯމީޓަރު ދުރުގައި އޮތް އެ ފިނޮޅު ވިއްކާލީ 729،000 ޑޮލަރަށް (11.2 މިލިއަން ރުފިޔާ) އަށް ރާއްޖޭގައި އެންމެ ފުޅާ ދާއިރާގެ ލޯކަލް ޓޫރިޒަމް ހިންގާ ކާނި ހޮޓެލްސްއަށެވެ.

ޓޫރިޒަމް މިނިސްޓަރު ފައިސަލް ނަސީމްއަށް ފޮނުއްވި ސިޓީއެއްގައި ވ. އަތޮޅު ކައުންސިލުން ބުނީ އެތަން ވިއްކާލީ ކައުންސިލާ މަޝްވަރާ ކުރުމެއްނެތި ގާނޫނާ ހިލާފަށް ކަމަށެވެ.

ވ. އަތޮޅަކީ ލޯކަލް ޓޫރިޒަމް ހަލުވި ކަމާއެކު ކުރިއަރަމުންދާ އަތޮޅެއްކަން ފާހަގަކޮށް އަތޮޅު ކައުންސިލުން ބުނީ އެ އަތޮޅުގެ ގުދުރަތީ ވަސީލަތްތަކަކީ އަތޮޅުގެ ގެސްޓްހައުސްތަކާއި، ބައެއް ރިސޯޓުތަކާއި އަދި ސަފާރީތަކުން ފުޅާ ދާއިރާއެއްގައި ފަތުރުވެރިކަމުގެ އެކި ބޭނުންތަކަށް ބޭނުންކުރާ ވަސީލަތްތަކެއް ކަމަށެވެ.

"އަތޮޅުގެ ފަޅު ރަށްތައް ރިސޯޓް ވިޔަފާރިއަށް ދޫކޮށްފައިވުމުން އެކްސްކާޝަން އަދި ޕިކްނިކް ދިޔުމަށް އެކަށޭނެ ތަނެއް އަތޮޅުގައި ނެތްހިނދު އަދި ތިޔަ މިނިސްޓްރީން ވިއްކާލި ކަމަށް މި ކައުންސިލަށް ނުރަސްމީކޮށް މައުލޫމާތު ލިބިފައިވާ ފިނޮޅަކީ މި ދެންނެވި ވިޔަފާރިތަކުން ކޮންމެ ދުވަހަކު އެކްސްކާޝަން ދިޔުމަށް ބޭނުންކުރަމުންދާ މަދު ތަންތަނުގެ ތެރެއިން އެންމެ ގިނައިން ބޭނުންކުރަމުންދާ ފިނޮޅު،" އެ ކައުންސިލުން ބުންޏެވެ.

އެކަމަކީ އަތޮޅުގެ ފަތުރުވެރިކަމުގެ ވިޔަފާރިތަކާއި އަދި ޖުމްލަކޮށް އަތޮޅުގެ ހުރިހާ ރައްޔިތުންގެ ހުރިހާ ރައްޔިތުންގެ މަސްލަހަތު ހިމެނޭ ކަމަކަށް އެކަންވީ ހިނދު އެ ފިނޮޅު ކުއްޔަށް ދިނުމަކީ ހަމަނުޖެހުމާއި ފަސާދައަށް ހުޅުވިގެންދާ ދޮރަކަށް ވުމުގެ ފުރުސަތު ބޮޑުވުމުން، އެކަން އެގޮތަށް ނުކުރުމަށް ވަނީ ސިޓީގައި އެދިފަ އެވެ.

އެ ކައުންސިލުން ވަނީ އަތޮޅުން ފަޅުތައް ދޫކުރުމާއި އެކަމުގެ އެއްވެސް މައުލޫމާތެއް އަތޮޅު ކައުންސިލާއި، މިނިސްޓްރީން ހިއްސާކޮށްފައި ނުވާތީ ވެސް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޕާކިސްތާނުގައި ދިރިއުޅޭ ދިވެހިންނާ މުއިއްޒު ބައްދަލުނުކުރެއްވި

ޕާކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމަށް ދައުވަތު ދެއްވުމަށްފަހު، އެންމެ ފަހުވަގުތު އެ ބައްދަލުވުން ކެންސަލްކުރުމުން އެތަނުގައި ތިބި ދިވެހިން ވަނީ ނުރުހުން ފާޅުކޮށްފައި. އެ ބައްދަލުވުން އޮންނާނެ ކަމަށް ބުނުމުން ތައްޔާރުވި ކަމަށް ދިވެހިން ބުނި.

އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު ގަބޫލެއް ނުކުރާނަން: ޔާމީން

ޕާކިސްތާނުން ރައީސް މުއިއްޒަށް އޮނަރަރީ ޑޮކްޓަރޭޓް އެރުވުމާ ގުޅިގެން، އެފަދަ ޝަރަފެއް އެމަނިކުފާނަށް އެރުވި ނަމަ ގަބޫލުނުކުރައްވާނެ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވި. ޔާމީން ވިދާޅުވީ ރާއްޖޭގެ ހާލަތު އޮތްގޮތުން މުއިއްޒަށް އެ ޝަރަފު ދޭންޖެހޭ ސަބަބެއް ނުވިސްނޭ ކަމަށާއި، އެކަމުގެ ސަބަބުން އެ ޝަރަފު އެރުވި ފަރާތުގެ އަގުވެސް ވެއްޓޭ ކަމަށް.

ރަސްމާލެ ވިއްކާލަށް ރައްޔިތުންގެ ވޯޓަކަށް ދާންޖެހޭ: ޔާމީން

ރަސްމާލެއިން ބައެއް ވިއްކާލުމަކީ ރައީސުލްޖުމްހޫރިއްޔާއަށް އަމިއްލައަށް ނިންމޭނެ ކަމެއް ނޫން ކަމަށާއި، އެއީ ރައްޔިތުންގެ މުސްތަގުބަލާ ގުޅިފައިވާ ކަމަކަށްވާތީ އެކަމުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭނެ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވެއްޖެއެވެ. އަދި ރަސްމާލެއިން ދޫކޮށްލާ ބައި އަނބުރާ ނުހޯދޭނެ ކަމަށް ޔާމީން ވިދާޅުވި.

ޕާކިސްތާނަށް ކުރި ދަތުރު ނިންމާލުމަށްފަހު މުއިއްޒު މާލެއަށް

ޕާކިސްތާނުގެ ބޮޑުވަޒީރުގެ ދައުވަތަކަށް ރައީސް މުއިއްޒު އެ ގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި 20 އެމްއޯޔޫއެއްގައި ސޮއިކޮށް، ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ވިޔަފާރީގެ މިންވަރު 200 މިލިއަން ޑޮލަރަށް އިތުރުކުރުމަށް ވަނީ އަމާޒު ހިފާފައެވެ.

"އަންހެނުން ގޭގައި ކުރާ މަސައްކަތުގައި އިގުތިސޯދީ އަގު އެބަހުރި"

އަންހެނުން ގޭގައި ކުރާ މަސައްކަތަކީ އިގުތިސޯދީ އަގެއް ހުރި ކަމެއް ކަމަށާއި، އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ދައުލަތުން ނުވަތަ ފިރިމީހާ ފައިސާ ދޭންޖެހޭ ކަމަށް ފައްޔާޒް ވިދާޅުވި. އޭނާ ވިދާޅުވީ ދަރިން ތަރުބިއްޔަތުކުރުމުގައި އަންހެނުން އަދާކުރާ މުހިންމު ދައުރަށް ބަލައި، ކުރިމަގުގައި ޕެންޝަނެއް ފަދަ އިނާޔަތެއް ދިނުމަކީ މުހިންމު ކަމެއް ކަމަށް.

ހުއްޓުމެއް ނެތި ވާރޭވެހި ހއ. އާއި ހދ.ގެ ރަށްތަކަށް ގެއްލުންތަކެއް

ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ހދ. އަތޮޅުގެ ރަށްތަކުގައި ފެންބޮޑުވެ، ގިނަ އަދަދެއްގެ ގެތަކަށާއި ހިފާގެންގުޅޭ ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި. ހާއްސަކޮށް ނޮޅިވަރަމާއި، ކުޅުދުއްފުށި އަދި ނޮޅިވަރަންފަރުގެ ހާލަތު ގޯސްވެފައިވާއިރު، ސިފައިންނާއި ފުލުހުން ގުޅިގެން ފެން ހިންދުމާއި ވެލިބަސްތާ ޖެހުމުގެ މަސައްކަތް ދަނީ ކުރަމުން.

ޕާކިސްތާނާއެކު އަސްކަރީ ގުޅުން ފުޅާކުރުމުން ނުރައްކާ ވާނެ: ނަޝީދު

ޕާކިސްތާނާއެކު އަސްކަރީ ގުޅުން ބަދަހިކުރުމަކީ އިންޑިއާގެ ކަންބޮޑުވުން އިތުރުވެ ރާއްޖޭގެ ސަލާމަތަށް ނުރައްކާވާނެ ކަމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި. ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވާ ދަތުރުފުޅުގައި އަސްކަރީ ދާއިރާ ހިމެނޭހެން ގިނަ އެއްބަސްވުންތަކެއްގައި ސޮއިކުރި.

Newsletter

Get the latest news delivered straight to your inbox