ދިވެހި އިސްލާމީ ދައުލަތަކަށް އެދޭނަމަ..!

ތިނަދޫ އިސްލާމީ މަރުކަޒު --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ތިނަދޫ އިސްލާމީ މަރުކަޒު --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ވަރަށް ގިނަ މީހުން ޝަކުވާކުރެ އެވެ. މި ގައުމުގައި ވައްކަންކުރާ މީހާ އަތް ނުކަނޑަނީ ކީއްވެހެއްޔެވެ؟ އެއް ޖިންސުން ގުޅުން ހިންގުން ހުއްދަކުރުން ފަދަ ސުވާލު އުފެދޭ ގޮތަށް ހުންނަ ބައިނަލްއަގްވާމީ އެގްރިމެންޓްތަކާއި މުއާހަދާތަކުގައި ކޮންމެ ސަރުކާރެއް އޮތަސް ސޮއިކުރަން ޖެހެނީ ކީއްވެހެއްޔެވެ؟ އިޒްރޭލް ޕާސްޕޯޓު މަނާ ނުކުރެވުނީ ކީއްވެހެއްޔެވެ؟ ޖަވާބަކީ އަހަރެމެން އެދޭ އިސްލާމީ ޝަރީއަތް ތަންފީޒުކުރެވޭނީ މިތަނުގައި އިސްލާމީ ދައުލަތެއް އޮވެގެންނެވެ. އިސްލާމީ ދައުލަތެއްގެ ބިންގާ އެޅިގެންނެވެ. އަޅުގަނޑަށް ވެސް އެނގެއެވެ. ރާއްޖޭގެ ދައުލަތުގެ ދީނަކީ އިސްލާމްދީނެވެ. އެކަމަކު ދިވެހިން ބޭނުންވެގެން މި އުޅެނީ، ހިޖުރައިގެ ދަތުރުފުޅަށްފަހުގައި މަދީނާގައި މާތް ނަބިއްޔާ ގާއިމުކުރެއްވިފަދަ އިސްލާމީ ދައުލަތެކެވެ.

ދެ ދުވަހެއް ފަހުން އަޅުގަނޑުމެން މި ކުރަމަތިލަނީ، ހިޖުރައިން ސާދަސަތޭކަ ސާޅީސް ފަސްވަނަ އަހަރު ނިމި، ސާދަސަތޭކަ ސާޅީސް ހަވަނަ އަހަރަށެވެ. މިދަނޑިވަޅުގައި މާތް ނަބިއްޔާ އިތުރު އެކަލޭގެފާނު އެންމެ ލޯބިފުޅުވީ ބިންކަމުގައިވާ މައްކާއިން އެރަށުގެ ކައިރީގައި އޮތް އެހެން ރަށަކަށް އާދެ މަދީނާއަށް ހިޖުރަކުރެއްވި ސަބަބަކީ ކޮބާތޯ ބަލާލުމަކީ ވަރަށް މުނާސަބުކަމެއްކަމުގައި ދެކެމެވެ. އެހެނީ އެއީ ފުރަތަމަ އިސްލާމީ ދައުލަތެއްގެ ބިންގާ އެޅުމަށް އެންމެ ފުރަތަމައަށް މާތް ނަބިއްޔާ އެޅުއްވި މައިގަނޑު އެއްފިޔަވަޅެވެ.

ޝައްކެތް ނެތެވެ. މައްކާގެ މުޝްރިކުން އިތުރު އެކަލޭގެފާނު އަވަހާރަކޮށްލުމަށް ރޭވީ، އެކަން ކޮންމެހެން ވެސް ތަންފީޒުކޮށްގެން ގަބީލާތަކުގައި މައްސަލަ ނުޖެހޭނެ ފަދަ ރޭވުންތެރިކަމަކާ އެކުގަ އެވެ. މާތް ނަބިއްޔާއަށް އީމާންވެގެން މައްކާގައި އޭރު ތިބި މަދު މީސްކޮޅާއެކު މައްކާގެ މުޝްރިކުންނާ ކުރިމަތިލުމަކީ އެއީ އޭގެ ޒާތުން މަރަށް ހުށަހެޅިގަތުން ފަދަ ކަމެކެވެ. އެހެނީ އެންމެހާ ވަސީލަތްތަކެއް އަދި އެންމެހާ ބާރުވެރިކަމެއް އޭރު އޮތީ މައްކާގައި މައްކާގެ މުޝްރިކުންގެ އަތުގަ އެވެ. މައްކާގެ ބާރުވެރިން އަދި ނުފޫޒުވެރިންކަމުގައި ވެފައިވީ އީމާންނުވާ މީހުންނެވެ. މާތް ނަބިއްޔާގެ އަދާވާތްތެރިންނެވެ.

އިސްލާމްދީން އަބަދުވެސް ގޮވަނީ އޭރެއްގައި އޮތް ހާލަތަކާއި އޭރެއްގައި ތިބި ތަނެއްގައި، ދިމާވާ ކޮންމެ ނުރައްކަލަކުން ސަލާމަތްވުމަށް ބުއްދީގެ ހަމަޔާއި ހިކުމަތް އިސްކުރުމަށެވެ. މަދުމީސްކޮޅަކާއެކު ނުކުމެ މަރަށް ހުށަހެޅިގަތުމުގެ ބަދަލުގައި މާތް ނަބިއްޔާ އިތުރު އެކަލޭގެފާނުގެ އެންމެ ގާތް މިތުރު އަބޫބަކުރުގެފާނާއެކު ހިޖުރައިގެ މަގަށް ފެއްޓެވުމުގެ ބަޔާންނުކުރެވޭހާ ގިނަ ހިކުމަތްތަކުގެ ތެރެއިން ޢިލްމުވެރިން ފާހަގަކުރައްވާ އެއް ކަމަކީ މިއީ އެވެ. މާތް ނަބިއްޔާގެ މި ހިކުމަތްތެރި ފިޔަވަޅު ތައުބާ ސޫރަތުގެ ސާޅީސް ވަނަ އާޔަތުގައި ސިފަކުރައްވާފައިވަނީ ނަސްރެއް އަދި ކާމިޔާބެއްގެ ގޮތުގަ އެވެ. މައްކާގެ މުޝްރިކުން އިތުރު އެކަލޭގެފާނަށް ނަސްރު ނުދެއްވި ނަމަވެސް، މާތް ﷲ އެކަލޭގެފާނަށް ދެއްވި ނަސްރެއްގެ ގޮތުގަ އެވެ.

އާދޭހެވެ! އިތުރު އެކަލޭގެފާނަކީ ދެދޭހަށް ކައުކުރެއްވި ސާހިބާ އެވެ. މައްކާގެ ބައިގިނަ ބާރުހުރި ނުފޫޒުގަދަ މުޝްރިކުންގެ ކުރިމަތީގައި، މާތް ﷲ ފޮނުއްވާ ކޯފާއަކުން ނުވަތަ ދައްކަވާ މުޢުޖިޒާތަކުން ވެސް މާތް ނަބިއްޔާއަށް އެބައިމީހުންގެ ކުރިމަތީގައި ފާޅުވެގެންވާ ނަސްރެއް ދެއްވުމަކީ އެކަލާނގެ އިރާދަފުޅުގައި ދެ އަކުރުގެ ދެމެދުގައި އޮތް ދުރުމިން ވެސް ނުހިނގާނެ ފަދައިން އޮތް ކަމެކެވެ.

އެހެންނަމަވެސް މާތް ﷲ އިރާދަކުރައްވަނީ އިންސާނުންނަށް އެބައިމީހުންގެ ދުނިޔަވީ ސަބަބުތަކުގެ މަތީން ދިރިއުޅުން އާރާސްތުކުރުމުގެ މަގަށެވެ. ޝައްކެތް ނެތެވެ. އެފަދަ މުއުޖިޒާތެއް ހިނގިނަމަ، މައްކާގައި ތިބި އެންމެހާ މުޝްރިކުން އީމާންވެސް ވެއްޖައީހެވެ. އެކަމަކު މާތް ﷲ އިރާދަކުރައްވަނީ، ﷲ ވޮޑިގެންވާކަމާއި އެކަލާނގެ ހުސްތާހިރުވަންތަކަމުގެ މަގަށް އިންސާނީ ބުއްދިން ފިކުރުކޮށްގެން ވާސިލުވުމަށެވެ. އެކަލާނގެ ނަސްރާއި ކާމިޔާބުގެ މަގު، އެކަމަށް ކަނޑައެޅުނު ސަބަބުތަކާއި ވަސީލަތްތަކުން ހާސިލުކުރުމަށެވެ.

އިސްލާމްދީނުގައި ދަޢުވަތުގެ ބޭނުމަށް މުޢުޖިޒާތް ދައްކަވާފައިވަނީ ވެސް އީމާންކަމުގެ މަގަށް މަޖުބޫރުކުރުވުމަށް ނުވާނެ ގޮތަށެވެ. އޭގެ ބަދަލުގައި އީމާންކަމުގެ މަގަށް ފިކުރު ހިންގުމަށް މަޖުބޫރުކުރުވުމުގެ މަގުން، ފިކުރު ހިންގުމަށް އެކަށޭނެ މިންވަރަށް އެކަމަށް އެކަށޭނެ ގޮތަށެވެ. އެކަން އެހެން ނުވާނަމަ، ދުނިޔެއަކީ އިމްތިހާނުގެ ގޮވައްޗެއް ކަމުގައި ވެސް ނުވީހެއްނޫންތޯ އެވެ؟

ތައުބާ ސޫރަތުގެ ސާޅީސްވަނަ އާޔަތުގައި މައްކާގެ މުޝްރިކުންގެ ރޭވުންތެރިކަން ވިއްސިވިހާލިކޮށްލުމަށް ބުއްދީގެ ބޭނުންކުރައްވައި، ހާލަތާ މުނާސަބުވާނެ ގޮތުން އެޅުއްވި ފިޔަވަޅަކީ ކާމިޔާބެއް އަދި ފަތަހައެއްގެ ގޮތުގައި ސިފަކުރެވިފައި އޮންނަ އޮތުމަކީ ވަރަށް ވެސް ވިސްނުމާއެކު ފިކުރު ހިންގަންޖެހޭ މައްސަލައެކެވެ. ކީއްވެގެން ކަމަށްތޯ އެވެ؟ މިއަދު އިސްލާމީ އުންމަތް އޮތީ އެދުވަހުގެ މުސްލިމުން ތިބި ހާލަތުގައިކަމަށް ވާތީ އެވެ. އަދި ރާއްޖެ ފަދަ ކާފަރު އެތައް ގައުމަކަށް ދަރައިގެން ތިބި ބަޔަކު އިސްލާމީ ދައުލަތެއްގެ ބިންގާ އެޅުމަށް ބަލާއިރު، އެދުވަހުގެ މުސްލިމުންގެ ބާރުވެރިކަމުގެ ހާލަތަށްވުރެ ވެސް ދިވެހިންގެ ހާލަތު ދަށްކަމަށް ފެންނާތީ އެވެ.

އަލްއަޙްޒާބު ސޫރަތުގެ 21 ވަނަ އާޔަތަށް ނަޒަރެއް ދެއްވާށެވެ! "ހަމަކަށަވަރުން، ﷲ ގެ ރަސޫލާގެ ކިބައިގައި، ތިޔަބައިމީހުންނަށް ރިވެތިވެގެންވާ ނަމޫނާއެއްވެއެވެ. (އެއީ) ﷲ ގެ ދަރުމައާއި، އާޚިރަތުގެ ސާވާބަށް އެދޭ، އަދި ގިނަގިނައިން ﷲ ހަނދުމަކުރާ ކަމުގައިވާ މީހަކަށެވެ." ޝައްކެތް ނެތެވެ. މާތް ނަބިއްޔާގެ ސީރަތުގައި އަހަރެމެންނަށް އިސްލާމީ ދައުލަތެއް އަޅާނެގޮތުގެ ނަމޫނާ ވާނެކަން ކަށަވަރެވެ. ހިޖުރައިގެ ހާދިސާއަށް ވިސްނުންހިންގީމާ، އަދި މާތް ނަބިއްޔާގެ ހިޖުރައިގެ ދަތުރުފުޅުގެ ހިކުމަތްތަކަށް ނަޒަރުހިންގީމާ، އެ ނަމޫނާ ލިބިގެންދެ އެވެ.

އެންމެ ފުރަތަމައަށް ކުރާންވީ ކަމަކީ، ދުނިޔޭގައި ނަގާކިޔާ ބޮޑެތި ބާރުތަކުގެ ކިބައިން އަތުވެދާނެ ނުރައްކާތަކުން މިންޖުވުމަށް ހިކުމަތާއި ބުއްދީގެ މަގު އިސްކުރުމެވެ. އެބައިމީހުންނާ ކުރިމަތިލައި، ގަދަ ބަސް ބުނުމެއް ނޫނެވެ. އެހެނީ ގަދަބަސްބުނުމާއި ކުރިމަތިލުން އޮތީ އެފަދަ ބާރުވެރިކަން ހޯދައިގަތުމަށް ފަހުގައި ކަމަށްވާތީ އެވެ. ދިވެހިން ތިބީ އެ ހާލަތެއްގައެއް ނޫނެވެ. ދިވެހިންތިބީ ކުރިމަތިލާން އޮތް ކޮންމެ ގައުމަކަށް ދަރަންވެސް ދަރައިގެންނެވެ.

ދެވަނައަށް އޮތީ، އިސްލާމީ ވެއްޓެއްގެ ބިންގާ އެޅުމަށް، މިނިވަންކަން އޮތް ބިމެއް ހޯދައިގަތުމެވެ. ރާއްޖޭގައި އެފަދަ ދައުލަތެއް ގާއިމުކުރާން އެދޭނަމަ، ރާއްޖެއަކީ އެފަދަ މިނިވަންކަން އޮތް ބިމެއްކަމުގައި ހެދުމެވެ. އަދި އެއަށްފަހު ރާއްޖެއަކީ އެފަދަ ބާރުވެރި ގައުމެއްކަމުގައި ހެދުމެވެ. މިޒަމާނުގައި ހަމަ އެކަކަށް ވެސް ދެބަސްވެވެން ނެތް ހަގީގަތަކީ މިނިވަންކަމަކީ އިގުތިސާދީ މިނިވަންކަމެވެ. އަދި ބާރުވެރިކަމަކީ ވެސް އިގުތިސާދީ މިނިވަންކަމެވެ. އަލްއަންފާލް ސޫރަތުގެ 60 ވަނަ އާޔަތް ބައްލަވާށެވެ! "އެއުރެންނާ ދެކޮޅަށް ތިޔަބައިމީހުންނަށް ކުޅަދާނަވީހައި ބާރެއް ތިޔަބައިމީހުން ތައްޔާރުކުރާށެވެ!" މިޒަމާނުގައި އިގުތިސާދީ ބާރުވެރިކަން ނެތި ލިބޭ އެއްވެސް ބާރެއް ނެތެވެ. މިއީ ހަގީގަތެވެ.

ދުނިޔޭގެ ބާރުގަދަ ގައުމަތަކުން ދަރަނި ނަގައިގެން، އަދި ދެންހުރި ގައުމުތަކުގައި އާދޭސް ދަންނަވައިގެން ލިބޭ އެހީގެ ހެވަތުން އަޅުގަނޑުމެންގެ ގައުމު ހިންގާހާ ދުވަހަކު، އިސްލާމީ ދައުލަތެއްގެ ބިންގާ މިގައުމުގައި އެޅޭނެ ހަމަ އެއްވެސް ގޮތެއް ނޯންނާނެއެވެ. ދަރާފައިވާ މާލިއްޔަތުން ކުރެވޭ ބޮޑު އިސްރާފު ހައްލުކުރުމުގެ މަގަށް އަދިވެސް މިގައުމުގެ ހުންގާނު އެނބުރެމުންދާ ތަނެއް ނުފެނެ އެވެ.

އަޅުގަނޑު ދިވެހި ލޮބުވެތި ރައްޔިތުންނަށް ގޮވާލަނީ، އިސްލާމީ ދިވެހި ދައުލަތެއްގެ ބިންގާ އެޅުމުގެ ފުރަތަމަ ފިޔަވަޅަށެވެ. ރާއްޖޭގެ ބައިތުލްމާލުން ކުރެވޭ ބޮޑު އިސްރާފުތައް ހުއްޓާލުމަށް އަޑުއުފުލުމަށެވެ. ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރާނެ ފިކުރާ ހިޔާލު ހުރި ބަޔަކަށް ނޫނީ ހަމަ އެއްވެސް މަގާމެއްގައި ދެމިހުރުމަށް ތާއީދުނުކުރުމަށް ވަކާލާތުކޮށްދެއްވުމަށެވެ. ސިޔާސީ ބޭކާރު މުވައްޒަފުން ގިނަވާ މައްސަލާގައި ގޮތްދޫނުކޮށް އިހުތިޖާޖުކުރުމަށެވެ.

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox