މާޓީނޭޒް ދެކޭގޮތުގައި ފްރާންސް ބަލިކުރެވޭނީ ޓީމެއްގެ ގޮތުގައި ކުޅެގެން

Jul 5, 2024, 9:04 AM
މާޓީނޭޒް ދެކޭގޮތުގައި ފްރާންސް ބަލިކުރެވޭނީ ޓީމެއްގެ ގޮތުގައި ކުޅެގެން

ހެމްބާގް (ޖުލައި 5) - ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލްގައި މިރޭ ފްރާންސްއާ އާއި ޕޯޗުގަލް ބައްދަލުކުރާއިރު، މި މެޗުން ޕޯޗުގަލް އަށް މޮޅުވެވޭނީ ޓީމެއްގެ ގޮތުގައި ކުޅެގެން ކަމަށް ޕޯޗުގަލްގެ ކޯޗު ރޮބާޓޯ މާޓިނޭޒް ބުނެފި އެވެ.

ޕޯޗުގަލް އާއި ފްރާންސް ކުރިމަތިލާއިރު، މި މެޗަކީ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ފްރާންސްގެ ކެޕްޓަން ކިލިއަން އެމްބާޕޭގެ ކުރިމަތިލުމެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ.

އެކަމަކު މެޗުގެ ކުރިން މީޑިއާއާ ވާހަަކަދައްކަމުން މާޓިނޭޒް ބުނީ މިރޭގެ މެޗުން މޮޅުވާނީ ޓީމެއްގެ ގޮތުގައި ކުޅެގެން ކަމަށެވެ.

"ފުޓްބޯޅައަކީ ޓީމު ކުޅިވަރެއް. ދެ ކުޅުންތެރިންގެ މެޗުގައި ކުޅޭ ކުޅިވަރެއް ނޫން. މި މެޗަކީ މުޅި ޓީމުވެސް މޮޅަށް ކުޅެންޖެހޭ މެޗެއް،" މާޓިނޭޒް ބުންޏެވެ.

"ޕޯޗުގަލް އޮތީ ތައްޔާރަށް. ޓީމަށްކުރެވެން އޮތް ހުރިހާ ކަމެއް ކުރާނަން."

ޕޯޗުގަލް އާއި ފްރާންސް އެންމެ ފަހުން ކުޅުނު 14 މެޗުގެ ތެރެއިން ފްރާންސް ބަލިވީ އެންމެ މެޗަކުންނެވެ. އެއީ 2016 ވަނަ އަހަރުގެ ޔޫރޯގެ ފައިނަލެވެ. މި ދެ ޓީމު އެންމެ ފަހުން ބޭއްވި ޔޫރޯގެ ގްރޫޕް ސްޓޭޖުގައި ކުޅެގެން ވަނީ 1-1 އިން އެއްވަރުވެފަ އެވެ.

މި ފަަހަރުގެ ޔޫރޯގެ ގަދަ 16 ގައި ސްލޮވީނިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ޕޯޗުގަލް އަށް ލިބުނު ހަތަރު ހިލޭޖެހުމަކުން ކެޕްޓަން، ރޮނާލްޑޯ ގޯލާ ދިމާލަށް ޝޮޓް ހެދިޔަސް ގޯލެއް ނުޖެހުނެވެ. އެހެންކަމުން، ރޮނާލްޑޯ އަށް ވަނީ ފާޑުކިއުން އަމާޒުވެފަ އެވެ.

ވޯލްޑް ކަޕާއި ޔޫރޯގައި ރޮނާލްޑޯ ޖުމްލަ 60 ހިލޭ ޖެހުން ޖަހައިގެން ކާމިޔާބުކުރެވުނީ އެންމެ ގޯލެކެެވެ. އެއީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ސްޕެއިން ކޮޅަށް ޖެހި ގޯލެވެ.

މިރޭގެ މެޗުަގައި ރޮނާލްޑޯއަށް ހިލޭޖެހުންތައް ނުދޭން ނިންމާފަައިވޭތޯ ސުވާލުކުރުމުން މާޓިނޭޒް ބުނީ އެއީ އޭނާގެ ނިންމުމެއް ނޫން ކަމަށެވެ.

"ޓްރެއިނިންގައި ހިލޭޖެހުންތައް ފަރިތަކުރަން. އެކަން (ޖަހާނެ ކުޅުންތެރިއެއް) ނިންމާނީ ރޮނާޕްޑޯ އާއި (ބްރޫނޯ) ފެނާންޑޭޒް ވާހަކަދައްކައިގެން. ރަނގަޅަށް ހިލޭޖެހުން ޖަހާ ދެ ކުޅުންތެރިން ތިބީމަ ވަރަށް އުފާވޭ،" މާޓިނޭޒް ބުންޏެވެ.

ޕޯޗުގަލް އާއި ފްރާންސް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 12 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox