ޕެނަލްޓީގައި އެކުއެޑޯ ބަލިކޮށް އާޖެންޓީނާ ސެމީ އަށް

Jul 5, 2024, 3:25 AM
ޕެނަލްޓީގައި އެކުއެޑޯ ބަލިކޮށް އާޖެންޓީނާ ސެމީ އަށް

ޓެކްސަސް (ޖުލައި 5) - ކޮޕަ އެމެރިކާ ފުޓުބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި އެކުއެޑޯގެ މައްޗަށް ޕެނަލްޓީގައި 4-2 ގެ ނަތީޖާ އަކުން ކުރިހޯދައި އާޖެންޓީނާ ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.

މި މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 1-1 ގެ ނަތީޖާ އަކުން އެއްވަރުވެގެންނެވެ.

މި މެޗުގެ 36 ވަނަ މިނެޓުގައި އާޖެންޓީނާ އިން ވަނީ ގޯލު ޖަހާ ލީޑު ނަގައިފަ އެވެ. ކޯނަރެއްގެ ބޭނުން ހިފައި އާޖެންޓީނާ އަށް މި ގޯލު ކާމިޔާބު ކޮށްދިނީ ޑިފެންޑަރު ލިސާންޑްރޯ މާޓިނޭޒް އެވެ. އޭގެ ފަހުން މެޗުގެ 40 ވަނަ މިނެޓުގައި އެކުއެޑޯ ކުޅުންތެރިން އަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ އެންޒޯ ފެނާންޑޭޒް އަށް ލީޑު ފުޅާ ކުރަން ފުރުސަތު ލިބުނެވެ. އެކަމަކު، އެންޒޯ ނަގާދިން ހުރަސް އާޖެންޓީނާ ކުޅުންތެރިއަކަށް ނުލިބި ދިޔައީ ބޭރަށެވެ.

ދެ ވަނަ ހާފު ފަށައިގެން އެކުއެޑޯ އިން މެޗުގެ ކޮންޓްރޯލް ނަގައިގެން އާޖެންޓީނާގެ ގޯލަށް ނުރައްކާ ކުރެވޭތޯ ބެލި އެވެ. މެޗުގެ 60 ވަނަ މިނެޓުގައި އާޖެންޓީނާގެ ރޮޑްރީގޯ ޑެ ޕޯލް އަތުގައި އޭރިއާ ތެރެއިން ބޯޅަ ޖެހުމާއެކު, ރެފުރީ ވަނީ އެކުއެޑޯ އަށް ޕެނަލްޓީ އެއް ދީފަ އެވެ. އެކަމަކު، އެކުއެޑޯގެ ކެޕްޓަން އެނާ ވެލެންސިއާ ފޮނުވާލި ޕެނަލްޓީ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑި އަށެވެ.

އޭގެ ފަހުން މެޗުގެ 67 ވަނަ މިނެޓުގައި އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ އަށް ވަނީ ގޯލު ޖަހަން ހުސްފުރުސަތެއް ލިބިފަ އެވެ. ޑެ ޕޯލް އޭރިއާ ތެރެއަށް ނަގާދިން ބޯޅަ އެއް މުޅިން ހުސްކޮށް ހުރެ މެސީ ފޮނުވާލި ނަމަވެސް އުނދަގުލަކާ ނުލާ އެކުއެޑޯގެ ކީޕަރު އެލެކްސެންޑާ ޑޮމިންގޭޒް ވަނީ ދިފާއު ކޮށްފަ އެވެ.

މެޗު ނިމެން މިނެޓަކަށްވެފައި ވަނިކޮށް އެކުއެޑޯގެ މޮސަސް ކައެސޭޑޯ އަށް ވަނީ ގޯލު ޖަހަން ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފަ އެވެ. އޭރިއާ ތެރެއިން ކައެސޭޑޯ ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.

މެޗުގެ އިތުރު ވަގުތުގެ ތިން ވަނަ މިނެޓުގައި އެކުއެޑޯ އަށް ގޯލު ޖަހާދީ ނަތީޖާ ހަމަހަމަ ކޮށްދިނީ ކެވިން ރޮޑްރިގޭޒް އެވެ. މިއީ, ޖޯން ޔަބޯވާ ނަގާދިން ހުރަސް ބޮލުން ގޯލުގެ ތިރީ ކަނަށް އަމާޒުކޮށްލައިގެން ރޮޑްރިގޭޒް ޖެހި ގޯލެކެވެ. މި ގޯލާއެކު އާޖެންޓީނާ ކުޅުންތެރިން ވަނީ ވަރަށް ބޮޑަށް މިއީ އޮފްސައިޑް ގޯލެއް ކަމަށް އެޕީލް ކޮށްފަ އެވެ. އެކަމަކު، ވީޑިއޯ އެސިސްޓެންޓް ރެފުރީ (ވީއޭއާރް) ބެލުމަށްފަހު ރެފުރީ ނިންމީ މިއީ ގޯލެއް ކަމަށެވެ.

މި ލަނޑަށް ފަހު ވެސް އެކުއެޑޯ އަށް ގޯލު ޖަހަން ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވި އެވެ. އޭރިއާ ތެރެއިން ކައެސޭޑޯ ބޮލުން ފޮނުވާލި ހަމަލާ ދިޔައީ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު, ނަތީޖާ ހަމަހަމަ ވެފައި އޮތުމުން ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. މި ފަހަރުގެ ކޮޕަ އެމެރިކާގެ ކުއާޓާ ފައިނަލާއި ސެމީ ފައިނަލްގައި 90 މިނިޓް ހަމަވާއިރު، އެއްވަރުވެފައި އޮވެއްޖެނަމަ ނަތީޖާ ނެރޭނީ ޕެނަލްޓީ ޖަހައިގެންނެވެ.

ޕެނަލްޓީގައި އާޖެންޓީނާ އިން ޖެހި ފުރަތަމަ ޕެނަލްޓީ މެސީ ފޮނުވާލި ނަމަވެސް ޕެނަލްޓީ އަމާޒުވީ ގޯލުގެ ހުރަސް ދަނޑި އަށެވެ. މިއީ މެސީ ފޮނުވާލި ޕެނަންކާ ޕެނަލްޓީ އެކެވެ އެކުއެޑޯ ގެ ފުރަތަމަ ޕެނަލްޓީ އެންހެލް މޭނާ ފޮނުވާލިއިރު, މި ޕެނަލްޓީ އާޖެންޓީނާގެ ކީޕަރު މާޓިނޭޒް ވަނީ ދިފާއު ކޮށްފަ އެވެ. އަދި އެކުއެޑޯގެ އަލަން މިންޑާ ފޮނުވާލި ޕެނަލްޓީ ވެސް މާޓިނޭޒް ވަނީ ދިފާއު ކޮށްފަ އެވެ.

އެކުއެޑޯ އިން ޕެނަލްޓީ ކާމިޔާބުކުރީ ކައެސޭޑޯ އާއި ޔެބޯއާ އެވެ. އާޖެންޓީނާ އިން އަލްވަރޭޒް، މޮންޓިއެލް، މެކް އަލިސްޓާ އަދި އޮޓަމެންޑީ ވަނީ ޕެނަލްޓީ ކާމިޔާބުކޮށްފަ އެވެ.

އެންމެ ފަހުގެ ޗެމްޕިއަން، އާޖެންޓީނާ އިން ސެމީގައި ކުޅޭނީ ކެނަޑާ އާއި ވެނެޒުއޭލާ ކުޅެގެން މޮޅުވާ ޓީމަކާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox