ވިސާ މައްސަލައާ ހެދި ނަބާ އަށް އޮލިމްޕިކްސްގެ ކުރިން ކޮރެއާ ތަމްރީންތަކަށް ނުފުރުނު

ވިސާ މައްސަލައާ ހެދި ނަބާ އަށް އޮލިމްޕިކްސްގެ ކުރިން ކޮރެއާ ތަމްރީންތަކަށް ނުފުރުނު

ގައުމީ ބެޑްމިންޓަން ތަރި، ފާތިމަތު ނަބާހާ (ނަބާ) އަށް، މި މަހު ފަށާ އޮލިމްޕިކްސްގެ ކުރިން ތަމްރީން ދަތުރެއްގައި ދެކުނު ކޮރެއާ އަށް ދިއުމަށް ކުރި މަސައްކަތް ކާމިޔާބުނުވީ ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) އިން ވިސާ ކަންތައްތައް ހަމަޖައްސައިނުދީގެން ކަން ހާމަވެއްޖެ އެވެ.

ޖެހިޖެހިގެން ދެ ވަނަ އޮލިމްޕިކްސްގައި ވާދަކުރުމުގެ ފުރުސަތު ލިބުނު ހަމައެކަނި ދިވެހި ބެޑްމިންޓަން އެތުލީޓުގެ ޝަރަފް ލިބިފައިވާ ނަބާ، އޮލިމްޕިކްސްގެ ކުރިން ރަނގަޅު ލެވަލަކަށް ތަމްރީންތައް ހެދުމަށް ރޭވި އެވެ. އަދި ގައުމީ ބެޑްމިންޓަން ޓީމުގައި ހުރި ދެކުނު ކޮރެއާގެ ކޯޗާ މަޝްވަރާ ކުރުމަށް ފަހު، ކޮރެއާގެ ރަނގަޅު ޓްރެއިނިން ސެންޓަރުތަކުން ފުރުސަތުތަކެއް ހޯދި އެވެ.

އެ ފުރުސަތުތަކުގެ ބޭނުންހިފަން، މީގެ ދެ ދުވަހެއް ކުރިން، ނަބާ، ޓްރެއިނިން އަށް ދިއުމަށް ފުރަަން ހުރިހާ ކަމެއް އޮތީ ހަމަޖެހިފަ އެވެ. ކޮރެއާ އަށް ދިއުމަށް ޓިކެޓް ވެސް ނަގައިފަ އެވެ. އެކަމަކު، ފުރަން ކުޑަަތަންވެފައި އޮއްވައި، އެނގިގެންދިޔައީ، ކޮރެއާ އަށް ދިއުމަށް ބޭނުންވާ ވިސާ، ބެޑްމިންޓަން އެސޯސިއޭޝަނުން ހަމަޖައްސާފައިނުވާ ކަމެވެ.

"އެސޯސިއޭޝަނުން ފުރަތަމަ ބުނީ، އޮން-އެރައިވަލް 90 ދުވަސް ލިބޭނެ ކަމަށް. އެކަމަކު، ފަހުން އެންގީ، ވިސާ ހަަމަނުޖެހޭތީ ފުރެން ނެތް ކަމަށް،" މި ކަމާ ގުޅޭ މައުލޫމާތު އެނގޭ ފަރާތަކުން، "އަދަދު" އަށް ބުންޏެވެ.

"ފަހުން ސްރީ ލަންކާގެ އެކެޑަމީ އަކުން ހަމަޖެއްސި ޓްރެއިނިން ފުރުސަތެއް. އެކަމަކު، އެއީ މި ވަގުތަށް ބަލާއިރު، ނަބާ އަށް އެންމެ ރަނގަޅު ފުރުސަތެއް ނޫން. އެއީ، ނަބާ ނޫނަސް އޮލިމްޕިކްސް އަށް ދާ މި ސަރަހައްދުގެ ގައުމުތަކުގެ އެތުލީޓުންތަކެއް ޓްރެއިނިން ހަދާ އެކެޑަމީއެއް ވީމަ، ވަކިން އެ ތަނުގައި ނަބާ އަށް ފޯކަސް ޓްރެއިނިން އެއް ނުކުރެވޭނެތީވެ،"

މެއި މަހު 28 ވަނަ ދުވަހު، ސްޕޯޓްސް މިނިސްޓަރު، ރާފިއު (ކ) އާއި ނަބާ އާއި ނަބީއާ އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން.-- ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ

އޮލިމްޕިކްސްގެ ފުރުސަތު ނަބާ އަށް ލިބުމުން އޭނާ އަށް މަރުހަބާ ކިޔުމުގެ ގޮތުންނާއި ޓްރެއިނިންގެ ކަންތައްތައް ކުރިއަށްދާ ގޮތް އޮޅުންފިލުވަން ސްޕޯޓްސް މިނިސްޓަރު، އަބްދުﷲ ރާފިއު (ރާއްޕެ) ވަނީ، ނަބާއާ ބައްދަލުކޮށްފަ އެވެ.

އެ ގޮތުން، ދެކުނު ކޮރެއާ ޓްރެއިނިން ދަތުރަކީ ވެސް ނަބާ އަށް ސްޕޯޓްސް މިނިސްޓްރީ އާއި އޮލިމްޕިކް ކޮމިޓީގެ މަސައްކަތާ އެކު ހަމަޖެހިގެންދިޔަ ޓްރެއިނިން ފުރުސަތެއް ކަމުގެ މައުލޫމާތު ވަނީ ލިބިފަ އެވެ.

އެކަމަކު، ބެޑްމިންޓަން އެސޯސިއޭޝަންގެ އިހުމާލާ އެކު، ނަބާ އަށް މި ފުރުސަތުގެ ބޭނުންނުހިފިދިޔައީ އެވެ. އަދި އެސޯސިއޭޝަނަށް ވިސާ ކަންތައްތައް ހަމަނުޖެހި ދަތުރުގެ ފުރުސަތު ގެއްލުމުން، ދެކުނު ކޮރެއާގެ ކޯޗު، އަމިއްލަ މަސައްކަތުން، ރަނގަޅު ޓްރެއިނިން ސެންޓަރުތަކުން ހަމަޖައްސައިދިން ޓްރެއިނިންގެ މި ރަނގަޅު ފުރުސަތު ގެއްލިދިޔައީ އެވެ.

މިއީ ވިސާ މައްސަލަ ޖެހިގެން ނަބާ އަށް ގެއްލުނު ދެ ވަނަ ބޮޑު ފުރުސަތު

މިއީ ވިސާ މައްސަލަ ޖެހިގެން ނަބާ އަށް މުބާރާތެއްގެ ފުރުސަތެއް ގެއްލިގެންދިޔަ ދެ ވަަނަ ފަހަރެވެ.

އެ ގޮތުން، 2021 ވަނަ އަހަރު، ސްޕެއިނުގައި ކުރިއަށްދިޔަ ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަންގެ މުބާރާތުގައި ވާދަކުރަން ގައުމީ ބެޑްމިންޓަން ޓީމުގެ ދެބެން ކަމަށްވާ ނަބާ އާއި އައިމިނަތު ނަބީހާ (ނަބީ) އަށް ނުދެވުނީ ވިސާ ހަމަނުޖެހިގެންނެވެ.

ނަބާ އާއި ނަބީ އަށް ފުރުސަތު ލިބުނީ ދުނިޔޭގެ މުބާރާތުގެ އަންހެން ޑަބަލްސް ބައިންނެވެ. މިއީ ރާއްޖޭގެ ކުޅުންތެރިންނަށް ވޯލްޑް ޗެމްޕިއަންޝިޕްގައި ލިބުނު މި ފަދަ ފުރަތަމަ ފުރުސަތެވެ. އެކަަމަކު، ސްޕެއިނަށް ދާން ހޯދަން ޖެހޭ ޝެންގެން ވިސާ ހަމަނުޖެހި ބޮޑު ފުރުސަތު ގެއްލުނީ އެވެ. މުބާރާތުގައި ބައިވެރިވުމުގެ ވިސާ ހަމަޖައްސަން ޖެހޭނީ އެސޯސިއޭޝަނާއި ކުޅުންތެރިޔާ ގުޅިގެންނެވެ.

ބެޑްމިންޓަން އެސޯސިއޭޝަނުން އޭރު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބައެއް މީޑިއާތަކުގައި ސައްހަ ނޫން މައުލޫމާތު ފެތުރޭތީ ނަބާ އާއި ނަބީ އަށް ދުނިޔޭގެ މުބާރާތަށް ދާން ފުރުސަތު ނުލިބުނު ސަބަބު އޮޅުން ފިލުވައިދޭން ބޭނުންވާ ކަމަށެވެ. ބީއޭއެމްގެ ބަޔާނުގައި ބުނެފައިވަނީ، މިއީ ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް)ގެ މޭޖާ އިވެންޓްސް ޑިޕާޓްމަންޓުން 28 ނޮވެމްބަރުގައި ބީއޭއެމްގެ ރައީސް މޫސާ ނާޝިދަށް ފޯނުން ގުޅައި، އެންމެ ފުރަތަމަ ދިން ފުރުސަތެއް ކަމަށެވެ. އަދި މި ފުރުސަތު ރާއްޖެ އަށް ފަހިވުމަށް މެދުވެރިވީ ވޯލްޑް ޗެމްޕިއަންޝިޕްގައި ބައިވެރިވާން އޮތް އިންޑޮނީޝިއާގެ ގިނަ ކުޅުންތެރިންތަކެއް ކޮވިޑް-19 ގެ އޮމިކްރޯން ވޭރިއަންޓް ޖެހިގެން މުބާރާތުން ވަކިވުމާ ގުޅިގެން ކަމަށެވެ.

އެ ފަހަރު، ދުނިޔޭގެ މުބާރާތުގައި ވާދަކުރަން ނިންމި ހިސާބުން ނަބާ އާއި ނަބީ، ސްޕެއިނަށް ދިއުމުގެ ޓިކެޓް ނަގާފައިވާ ކަމަށް ބީއޭއެމް އިން އޭރު މައުލޫމާތު ދިނެވެ. އަދި ވަގުތުން ވިސާ ހަމަޖެއްސުމުގެ މަސައްކަތް ބެޑްމިންޓަން ދުނިޔޭގެ ފެޑެރޭޝަން، ބީޑަބްލިއުއެފްއާ އެކު ފެށި ކަމަށް ބެޑްމިންޓަން އެސޯސިއޭޝަނުން ބުނިއިރު، ވިސާ ހަމަނުޖެހުނީ، އެކަށީގެންވާ ވަގުުތު ނެތުމުން ކަމަށެެވެ.

"ތަކުރާރުކޮށް މި ފަދަ ކަންކަން މި ވަނީ، އެސޯސިއޭޝަން ހިންގުމުގެ މައްސަލަ މިހާ ބޮޑުކޮށް ފެންނައިރު، ފިޔަވަޅުތަކެއް އަޅަން ޖެހޭ،" ބެޑްމިންޓަން އެސޯސިއޭޝަންގައި މީގެ ކުރިން މަސައްކަތް ކުރި ފަރާތަކުން ބުނެފައިވެ އެވެ.

ބެޑްމިންޓަން އެސޯސިއޭޝަންގެ އެންމެ ފަހުން އިންތިހާބުކުރި ހިންގާ ބޯޑު އިންތިހާބު ކުރީ 2021 ވަަނަ އަހަރުގެ ފެބްރުއަރީ 24 ގަ އެވެ. އެ ހިންގާ ބޯޑު ކޮމިޝަނާ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީ ކުރީ، 2021، މާޗް 11 ގަ އެވެ. އެންމެ ފަހުން އޮތް ހިންގާ ބޯޑުގެ ދައުރުގެ މުއްދަތު ހަމަވެ، ކޮމިޝަނާ އޮފް ސްޕޯޓްސް އިން ދެ ފަހަރެއްގެ މަތިން ދިން މުއްދަތު ވެސް ވަނީ ހަމަވެފަ އެވެ.

ބެޑްމިންޓަން ރައީސް، މޫސަ ޕްރޮސެކިއުޓާ ޖެނެެރަލް އޮފީހާ ދެކޮޅަށް، ހައި ކޯޓަށް މައްސަލައެއް ވެސް ހުށަހެޅި އެވެ. ބެޑްމިންޓަން އެސޯސިއޭޝަން ހިންގާ ފަރާތްތަކުގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅިގެން އެ އެސޯސިއޭޝަންގެ އެންމެ ފަހުގެ އިންތިހާބީ ރައީސް މޫސަގެ މަސްލަހަތު ހިމެނޭ، ސްޕޯޓްސް ސާމާނު ވިއްކާ ފިހާރަ، އަސްކަނި ސްޕޯޓްސް އާއި އޭނާއާ ގުޅުން ހުރި އެހެން ތަންތަން ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރި މައްސަލައާ ގުޅިގެން ދައުލަތާ ދެކޮޅަށް މޫސަ ކޯޓަށް ހުށަހެޅި މައްސަލަ އެއްކޮށް ކާމިޔާބެއްނުވި އެވެ.

ބެޑްމިންޓަން އެސޯސިއޭޝަން ހިންގާ ފަރާތަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުގެ މައްސަލައެއްގެ ތަހުގީގު އެންޓި ކޮރަޕްޝަން ކޮމިޝަން އާއި ފުލުހުން އަންނަނީ ކުރަމުންނެވެ. މޫސަ، ޕްރޮސެކިއުޓާ ޖެނެރަލް އޮފީހާ ދެކޮޅަށް މައްސަލަ ހުށަހެޅީ، މި ތަހުގީގުގައި ކަންތައް ކޮށްފައިވާ ގޮތްތަކާ މެދު ހިތްހަަމަނުޖެހިގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox