އުރީދޫގެ ދައުވަތަށް ޕީއެސްޖީގެ ލެޖެންޑް ޖޭޖޭ އޮކޯޗާ ރާއްޖެ އައިސްފި

އުރީދޫ ދައުވަތަކަށް ޕީއެސްޖީގެ ލެޖެންޑް ޖޭޖޭ އޮކޯޗާ ރާއްޖެ އައުން -- ފޮޓޯ: މިރާން ނާޝިމް / އަދަދު

އުރީދޫ ދައުވަތަކަށް ޕީއެސްޖީގެ ލެޖެންޑް ޖޭޖޭ އޮކޯޗާ ރާއްޖެ އައުން -- ފޮޓޯ: މިރާން ނާޝިމް / އަދަދު

އުރީދޫ މޯލްޑިވްސްގެ ދައުވަތަކަށް މަޝްހޫރު ގިނަ ކްލަބްތަކަށް ކުޅެފައިވާ އޮގަސްޓީން އަޒުކާ "ޖޭ ޖޭ" އޮކޯޗާ، 50އ, ރާއްޖެ މިއަދު އައިސްފި އެވެ.

އޮކޯޗާއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ކިޔާފައި ވަނީ އުރީދޫގެ އެމްޑީ އަދި ސީއީއޯ ހާލިދު އަލް ހަމާދީގެ އިތުރުން އުރީދޫގެ އިސްވެރިންނާއި ބައެއް ސްޓާފުންނެވެ.

ޖުލައި 1، އިން ޖުލައި 6، ގެ ނިޔަލަށް ރާއްޖެ އަންނަ އޮކޯޗާ ރާއްޖެ އައިސްފައި ވަނީ އުރީދޫގެ ޕްރީމިއަމް ޕާޓްނަރު ޕީއެސްޖީއާ އޮތް ޕާޓްނާޝިޕްގެ ދަށުންނެވެ.

Advertisement

އޮކޯޗާ ޕީއެސްޖީ އެކަޑަމީ ކޯޗިން ކްލިނިކާއެކު މިއަދު ހަވީރު މާލެ ސިންތެޓިކް ޓްރެކުގައި ހަރަކާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ޖޭޖޭ އޮކޯޗާ ރާއްޖެ އައުން: އޭނާއަށް އުރީދޫގެ ޓީމުން ވަނީ ހޫނު މަރުހަބާއެއް ކިޔާފައި -- ފޮޓޯ: މިރާން ނާޝިމް
ޖޭޖޭ އޮކޯޗާ ރާއްޖެ އައުން: އޭނާއަށް އުރީދޫގެ ޓީމުން ވަނީ ހޫނު މަރުހަބާއެއް ކިޔާފައި -- ފޮޓޯ: މިރާން ނާޝިމް

ޖޭޖޭ އޮކޯޗާ ރާއްޖެ އައުން: އޭނާއަށް އުރީދޫގެ ޓީމުން ވަނީ ހޫނު މަރުހަބާއެއް ކިޔާފައި -- ފޮޓޯ: މިރާން ނާޝިމް

އޭގެއިތުރުން, އަންނަ ހޯމަ ދުވަހު ގަލޮޅު ދަނޑުގައި ފުޓްސަލް މެޗެއް ކުޅުމުގެ އިތުރުން އޮޓޯގްރާފް ސެޝަންއެއް ވެސް ކުރިއަށް ގެންދިޔުމަށް ވަނީ ރާވާފަ އެވެ.

އެފްރިކާގެ އިތުރުން ނައިޖީރިއާގައި ވެސް އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާގެ ލަގަބު ހޯދާފައިވާ އޮކޯޗާ ވަނީ 2003 އަދި 2004 ގައި ބީބީސީގެ އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފަ އެވެ.

ނައިޖީރިއާގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާގެ މަގާމު ހަތް ފަހަރު ހޯދާފައިވާ އޮކޯޗާ ވަނީ ގައުމީ ޓީމަށް 73 މެޗު ކުޅެ 14 ލަނޑު ކާމިޔާބުކޮށް، 1994 ގެ އެފްރިކަން ކަޕް އޮފް ނޭޝަންސް އަދި 1996 ގެ ސަމާ އޮލިމްޕިކްސް ނައިޖީރީއާ ކާމިޔާބުކުރި ނައިޖީރިއާ ޓީމުގައި ހިމެނިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

ލޯނު ނުދެއްކުމުން މާލޭގެ ދެ ގެއެއް ސީބީއެމްއިން ވިއްކާލަނީ

ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް) އަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން މާލޭގެ ދެ އިމާރާތެއް ނީލަމުގައި ވިއްކާލަން އެ ބޭންކުން ވަނީ އިޢުލާނުކޮށްފަ. މި ބިޑްތައް ފެށޭ އަގަކީ ހަތަރު މިލިއަން ރުފިޔާ ކަމަށްވާއިރު، މި މަހުގެ 14 ވަނަ ދުވަހުގެ ކުރިން ދަރަނި ހަލާސްނުކޮށްފިނަމަ މި މުދާ ވިއްކާލުމުގެ މަސައްކަތް ކުރިއަށް ދާނެ.

ޓީޖީއެސްޓީ މައްސަލައިގައި ޓޫރިޒަމް އިންޑަސްަޓްރީއާ ބައްދަލުކޮށްފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ބުކިން ޕްލެޓްފޯމްތަކުން ޓީޖީއެސްޓީ ނެގުމަށް ގާނޫނަށް ގެނައި ބަދަލުތަކާ ގުޅޭގޮތުން ސަރުކާރުގެ ވަޒީރުންނާއި ޓޫރިޒަމް ދާއިރާގެ އިސްވެރިން މަޝްވަރާކޮށްފި. މި ބައްދަލުވުމުގައި ދާއިރާގެ ގޮންޖެހުންތަކަށް ހައްލު ހޯދުމަށާއި މުހިންމު ލަނޑުދަނޑިތަކަކަށް އެއްބަސްވެވުނު ނަމަވެސް، ގާނޫނަށް ގެންނަ ބަދަލުތަކުގެ ތަފްސީލު ހިއްސާނުކުރޭ.

Newsletter

Get the latest news delivered straight to your inbox