މައުލޫމާތު އާންމުކުރާ މާހައުލެއްގައި ކޮރަޕްޝަނެއް ނޯންނާނެ: ޕީޖީ

ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް; މައުލޫމާތު އާންމު ކުރުމުގެ މާހައުލުގެ ތެރޭގައި ކޮރަޕްޝަނަކަށް ދިރިއެއް ނޯވެވޭނެ ކަމަށް ވިދާޅުވި

ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް; މައުލޫމާތު އާންމު ކުރުމުގެ މާހައުލުގެ ތެރޭގައި ކޮރަޕްޝަނަކަށް ދިރިއެއް ނޯވެވޭނެ ކަމަށް ވިދާޅުވި

ޕީޖީ އޮފީހުގައި އޮތީ، ނިޒާމުތަކަށް ބަރޯސާވާގޮތަށް މަސައްކަތް ބައްޓަންކޮށްފައި ކަމަށާއި, ކޮރަޕްޓް ނެޓްވޯކްތައް ނައްތާލައި، މައުލޫމާތު އާންމު ކުރުމުގެ މާހައުލުގެ ތެރޭގައި ކޮރަޕްޝަނަށް ދިރި ނޯވެވޭނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ޕީޖީ އޮފީހުން ނެރޭ އުންސުރުގެ ހަތް ވަނަ އަދަދުގައި 'ޕްރޮސެކިއުޓާ ޖެނެރަލްގެ ގަލަމުން' ޝަމީމް ލިޔުއްވާފައިވާ ލިޔުމެއްގައި ވަނީ, ރާއްޖޭގައި އޮތް ކޮރަޕްޝަނުގެ މައްސަލައަށް އަލިއަޅުއްވާލައްވާފަ އެވެ.

"ދިވެހިރާއްޖޭގެ ތަރައްގީއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ، އޭގެ ހުރިހާ މާނައަކާއި ސިފައެއްގައި، ކޮރަޕްޝަން. ކޮރަޕްޝަންގެ ސަބަބުން އިގްތިސޯދީ، އިޖްތިމާއީ އަދި ސިޔާސީ ހަމަޖެހުމާއި ކުރިއެރުމަށް ވެސް އަސަރުކޮށް، ދައުލަތަށް މީހުން ކުރާ އިތުބާރު ކުޑަވޭ," އޭނާ ލިޔުއްވާފައިވެ އެވެ.

ޝަމީމް ވިދާޅުވީ ޖިނާއީ އަދުލުގެ ނިޒާމު އެކުލެވިގެންވަނީ ގިނަ އިދާރާތަކެއްގެ މައްޗަށް ކަމަށް ވިޔަސް, މުޅި ނިޒާމު އެކީ މަސައްކަތް ކުރަންޖެހޭތީ، އެ ދާއިރާގެ އެންމެ ގުނަވަނެއްގައި ކޮރަޕްޝަންގެ ތުހުމަތު އޮތަސް ވެސް މުޅި ނިޒާމަށް ރައްޔިތުން ކުރާ އިތުބާރަށް އޭގެ ނުރަނގަޅު އަސަރު ކުރާ ކަމަށެވެ. އަދި އެކަން ހައްލުކުރެވޭނީ ކޮންމެ އިދާރާއެއް ވަކިން، އަދި ހުރިހާ އިދާރާއެއް އެއްކޮށްވެސް ކޮރަޕްޝަން ނައްތާލުމަށް ހަރުދަނާ މަސައްކަތްތަކެއް ކޮށްގެން ކަން އޭނާ ފާހަގަ ކުރެއްވި އެވެ.

ޝަމީމް ވަނީ ކޮރަޕްޝަން ނައްތާލުމަށް ޕީޖީ އޮފީހުގައި ކުރާ ތިން ބާވަތެއްގެ މަސައްކަތެއް ފާހަގަކޮށްފަ އެވެ.

ފުރަތަމަ ކަމަކީ، އޭނާ ވިދާޅުވި ގޮތުގައި އޮފީހުގެ މަސައްކަތްތައް މީހުންނަށް ބަރޯސާނުވެ، ނިޒާމުތަކަކަށް ބަރޯސާވާ އުސޫލަކަށް ރުކުރުވައިލުމެވެ. އަދި އޮފީހުގެ ކޮންމެ ނިންމުމަކީ ވެސް ލިޔެފައި ހުރި އުސޫލުތަކަކާއި އެސްއޯޕީތަކެއްގެ މައްޗަށް، މަދުވެގެން ތިން މީހުންގެ ބައިވެރިވުން ހިމެނިގެން ނިންމާ ނިންމުމަކަށް ހެދުމެވެ.

"އޭރުން ކޮރަޕްޓް ވިޔަސް ވާނީ ތިން މީހުން އެއްކޮށެވެ. މިއީ، ވުމަށްވުރެ ނުވުން ގާތް ކަމެއް," ޝަމީމް ލިޔުއްވި އެވެ.

ދެވަނަ ކަމެއްގެ ގޮތުގައި ޝަމީމް ފާހަގަ ކުރެއްވީ ކޮންމެ މަސައްކަތެއް ކުރާ މީހަކުވެސް، އަހަރަކު އެއްފަހަރު ބަދަލުވުމުގެ ސަގާފަތެވެ. އެއީ ކޮރަޕްޓް ނެޓްވޯކެއް އުފެދުމަށް ފުރުސަތު ނުދިނުމަށެވެ. ތިން ވަނަ ކަމެއްގެ ގޮތުގައި ޝަމީމް ވިދާޅުވީ މައުލޫމާތު ހާމަކުރުމެވެ.

"ޕީޖީ އޮފީހުގެ ފަލްސަފާއަކީ، ކޮންމެ ކަމެއްގެ އަސްލަކީ ވެސް ހާމަކުރުން ކަމެވެ. އެހެން ގޮތަކަށް ގާނޫނުގައި ނުވަތަ މައްސަލައެއްގައި އަނިޔާ ލިބުނު މީހެއްގެ ހާއްސަ މަސްލަހަތެއް ނެތްނަމަ، ހުރިހާ މައުލޫމާތެއް އާންމު ކުރުމެވެ. ޖަވާބުދާރީ ކުރުވަން ފުރުސަތު ދިނުމެވެ. މައުލޫމާތު އާންމުނުކޮށް، ޖަވާބުދާރީ ކުރުވުމަކީ ކުރެވޭނެ ކަމެއް ނޫނެވެ," ޝަމީމް ލިޔުއްވި އެވެ.

ޕީޖީ އޮފީހުގައި އޮތީ، ނިޒާމުތަކަށް ބަރޯސާވާގޮތަށް މަސައްކަތް ބައްޓަންކޮށްފައިކަން ފާހަގަކޮށް ޝަމީމް ވިދާޅުވީ ކޮރަޕްޓް ނެޓްވޯކްތައް ނައްތާލައި، މައުލޫމާތު އާންމު ކުރުމުގެ މާހައުލުގެ ތެރޭގައި ކޮރަޕްޝަނަކަށް ދިރި ނޯވެވޭނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox