އެފޯޑަބަލް ހައުސިންގެ ހައްލު ޕޭން ރިއަލް އެސްޓޭޓްއިން ލިބޭނެ

ޕްރީގެ ކުޑަދުންމާރިވިލާގެ އެޕާޓްމަންޓެއް --

ޕްރީގެ ކުޑަދުންމާރިވިލާގެ އެޕާޓްމަންޓެއް --

ރިއަލް އެސްޓޭޓްގެ ދާއިރާގައި 14 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ޕޭން ރިއަލް އެސްޓޭޓް ޕްރައިވެޓް ލިމިޓެޑުން (ޕްރީ) އަންނަނީ ދިވެހިންނަށް އަގުހެޔޮ ގެދޮރުވެރިކަމުގެ ސޮލިއުޝަނެއް ތައާރަފްކުރުމަށް ތައްޔާރުވަމުނެވެ.

ޕްރީގެ ފައުންޑާ އަދި އެމްޑީ، އަހްމަދު އީމަން ނަސީމް "އަދަދު" އަށް ވިދާޅުވީ އެ ކުންފުނި ކޮންސްޓްރަކްޝަން މާކެޓުގައި ހަރަކާތްތެރިވާން ނިންމީ ރިއަލް އެސްޓޭޓުގައި ފާއިތުވި މުއްދަތުގައި ލިބުނު ތަޖުރިބާއާއެކު ދެމެހެއްޓެނެވި ގޮތެއްގައި ހައުސިން އިންޑަސްޓްރީއަށް ދިމާވާ އެކި މައްސަލަތަކަށް ހައްލުތަކެއް ފޯރުކޮށްދިނުމަށެވެ.

މިގޮތުން ފުރަތަމަ މެދު ފަންތީގެ ރެސިޑެންޝަލް އެފޯޑަބަލް ހައުސިން ޕްރޮޖެކްޓެއް ގޮތުގައި ޕްރީ އިން ވަނީ މ. ކުޑަދުންމާރިވިލާ އިމާރާތްކުރަން ނިންމައިފަ އެވެ.

Advertisement

މ. ކުޑަދުންމާރިވިލާގައި ދެ ކޮޓަރީގެ އެޕާޓްމަންޓުތައް ވިއްކަނީ 1.8 މިލިއަން ރުފިޔާ އާއި ދެ މިލިއަން ރުފިޔާއާ ދެމެދު އެވެ. މި ޕްރޮޖެކްޓްއިން ދެ ކޮޓަރީ އެޕާޓްމަންޓް ގަންނަ ފަރާތްތަކުން އެޕާރޓްމެންޓްގެ ޖުމްލަ އަގުގެ 20 ޕަސަންޓު އިކުއިޓީ ގޮތުގައި ދައްކާފައި، ބާކީ ފައިސާ ބޭންކް ލޯނު ނަގައިގެންވެސް ދައްކާ އަދާ ކުރެވޭނެ ފުރުސަތު ވަނީ ހުޅުވަލައިފަ އެވެ.

މިގޮތަށް އެޕާޓްމަންޓް ވިއްކުމުގެ މައިގަނޑު އެއް މަގްސަދަކީ ގިނަ މީހުން ދިރިއުޅޭ އެކޮމޮޑޭޝަނަކުން ބަދަލުވެ އިންޑިވިޖުއަލް އެކޮމޮޑޭޝަނެއްގައި ދިރިއުޅޭވޭނެ ގޮތެއް މަގުފަހިކޮށްދިނުމެވެ. އަދި ދެ މީހުން ދިރިއުޅޭ ގޭބިސީއަކުން ދެ ކޮޓަރި އެޕާޓްމަންޓަކަށް ބޭންކް ލޯނު ނަގައިގެން އިންވެސްޓް ކުރިކަމުގައި ވިއަސް ލޯނު ރިޕޭމެންޓް ދައްކަމުން ދަތިނުވެ ދިރިއުޅުވޭނެ ގޮތެއް ހޯދަދިނުމަކީ ޕްރީ ގެ ވަރަށް ބޮޑު އުއްމީދެކެވެ.

"އަލަށް ކައިވެނިކުރާ ބަޔަކަށް ވެސް މީގެއިން މާ ބޮޑު ރިސްކެއް ނުނަގާ ވާނެ،" އީމަން ބުންޏެވެ.

އެފޯޑަބަލް ވީ ނަމަވެސް މި ޕްރޮޖެކްޓްގައި އިމާރާތުގައި އެކި އެމިނީޓީސް އަދި ސާވިސަސް ވަނީ ހިމަނާފަ އެވެ. އެގޮތުން އެކްސްޓީރިއާ ވޯލްތައް ހަދާނީ ފެން ލީކުނުވާ ގޮތަށް ކޮންކްރީޓުން ކަމަށްވާއިރު، ކޮންމެ އެޕާޓްމަންޓަކަށް މަދުވެގެން އެއް ސައިކަލް ޕާކިން، ޖިމް، އިމާރާތުގައި ދިރިއުޅޭ މީހުންނަށް ނަމާދުކުރާ ކޮޓަރިއަކާއި، ކުނި އުކާލަ ދިނުމާއި އަދި ސެކިއުރިޓީން ހިމަނާނެއެވެ.

މ. ކުޑަދުންމާރިވިލާ ހަދަން ފަށާނީ އަންނަ އަހަރު ފެށޭ ހިސާބުގަ އެވެ. ނަމަވެސް ކުޑަދުންމާރި ވިލާއިން މިހާރުވެސް އެޕާޓްމަންޓު ބުކް ކުރުމުގެ ފުރުސަތު ޕްރީއިން ވަނީ ހުޅުވާލާފަ އެވެ.

ކުރިއަށް އޮތް މުސްތަގުބަލުގައި ޕްރީގެ އަމާޒަކީ އެކި ރޭންޖްގެ އަގުގެ ޕްރޮޖެކްޓްތައް ތައާރަފުކުރުމެވެ. އަދި މ. ކުޑަދުންމާރިވިލާގައި ހުންނަ ފަންތީގެ ފެސިލިޓީތަކާއި އަގުރޭންޖުގައި އެފޯޑަބަލް ސްކީމްގެ ދަށުން ވެސް އެޕާޓްމަންޓް ވިއްކުމެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ރިއަލް އެސްޓޭޓް ވިޔަފާރި ވެބްސައިޓެއް މެދުވެރިކޮށް ފެށި ޕްރީއިން އެކަން ކުރީ ނޫސްތަކުގައި ޖަހާފައި ހުންނަ ތަންތަނަށް ގުޅައި، އެތަންތަނަށް ގޮސް ހިލޭ ފޮޓޯ ނަގައިގެން ވެބްސައިޓުގައި ޖަހައިގެންނެވެ. މިހާރު އެ ކުންފުނިން އަންނަނީ މާލޭގައި އެތައް ބިލްޑިންއެއް ބަލަހައްޓަމުންނެވެ.

"ބިލްޑިންތައް އަޅުގަނޑުމެން މި މެނޭޖްކޮށް އިމާރަތްމިކޮށްދެނީ ޓާންކީ މޮޑަލް އަށް. މާނައަކީ ޕްރޮޕަޓީއެއް އަޅުގަނޑުމެންނަށް ދީފިއްޔާ އެގްރީމަންޓުތަކާއި، މާކެޓީންއާއި، ފައިނޭންޝަލްސްއާއި، މީހުން އެތަނުން ނިކުމެއްޖެނަމަ އެ ސާވިސްއާއި، ލީގަލް ސާވިސެސްތަކާއި، ހުރިހާ ކަމެއް އިންނާނެ،" އީމާން ބުންޏެވެ.

ޕޭން ރިއަލް އެސްޓޭޓުގެ މުވައްޒަފުން

ޕޭން ރިއަލް އެސްޓޭޓް ޕްރައިވެޓް ލިމިޓެޑްގެ މައިގަނޑު އަސާސްތަކަކީ ތެދުވެރިކަމާއި ޕްރޮފެޝަނަލިޒަމާއި އިހުތިރާމް ކަމަށާއި އަދި މި ވެލިއުއާއެކު ހުރިޔާ ކަސްޓަމަރުންނަށް ހިދުމަތް ފޯރުކޮށްދިނުމާއި ދެމެހެއްޓެނެވި ގުޅުން ގާއިމްކުރުމަކީ އެ ކުންފުނީގެ އުންމީދެވެ.

ޕޭން ރިއަލް އެސްޓޭޓާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް ކުންފުނީގެ ވެބްސައިޓުން ލިބެން ހުރިއިރު، އެޕާޓްމަންޓުތަކާއި ދޭ ހިދުމަތްތަކާ ގުޅޭ ތަފްސީލު ވެސް ލިބޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެޕަލް ޑުއޯ ރާއްޖޭގެ ބާޒާރަށް އެލް ސްޓޫޑިއޯއިން ތައާރަފުކޮށްފި

އެމެރިކާގެ ބާޒާރާ އެއްވަގުތެއްގައި އެޕަލްގެ ފުރަތަމަ ފަތްޖަހާލެވޭ ފޯނު "އެޕަލް ޑުއޯ" އެލް ސްޓޫޑިއޯއިން ރާއްޖެއަށް ވަނީ ތައާރަފްކޮށްފައި. މިއީ ދުނިޔޭގެ އެންމެ ފަހުގެ ޓެކްނޮލޮޖީއެއް ބައިނަލްއަގުވާމީ ބާޒާރާ އެއް ދުވަހެއްގައި ރާއްޖެއިން ލިބެން ފެށި ފުރަތަމަ ފަހަރު ކަމަށްވާއިރު، މި ފޯނަށް ބޮޑު ތަރުހީބެއް ލިބެމުންދާކަމަށް އެލް ސްޓޫޑިއޯއިން ބުނޭ.

އެމްއެޗްއޭގެ ހޯލްސޭލް ވިޔަފާރި ޑިޖިޓަލްކޮށް، އިންގިލާބީ ފަސޭހައެއ

އެމްއެޗްއޭގެ 50 އަހަރުވީ ހޯލްސޭލް ވިޔަފާރި އޮންލައިންކޮށް، މުދަލަށް އޯޑަރު ދެވޭނެ ޚާއްސަ ޑިޖިޓަލް ޕްލެޓްފޯމެއް އެ ކުންފުނިން ވަނީ ތައާރަފްކޮށްފައެވެ. މި ބަދަލާއެކު ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ހުރެގެންވެސް ސްޓޮކް ހުރި މިންވަރު ބަލައި ފަސޭހަކަމާއެކު މުދާ ގަނެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖެހިފައެވެ. މިއީ ޓެކްނޮލޮޖީގެ އެހީގައި ވިޔަފާރި ޒަމާނީކޮށް، ކަސްޓަމަރުންނަށް ދޭ ޚިދުމަތްތައް ހަރުދަނާކުރުމަށް އެ ކުންފުނިން އެޅި މުހިންމު ފިޔަވަޅެކެވެ.

އެކްސްޕޯގެ އިންޝުއަރެންސް ޕާޓްނަރަކަށް ދިވެހި އިންޝުއަރެންސް

މޯލްޑިވްސް އެކްސްޕޯ 2026 ގެ އޮފިޝަލް އިންޝުއަރެންސް ޕާޓްނަރަކަށް ދިވެހި އިންޝުއަރެންސް ހަމަޖައްސައި، އެކަމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. މި އެކްސްޕޯގެ ތެރެއިން، ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށާއި ވިޔަފާރިތަކަށް އެހީތެރިވުމުގެ އިތުރުން އިންޝުއަރެންސަށް ހޭލުންތެރިކުރުވުމަށް އެ ކުންފުނިން މަސައްކަތް ކުރާނެއެވެ.

ހެޔޮ އަގުގައި މުޑުވައް ފޯރުކޮށްދޭން ޕެސްޓެއެކްސްގެ ޕްރޮމޯޝަނެއް

ކުރިއަށް އޮތް ރޯދަމަހަށް އަމާޒުކޮށް، ޕެސްޓެއެކްސް މޯލްޑިވްސް އިން އަލަށް ތައާރަފްކުރި "ޖީއާރު" ބްރޭންޑްގެ މުޑުވައްތަކުން 15 އިންސައްތައިގެ ޑިސްކައުންޓެއް ދޭން ވަނީ ފަށާފައި. ނޮވެމްބަރު މަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނަކީ ރާއްޖޭގެ މާހައުލާ ގުޅޭ ފެންވަރު ރަނގަޅު މުޑުވައް ހެޔޮ އަގުގައި ދަނޑުވެރިންނަށް ފޯރުކޮށްދިނުމަށް ފެށި ހަރަކާތެއް.

ގާނޫނީ މައުލޫމާތާއި ކޯޓުތަކުގެ ގަޒިއްޔާތައް ތާނަ އޭއައި އިން

ތާނަ އޭއައި އިން ގާނޫނީ މައުލޫމާތާއި ކޯޓުތަކުގެ ގަޒިއްޔާތައް ފަސޭހައިން ހޯދޭނެ އައު ފީޗާއެއް ތައާރަފުކޮށް، ގާނޫނީ ދިރާސާކުރާ ފަރާތްތަކަށް ބޮޑު ލުޔެއް ހޯދައިދިން. މި ވަސީލަތަކީ ދިރާސާކުރުމަށް އެހީތެރިވެދޭ ބިންގަލެއް ކަމަށާއި، ނަމަވެސް މައުލޫމާތުގެ ސައްހަކަން ކަށަވަރުކޮށް ގާނޫނީ ވަކީލުންގެ މަޝްވަރާ ހޯދުމަށް އެ ޕްލެޓްފޯމުން އިލްތިމާސްކުރޭ.

ސްޓާ މެޑިކަލް އިން އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުވަނީ

އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުވުމަށް ސްޓާ މެޑިކަލްއިން ބާއްވާ ހާއްސަ ސެޝަނެއް މިރޭ 8:15 ގައި ގޯލްޑަން ވެލީގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ. މި ސެޝަންގައި ބަލި ދެނެގަތުމާއި ސްކްރީން ކުރުމުގެ މުހިންމުކަމާ ގުޅޭ މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާއިރު، މިއީ އާންމުންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ ހަރަކާތެއް.

ޖިއޯ އިން އެންމެ ބޮޑު ހިއްސާގެ ބާޒާރަށް ފުރުސަތު ހުޅުވައިފި

މުކޭޝް އަމްބާނީގެ ޖިއޯ ޕްލެޓްފޯމްސް އިން 3.2 ބިލިއަން ޑޮލަރު ހޯދުމުގެ އަމާޒާއެކު، އިންޑިއާގެ ތާރީޚުގައި ބާއްވާ އެންމެ ބޮޑު ހިއްސާގެ ބާޒާރު އާންމުންނަށް ހުޅުވާލައިފިއެވެ. މި އައިޕީއޯ މެދުވެރިކޮށް ލިބޭ ފައިސާ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ކުންފުނީގެ ލޯނުތައް އަނބުރާ ދެއްކުމަށާއި ޓެލެކޮމް ވިޔަފާރި އިތުރަށް ފުޅާކުރުމަށެވެ. ހިއްސާ ވިއްކަން ފެށުމުގެ ކުރިންވެސް ބޮޑެތި މުއައްސަސާތަކުގެ ފަރާތުން މި މަޝްރޫއަށް ވަނީ އާދަޔާ ހިލާފު ބޮޑު ތަރުހީބެއް ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox