މޯލްޑިވްސް އެކްސްޕޯގެ އޮފިޝަލް އިންޝުއަރެންސް ޕާޓްނަރަކަށް ދިވެހި އިންޝުއަރެންސް

Oct 23, 2026, 8:30 AM
ދިވެހި އިންޝުއަރެންސް އަދި ބިޒްނަސް ސެންޓަރު ކޯޕަރޭޝަން (ބީސީސީ) އިން އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ފޮޓޯއަކަށް ހުއްޓިގެން

ދިވެހި އިންޝުއަރެންސް އަދި ބިޒްނަސް ސެންޓަރު ކޯޕަރޭޝަން (ބީސީސީ) އިން އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ފޮޓޯއަކަށް ހުއްޓިގެން

މޯލްޑިވްސް އެކްސްޕޯ 2026 ގެ އޮފިޝަލް އިންޝުއަރެންސް ޕާޓްނަރަކަށް ދިވެހި އިންޝުއަރެންސް ހަމަޖައްސައިފި އެވެ.

މި އެއްބަސްވުމާއެކު، ރާއްޖޭގެ ވިޔަފާރިތަކާއި، އައު އީޖާދުތަކުގެ އިތުރުން އިގްތިސާދީ ކުރިއެރުމަށް މަގުފަހިކޮށްދޭ ގައުމީ ފެންވަރުގެ ހަރަކާތްތަކަށް އެއްބާރުލުން ދިނުމުގައި އެ ކުންފުނިން ދެމިއޮންނާނެކަން ވަނީ ހާމަކޮށްފަ އެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑުން އިންތިޒާމުކޮށް، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ކުރިއަށްގެންދާ މޯލްޑިވްސް އެކްސްޕޯ 2026 ބޭއްވުމަށް ހަމަޖެހިފައިވަނީ އޮކްޓޫބަރު 25 އިން ނޮވެމްބަރު 2 ގެ ނިޔަލަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.

"ފިއުޗަރ މޯލްޑިވްސް: އިނޮވޭޝަން، ކްރިއޭޓިވިޓީ އެންޑް ގްލޯބަލް ކަނެކްޝަންސް" މި ޝިއާރުގެ ދަށުން ނުވަ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި މައުރަޒަކީ، ރާއްޖޭގެ ހުނަރުވެރިންނާއި، އުފެއްދުންތަކާއި، ޚިދުމަތްތައް ދައްކާލުމަށް ވިޔަފާރިވެރިންނާއި، އުފެއްދުންތެރި ސިނާއަތްތަކުގެ އިތުރުން އާންމު މުޖުތަމައު އެއްތަނަކުން ބައްދަލުވާނެ މުހިންމު މަންސައެކެވެ.

ސައްތަ އިންސައްތަ ދިވެހި ހިއްސާ އޮންނަ އަދި ދިވެހިން ހިންގާ ކުންފުންޏެއްގެ ގޮތުގައި، ދިވެހި އިންޝުއަރެންސުން އަބަދުވެސް އިސްކަންދެނީ ރާއްޖޭގެ ވިޔަފާރިތަކުގެ އަގުވަޒަންކޮށް، ވިޔަފާރިވެރިކަން ކުރިއަރުވައި، ވިޔަފާރިތައް ފުޅާކުރުމަށް ފުރުސަތުތައް ފަހިކޮށްދޭ މިފަދަ ހަރަކާތްތަކަށް އެއްބާރުލުން ދިނުމަށެވެ.

ގައުމީ ފެންވަރުގެ މައުރަޒުތަކާއި ސިނާއީ އެކި ހަރަކާތްތަކުގައި ބައިވެރިވުމުގެ މައިގަނޑު މަގްސަދަކީ، ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށް އެހީތެރިވުމުގެ އިތުރުން، އިންޝުއަރެންސާ މެދު އާންމުން ހޭލުންތެރިކުރުވުން ކަމަށް އެ ކުންފުނިން ބުނެއެވެ.މި އެކްސްޕޯ ކުރިއަށްދާއިރު، އެކްސްޕޯގެ "ޓޫރިޒަމް އެންޑް ވިޒިޓަރ އިކޮނޮމީ ޑިސްޓްރިކްޓް" ގައި ހުންނަ ދިވެހި އިންޝުއަރެންސްގެ ޓީމާ ބައްދަލުކުރުމުގެ ފުރުސަތު ޒިޔާރަތްކުރާ ފަރާތްތަކަށް ލިބޭނެ އެވެ.

އެތަނުން ކުންފުނީގެ އިންޝުއަރެންސް ހިދުމަތްތަކާ ބެހޭ މައުލޫމާތު ހޯދުމުގެ އިތުރުން، ކުންފުނިން ފުޅާކުރަމުން އަންނަ ޑިޖިޓަލް ހިދުމަތްތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ވެސް ލިބިގެންދާނެއެވެ.މި ޕާޓްނަރޝިޕްގެ ސަބަބުން، ރާއްޖޭގެ ވިޔަފާރިތަކަށް ރައްކާތެރިކަން ހޯދައިދިނުމަށާއި، މުޖުތަމައު ބާރުވެރިކުރުވުމަށާއި، ރާއްޖޭގެ މުސްތަގުބަލު ބިނާކުރުމަށް ދިވެހި އިންޝުއަރެންސުން ކުރަމުންދާ މަސައްކަތްތައް އިތުރަށް ވަރުގަދަވެގެންދާނެއެވެ.

ފަހުގެ ޚަބަރު

ހެޔޮ އަގުގައި މުޑުވައް ފޯރުކޮށްދޭން ޕެސްޓެއެކްސްގެ ޕްރޮމޯޝަނެއް

ކުރިއަށް އޮތް ރޯދަމަހަށް އަމާޒުކޮށް، ޕެސްޓެއެކްސް މޯލްޑިވްސް އިން އަލަށް ތައާރަފްކުރި "ޖީއާރު" ބްރޭންޑްގެ މުޑުވައްތަކުން 15 އިންސައްތައިގެ ޑިސްކައުންޓެއް ދޭން ވަނީ ފަށާފައި. ނޮވެމްބަރު މަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނަކީ ރާއްޖޭގެ މާހައުލާ ގުޅޭ ފެންވަރު ރަނގަޅު މުޑުވައް ހެޔޮ އަގުގައި ދަނޑުވެރިންނަށް ފޯރުކޮށްދިނުމަށް ފެށި ހަރަކާތެއް.

ގާނޫނީ މައުލޫމާތާއި ކޯޓުތަކުގެ ގަޒިއްޔާތައް ތާނަ އޭއައި އިން

ތާނަ އޭއައި އިން ގާނޫނީ މައުލޫމާތާއި ކޯޓުތަކުގެ ގަޒިއްޔާތައް ފަސޭހައިން ހޯދޭނެ އައު ފީޗާއެއް ތައާރަފުކޮށް، ގާނޫނީ ދިރާސާކުރާ ފަރާތްތަކަށް ބޮޑު ލުޔެއް ހޯދައިދިން. މި ވަސީލަތަކީ ދިރާސާކުރުމަށް އެހީތެރިވެދޭ ބިންގަލެއް ކަމަށާއި، ނަމަވެސް މައުލޫމާތުގެ ސައްހަކަން ކަށަވަރުކޮށް ގާނޫނީ ވަކީލުންގެ މަޝްވަރާ ހޯދުމަށް އެ ޕްލެޓްފޯމުން އިލްތިމާސްކުރޭ.

ސްޓާ މެޑިކަލް އިން އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުވަނީ

އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުވުމަށް ސްޓާ މެޑިކަލްއިން ބާއްވާ ހާއްސަ ސެޝަނެއް މިރޭ 8:15 ގައި ގޯލްޑަން ވެލީގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ. މި ސެޝަންގައި ބަލި ދެނެގަތުމާއި ސްކްރީން ކުރުމުގެ މުހިންމުކަމާ ގުޅޭ މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާއިރު، މިއީ އާންމުންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ ހަރަކާތެއް.

ޖިއޯ އިން އެންމެ ބޮޑު ހިއްސާގެ ބާޒާރަށް ފުރުސަތު ހުޅުވައިފި

މުކޭޝް އަމްބާނީގެ ޖިއޯ ޕްލެޓްފޯމްސް އިން 3.2 ބިލިއަން ޑޮލަރު ހޯދުމުގެ އަމާޒާއެކު، އިންޑިއާގެ ތާރީޚުގައި ބާއްވާ އެންމެ ބޮޑު ހިއްސާގެ ބާޒާރު އާންމުންނަށް ހުޅުވާލައިފިއެވެ. މި އައިޕީއޯ މެދުވެރިކޮށް ލިބޭ ފައިސާ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ކުންފުނީގެ ލޯނުތައް އަނބުރާ ދެއްކުމަށާއި ޓެލެކޮމް ވިޔަފާރި އިތުރަށް ފުޅާކުރުމަށެވެ. ހިއްސާ ވިއްކަން ފެށުމުގެ ކުރިންވެސް ބޮޑެތި މުއައްސަސާތަކުގެ ފަރާތުން މި މަޝްރޫއަށް ވަނީ އާދަޔާ ހިލާފު ބޮޑު ތަރުހީބެއް ލިބިފައެވެ.

11 ރަށެއްގައި އައިސްޕްލާންޓް އެޅުމަށް މެލޭޝިއާގެ ކުންފުންޏަކަށް

މަސްވެރިންނަށް އައިސް ލިބުމުގެ ދަތިކަން ހައްލުކުރުމަށްޓަކައި ރާއްޖޭގެ 11 ރަށެއްގައި 30 ޓަނުގެ އައިސްޕްލާންޓް އެޅުމަށް މެލޭޝިއާގެ އަލްޓަސް އޮއިލް އެންޑް ގޭސް ކުންފުންޏާ މިއަދު ހަވާލުކޮށްފި. މިއީ އެއްގަމުގައި ހުންނަ އައިސްޕްލާންޓުތަކަށް ބަރޯސާވުން ކުޑަކުރުމަށް ސަރުކާރުން ކުރިން ގެންގުޅުނު ސިޔާސަތާ ތަފާތު ނިންމުމެއް.

ރިސޯޓު މަދު އަތޮޅުތަކުގެ ރަށްތަކުގެ އެކުއިޒިޝަން އަގު ހެޔޮކޮށްފި

މި ބަދަލާއެކު ރަށްތަކުގެ ބޭސް ރޭޓާއި ހެކްޓަރަކަށް ޖެހޭ އަގު ކުޑަކޮށްފައިވީ ނަމަވެސް، ފަޅުތައް ކުއްޔަށް ދޫކުރާ އަގަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވޭ. ސަރުކާރުން މިފަދަ ލުއިތަކެއް ދީފައިވަނީ ރިސޯޓު ތަރައްގީކުރަން އިއުލާންކުރާ ރަށްތަކަށް އިންވެސްޓަރުން ލިބުން ދަތިވެފައިވާ ދަނޑިވަޅެއްގަ.

އެމްއެސް ފައިނޭންސްގެ މަނީ އެކްސްޗޭންޖު ލައިސަންސް ބާތިލުކޮށްފި

މަނީ ޗޭންޖިން ގަވާއިދާ ހިލާފުވުމުގެ ސަބަބުން އެމްއެސް ފައިނޭންސްގެ ލައިސަންސް ހިފަހައްޓައި، އެ ކުންފުނި 500،000ރ. އިން އެމްއެމްއޭ އިން ޖޫރިމަނާކޮށްފި. އެފްއޭއެމްގެ ހިޔާނާތުގެ ފައިސާ ލޯންޑާކުރަން ބޭނުންކުރި ކަމަށް ތުހުމަތުކުރެވޭ މި ކުންފުންޏަކީ، ޑޮލަރުގެ ކަޅު ބާޒާރު ހުއްޓުވުމަށް ފެށި މަސައްކަތުގެ ތެރެއިން ފިޔަވަޅު އެޅި ދެވަނަ މަނީ އެކްސްޗޭންޖު.

Newsletter

Get the latest news delivered straight to your inbox