ތާރީހީ ފެށުމެއް; އެމެރިކާއާ އެއްވަގުތެއްގައި އެޕަލް ޑުއޯ ރާއްޖޭގެ ބާޒާރަށް އެލް ސްޓޫޑިއޯއިން ތައާރަފުކޮށްފި

އެލް ސްޓޫޑިއޯއިން ވިއްކާ އެޕަލް ޑުއޯ ފޯނު

އެލް ސްޓޫޑިއޯއިން ވިއްކާ އެޕަލް ޑުއޯ ފޯނު

އެމެރިކާގެ ބާޒާރަށް އެޕަލްގެ އެންމެ ފުރަތަމަ ފަތްޖަހާލެވޭ ފޯނު ވިއްކަން ފެށުމާ  އެއް ވަގުތެއްގައި، އެޕަލް ޑުއޯ ރާއްޖޭގެ ބާޒާރަށް މިއަދު ރަސްމީކޮށް ތައާރަފުކޮށްފި އެވެ.

މިއީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޓެކްނޮލޮޖީގެ އުފެއްދުމެއް އެމެރިކާގެ ބާޒާރާ އެއް ދުވަހެއްގައި ރާއްޖޭގެ ކަސްޓަމަރުންނަށް ލިބެން ފެށި ފުރަތަމަ ފަހަރެވެ.

ރާއްޖޭގެ އިލެކްޓްރޯނިކްސް ބާޒާރަށް އައި މި ތާރީހީ ބަދަލާ އެކު، އެޕަލް ޑުއޯގެ ވިޔަފާރި މިއަދު ރަސްމީކޮށް ފަށާފައިވަނީ ރާއްޖޭގައި އެޕަލްގެ އުފެއްދުންތައް ފުޅާދާއިރާއެއްގައި ވިއްކަމުންދާ އެލް ސްޓޫޑިއޯއިންނެވެ.

Advertisement

މީގެ ކުރިން ބައިނަލްއަގުވާމީ ބާޒާރަށް ނެރޭ އައު އުފެއްދުންތައް ރާއްޖެއަށް ލިބުމުގައި ދިގު އިންތިޒާރެއް ކުރަން ޖެހުނު ނަމަވެސް، މިއަދުގެ މި ފެށުމާ އެކު ދިވެހި ކަސްޓަމަރުންނަށް ދުނިޔޭގެ އެހެން ބޮޑެތި ގައުމުތަކާ އެއްވަގުތެއްގައި އެންމެ ފަހުގެ ޓެކްނޮލޮޖީ ތަޖުރިބާކުރުމުގެ ފުރުސަތު ވަނީ ހުޅުވިފަ އެވެ.

އެލް ސްޓޫޑިއޯއަކީ ރާއްޖޭގައި ހުޅުވި ފުރަތަމަ އެޕަލް މޯނޯ ސްޓޯރެވެ. މީގެ އިތުރުން އެ ކުންފުންޏަކީ އެޕަލްގެ ރަސްމީ އޮތޮރައިޒްޑް ރީސެލާ އެކެވެ.

އެލް ސްޓޫޑިއޯ
އެލް ސްޓޫޑިއޯ

މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް އުފެއްދުންތައް ގަތުމުގައި އެޕަލްގެ ފުރިހަމަ ވޮރެންޓީއާއި، އުފެއްދުންތަކާ ގުޅޭ ރަސްމީ އެހީތެރިކަމާއި، ސެޓިފައިޑް ކަސްޓަމަރު ކެއާގެ ހިދުމަތްތައް ސީދާ ގޮތެއްގައި ލިބިގެންދާނެ އެވެ.

އެލް ސްޓޫޑިއޯއިން ބުނި ގޮތުގައި އެތަނުން ފުރަތަމަ ވިއްކީ ޕްރީ އޯޑާ ދީފައިވާ ފަރާތްތަކުގެ ފޯނުތައް ކަމަށެވެ. 

"ރަނގަޅު ޑިމާންޑެއް ލިބެމުން އެބަދޭ. ޑިމާންޑު ބޮޑުވުމުން އިތުރު ޝިޕްމެންޓަކަށް ވެސް އޯޑަރު ޖަހައިފިން،" އެލް ސްޓޫޑިއޯގެ މެނޭޖަރު ބުންޏެވެ. 

އޭނާ ބުނި ގޮތުގައި ދުނިޔޭގެ އެހެން ގައުމުތަކާ އެއް ދުވަހެއްގައި ދިވެހި ކަސްޓަމަރުންނަށް އައިފޯން ޑުއޯ ރާއްޖޭން ލިބޭނެ ގޮތް ހަދައި ދެވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ހެޔޮ އަގުގައި މުޑުވައް ފޯރުކޮށްދޭން ޕެސްޓެއެކްސްގެ ޕްރޮމޯޝަނެއް

ކުރިއަށް އޮތް ރޯދަމަހަށް އަމާޒުކޮށް، ޕެސްޓެއެކްސް މޯލްޑިވްސް އިން އަލަށް ތައާރަފްކުރި "ޖީއާރު" ބްރޭންޑްގެ މުޑުވައްތަކުން 15 އިންސައްތައިގެ ޑިސްކައުންޓެއް ދޭން ވަނީ ފަށާފައި. ނޮވެމްބަރު މަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނަކީ ރާއްޖޭގެ މާހައުލާ ގުޅޭ ފެންވަރު ރަނގަޅު މުޑުވައް ހެޔޮ އަގުގައި ދަނޑުވެރިންނަށް ފޯރުކޮށްދިނުމަށް ފެށި ހަރަކާތެއް.

ގާނޫނީ މައުލޫމާތާއި ކޯޓުތަކުގެ ގަޒިއްޔާތައް ތާނަ އޭއައި އިން

ތާނަ އޭއައި އިން ގާނޫނީ މައުލޫމާތާއި ކޯޓުތަކުގެ ގަޒިއްޔާތައް ފަސޭހައިން ހޯދޭނެ އައު ފީޗާއެއް ތައާރަފުކޮށް، ގާނޫނީ ދިރާސާކުރާ ފަރާތްތަކަށް ބޮޑު ލުޔެއް ހޯދައިދިން. މި ވަސީލަތަކީ ދިރާސާކުރުމަށް އެހީތެރިވެދޭ ބިންގަލެއް ކަމަށާއި، ނަމަވެސް މައުލޫމާތުގެ ސައްހަކަން ކަށަވަރުކޮށް ގާނޫނީ ވަކީލުންގެ މަޝްވަރާ ހޯދުމަށް އެ ޕްލެޓްފޯމުން އިލްތިމާސްކުރޭ.

ސްޓާ މެޑިކަލް އިން އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުވަނީ

އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުވުމަށް ސްޓާ މެޑިކަލްއިން ބާއްވާ ހާއްސަ ސެޝަނެއް މިރޭ 8:15 ގައި ގޯލްޑަން ވެލީގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ. މި ސެޝަންގައި ބަލި ދެނެގަތުމާއި ސްކްރީން ކުރުމުގެ މުހިންމުކަމާ ގުޅޭ މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާއިރު، މިއީ އާންމުންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ ހަރަކާތެއް.

ޖިއޯ އިން އެންމެ ބޮޑު ހިއްސާގެ ބާޒާރަށް ފުރުސަތު ހުޅުވައިފި

މުކޭޝް އަމްބާނީގެ ޖިއޯ ޕްލެޓްފޯމްސް އިން 3.2 ބިލިއަން ޑޮލަރު ހޯދުމުގެ އަމާޒާއެކު، އިންޑިއާގެ ތާރީޚުގައި ބާއްވާ އެންމެ ބޮޑު ހިއްސާގެ ބާޒާރު އާންމުންނަށް ހުޅުވާލައިފިއެވެ. މި އައިޕީއޯ މެދުވެރިކޮށް ލިބޭ ފައިސާ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ކުންފުނީގެ ލޯނުތައް އަނބުރާ ދެއްކުމަށާއި ޓެލެކޮމް ވިޔަފާރި އިތުރަށް ފުޅާކުރުމަށެވެ. ހިއްސާ ވިއްކަން ފެށުމުގެ ކުރިންވެސް ބޮޑެތި މުއައްސަސާތަކުގެ ފަރާތުން މި މަޝްރޫއަށް ވަނީ އާދަޔާ ހިލާފު ބޮޑު ތަރުހީބެއް ލިބިފައެވެ.

11 ރަށެއްގައި އައިސްޕްލާންޓް އެޅުމަށް މެލޭޝިއާގެ ކުންފުންޏަކަށް

މަސްވެރިންނަށް އައިސް ލިބުމުގެ ދަތިކަން ހައްލުކުރުމަށްޓަކައި ރާއްޖޭގެ 11 ރަށެއްގައި 30 ޓަނުގެ އައިސްޕްލާންޓް އެޅުމަށް މެލޭޝިއާގެ އަލްޓަސް އޮއިލް އެންޑް ގޭސް ކުންފުންޏާ މިއަދު ހަވާލުކޮށްފި. މިއީ އެއްގަމުގައި ހުންނަ އައިސްޕްލާންޓުތަކަށް ބަރޯސާވުން ކުޑަކުރުމަށް ސަރުކާރުން ކުރިން ގެންގުޅުނު ސިޔާސަތާ ތަފާތު ނިންމުމެއް.

ރިސޯޓު މަދު އަތޮޅުތަކުގެ ރަށްތަކުގެ އެކުއިޒިޝަން އަގު ހެޔޮކޮށްފި

މި ބަދަލާއެކު ރަށްތަކުގެ ބޭސް ރޭޓާއި ހެކްޓަރަކަށް ޖެހޭ އަގު ކުޑަކޮށްފައިވީ ނަމަވެސް، ފަޅުތައް ކުއްޔަށް ދޫކުރާ އަގަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވޭ. ސަރުކާރުން މިފަދަ ލުއިތަކެއް ދީފައިވަނީ ރިސޯޓު ތަރައްގީކުރަން އިއުލާންކުރާ ރަށްތަކަށް އިންވެސްޓަރުން ލިބުން ދަތިވެފައިވާ ދަނޑިވަޅެއްގަ.

އެމްއެސް ފައިނޭންސްގެ މަނީ އެކްސްޗޭންޖު ލައިސަންސް ބާތިލުކޮށްފި

މަނީ ޗޭންޖިން ގަވާއިދާ ހިލާފުވުމުގެ ސަބަބުން އެމްއެސް ފައިނޭންސްގެ ލައިސަންސް ހިފަހައްޓައި، އެ ކުންފުނި 500،000ރ. އިން އެމްއެމްއޭ އިން ޖޫރިމަނާކޮށްފި. އެފްއޭއެމްގެ ހިޔާނާތުގެ ފައިސާ ލޯންޑާކުރަން ބޭނުންކުރި ކަމަށް ތުހުމަތުކުރެވޭ މި ކުންފުންޏަކީ، ޑޮލަރުގެ ކަޅު ބާޒާރު ހުއްޓުވުމަށް ފެށި މަސައްކަތުގެ ތެރެއިން ފިޔަވަޅު އެޅި ދެވަނަ މަނީ އެކްސްޗޭންޖު.

Newsletter

Get the latest news delivered straight to your inbox