ޔޫރޯ އިން ކެޓިޔަސް ސްޕަލެއްޓީ ވަކިނުކުރަން އިޓަލީން ނިންމައިފި

Jun 30, 2024, 3:41 PM
ޔޫރޯ އިން ކެޓިޔަސް ސްޕަލެއްޓީ ވަކިނުކުރަން އިޓަލީން ނިންމައިފި

މިލާން (ޖޫން 30) - މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތާ އެންމެ ފަހުގެ ޗެމްޕިއަނުންގެ ގޮތުގައި ކުރިމަތިލައި، ގަދަ 16 ޓީމުގެ ބުރުން އިޓަލީ ކެޓި ނަމަވެސް އެ ޓީމުގެ ކޯޗުގެ މަގާމުން ލޫސިއާނޯ ސްޕަލެއްޓީ ވަކިނުކުރަން އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަނުން ނިންމައިފި އެވެ.

އިޓަލީ މި ފަހަރުގެ ޔޫރޯގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން މޮޅުވީ ފުރަތަމަ މެޗުގައި އަލްބޭނިއާ އަތުންނެވެ. ދެ ވަނަ މެޗުގައި ސްޕެއިން އަތުން ބަލިވިއިރު، ތިން ވަނަ މެޗުގައި ފަހު ވަގުތު ވަނީ ކްރޮއޭޝިއާއާ އެއްވަރުވެފަ އެވެ.

ގަދަ 16 ޓީމުގެ ބުރުގައި އިޓަލީގެ ފަރާތުން އާދައިގެ ކުޅުމެއް ފެނުނުއިރު، ސްވިޒަލެންޑް އަތުން ވަނީ 2-0 އިން ބަލިވެފަ އެވެ. ޔޫރޯގައި އެންމެ ފަހުން ދެ ފަހަރު ވެސް އެންމެ ފަހުގެ ޗެމްޕިއަން ކެޓީ ގަދަ 16 ޓީމުގެ ބުރުންނެވެ. އެކަމަކު، އިޓަލީގެ ފަރާތުން ފެނުނު ދަށް ކުޅުމާ ހެދި ސްޕަލެއްޓީ އަށް މަގާމުގައި ދެމިހުރެވިދާނެތޯ ވަނީ ސުވާލު އުފެދިފަ އެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހު، ތިން އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކުރި ސްޕަލެއްޓީ އަށް މަގާމުގައި ދެމިހުންނަށް ޕްރެޝަރެއް ނެތް ކަމަށް ހާމަކުރެއްވީ އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް، ގަބްރިއެލް ގްރަވީނިއާ އެވެ. އޭނާ ވިދާޅުވީ، ސްޕަލެއްޓީއާ އެކު، 2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ނިޔަލަށް ހަދާފައި އޮތް ކޮންޓްރެކްޓާ އެއްގޮތަށް އަދިވެސް ކުރިއަށްދާން ނިންމާފައިވާ ކަމަށެވެ.

ނަޕޯލީ އާއި ރޯމާގެ ކުރީގެ ކޯޗު، ސްޕަލެއްޓީ، އިޓަލީއާ ހަވާލުވި ފަހުން، އެ ޓީމުން ކުޅުނު 14 މެޗުގެ ތެރެއިން ހަތް މެޗުން ވަނީ މޮޅުވެފަ އެވެ. ހަތަރު މެޗުން އެއްވަރުވިއިރު، ތިން މެޗުން ވަނީ ބަލިވެފަ އެވެ.

ސްވިޒަލެންޑް އަތުން ބަލިވި މެޗަށް ފަހު ސްޕަލެއްޓީ ބުނީ، އިޓަލީގައި އަދި މަސައްކަތްކުރަނީ އެންމެ މޮޅު "ސްޕަލެއްޓީ" އެއް ނޫން ކަމަށެވެ. އަދި އޭނާގެ އެންމެ ރަނގަޅު މަސައްކަތް އިޓަލީގައި ފެންނާނެ ކަމަށް ސްޕަލެއްޓީ ވަނީ ބުނެފަ އެވެ.

އިޓަލީގެ ކެޕްޓަން، ގޯލްކީޕަރު، ޖިއަންލުއީޖީ ޑޮނަރުންމާ ވަނީ އެ ޓީމުގެ ފަރާތުން ފެނުނު ދަށް ކުޅުމަށް ސަޕޯޓަރުންގެ ކިބައިން މައާފަށް އެދިފަ އެވެ. އެކަމަކު، ޑޮނަރުންމާގެ އެ މައާފަށް އިޓަލީ ސަޕޯޓަރުންގެ ފަރާތުން މާބޮޑު އެއްބާރުލުމެއް ނުލިބުނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox