ކަލަފިއޯރީގެ ސަސްޕެންޝަން; އިޓަލީ އަށް މައްސަލައެއްތަ؟

Jun 29, 2024, 4:29 AM
ކަލަފިއޯރީގެ ސަސްޕެންޝަން; އިޓަލީ އަށް މައްސަލައެއްތަ؟

މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އިޓަލީން އެންމެ ގިނަ ބަޔެއްގެ ލޮލުގައި އަޅައިގަތް ކުޅުންތެރިއަކީ، 22 އަހަރުގެ ޑިފެންޑަރު، ރިކާޑޯ ކަލަފިއޯރީ އެވެ. އިޓަލީގެ އެޓޭކާއި ޑިފެންސްގައި ވެސް މުހިންމު ރޯލެއް އަދާކުރި ކަލަފިއޯރީ ވަނީ މިރޭ ގަދަ 16 ބުރުގައި ސްވިޒަލެންޑް މެޗަށް ސަސްޕެންޑްވެފަ އެވެ. އެއީ ގްރޫޕް ސްޓޭޖުގައި ރީނދޫ ކާޑު ހަމަވުމުންނެވެ.

ގްރޫޕް ސްޓޭޖުގައި އިޓަލީން ދެ ވަނަ މެޗުގައި ސްޕެއިން އަތުން ބަލިވީ، ކަލަފިއޯރީ އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ. އެކަމަކު، ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި، ކްރޮއޭޝިއާ 1-0 އިން ކުރީގައި އޮއްވައި، އިޓަލީން ފަހު ސިކުންތުގައި އެއްވަރުކުރި ގޯލު، މަޓެއާ ޒަކާނިއޭ ޖެހީ ކަލަފިއޯރީ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. ފަހަތުގައި ހުރެފައި ބޯޅަ ހިފަައިގެން، ކްރޮއޭޝިއާ މެދުތެރެއިން ދިއުމަށް ފަހު، ކަލަފިއޯރީ ޖައްސާލި ބޯޅަ ޒަކާނިއޭ ވަނީ މަތީ ކަނަށް ފޮނުވާލައިފަ އެވެ.

މި ފަހަރުގެ ޔޫރޯގައި މިހާތަނަށް ބަލިނުވެ އޮތް ސްވިޒަލެންޑް ފަދަ ޓީމަކާ ދެކޮޅަށް އިޓަލީން ނޮކައުޓް މެޗަކަށް ނުކުންނައިރު، ކަލަފިއޯރީ ނެތުމަކީ އިޓަލީ ޓީމަށް މައްސަލައެއް ކަމަށް ބުނެ، މެޗުގެ ކުރިން މީޑިއާ އިން ވަނީ އިޓަލީގެ ކޯޗު ލޫޝިއާނޯ ސްޕަލެއްޓީއާ ސުވާލުކޮށްފަ އެވެ.

މި ފަހަރުގެ ޔޫރޯގެ މެޗެއްގެ ތެރެއިން ކަލަފިއޯރީ ބޯޅަ ހިފައިގެންދަނީ.

"އަނެއްހެން ސީދާ އެއްޗެއް ނުބުނާނަން. އަހަރެން ދެކޭގޮތުގައި އިޓަލީ ޓީމުގެ ހުރިހާ ކުޅުންތެރިން ވެސް މުހިންމު. ކަލަފިއޯރީ އަންނަނީ މޮޅު ކުޅުމެއް ދައްކަމުން، ދެން އޭނާ ނުލައި ކުޅެން ބަލާއިރު ދެން ހުރި ޖިއަންލޫކާ (މަންޗިނީ) އަކީ ވެސް ތަޖުރިބާހުރި މޮޅު ކުޅުންތެރިއެއް، ރަނގަޅުވާނެ،" ސްޕަލެއްޓީ ބުންޏެވެ.

ރޯގާޖެހިފައިވާތީ، އިޓަލީގެ އަނެއް ޑިފެންޑަރު، އަލެސަންދްރޯ ބަސްޓޯނީ ވެސް ޕްރެކްޓިސްތަކުގައި ރަނގަޅަށް ބައިވެރިނުވެ އެވެ. ސްޕަލެއްޓީ ބުނީ، ބަސްޓޯނީ މެޗުގައި ކުޅޭނެ ކަމަށެވެ.

އިޓަލީގެ ބޮލޯނިއާ އަށް ކުޅެމުން އަންނަ ކަލަފިއޯރީ ގައުމީ ޓީމަށް ކުޅެން ފެށީ މި ދިޔަ މަަހުގަ އެވެ. ސްޕަލެއްޓީގެ ހާއްސަ އެދުމަކަށް އިޓަލީގެ ޕްރިލިމިނަރީ ޔޫރޯ ސްކޮޑުގެ ޕްރެކްޓިހަށް އައި ކަލަފިއޯރީ ވަނީ ފުރަތަމަ އެގާރައިން ޖާގަ ޔަގީންކޮށްފަ އެވެ. އުމުރުން 22 އަހަރުގައި ޔޫރޯގެ މެޗެއް ފަށައި، ކަލަފިއޯރީ ވެފައި ވަނީ ޕައޮލޯ މަލްޑިނީ އަށް ފަހު، ޔޫރޯގައި އިޓަލީ އަށް ކުޅެދިން އެންމެ ޒުވާން ކުޅުންތެރިޔާ އަށެވެ.

ޔޫރޯގައި ދައްކާ ކުޅުމަށް ބަލާއިރު، މި ވަގުތު އެންމެ ޑިމާންޑް ބޮޑު ކުޅުންތެރިންގެ ތެރޭގައި ކަލަފިއޯރީ ހިމެނެ އެވެ. ކަލަފިއޯރީ އަކީ ވިއްކާ ކުޅުންތެރިއެއް ނޫން ކަަމަށް ބޮލޯނިއާ އިން ފުރަތަމަ ބުނި ނަމަވެސް މިހާރު އެކަން ބަދަލުވެއްޖެ އެވެ. ރަނގަޅު އަގެއްގައި ކަލަފިއޯރީ ވިއްކާލަން ބޮލޯނިއާ އިން އޮތީ ތައްޔާރަށެވެ. އޭނާ ހޯދުމުގެ ރޭހުގައި އިޓަލީގެ ޔުވެންޓަސް، ޖަރުމަނުގެ ބަޔާން މިއުނިކް، އިންގްލެންޑްގެ ލިވަޕޫލް އަދި ސްޕެއިންގެ ރެއާލް މެޑްރިޑުން އަންނަނީ ވާދަކުރަމުންނެވެ.

ކަލަފިއޯރީ ނެތި، އިޓަލީން ގަދަ 16 ބުރުގައި މިރޭ ސްވިޒަލެންޑާ ބައްދަލުކުރާނީ މިރޭ 9 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox