2006 ގެ ވޯލްޑް ކަޕްގެ ހަނދާންތަކާ އެކު އިޓަލީ ބޮޑު މެޗަކަށް

Jun 29, 2024, 4:14 AM
2006 ގެ ވޯލްޑް ކަޕްގެ ހަނދާންތަކާ އެކު އިޓަލީ ބޮޑު މެޗަކަށް

ބާލިން (ޖޫން 29) - ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގަދަ 16 ބުރުގައި މިރޭ ސްވިޒަލެންޑާ ދެކޮޅަށް އިޓަލީން ކުޅޭ މެޗު އެ ޓީމަށް ހާއްސަވާ ސަަބަބެއް އެބައޮތެވެ. އެއީ، މި މެޗު ކުޅޭ ދަނޑު، ބާލިންގެ އޮލިމްޕިކް ސްޓޭޑިއަމް އަކީ، އިޓަލީން 2006 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރި ދަނޑު ކަމަށްވުމެވެ. މެޗުގެ ކުރިން އިޓަލީ ޓީމުން ވަނީ އެކަން ފާހަގަކޮށްފަ އެވެ.

"އެންމެން ހަނދާން އެބަހުރި އަހަރެމެން ބާލިންގައި އެ ހޯދި ކާމިޔާބީތަކުގެ އުފާފާޅުކުރި ގޮތް. އެއީ، 2006 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ އުފާފާޅުުކުރުންތައް ފެށިގެންދިޔަތަން. އަހަރެމެންގެ ކޯޗިން ޓީމުގައި އެބަހުރި ބުފޮން، އެ ވާހަކަތައް އޭނާ ހިއްސާކޮށްފި،" އިޓަލީގެ ކޯޗު ލޫޝިއާނޯ ސްޕަލެއްޓީ ބުންޏެވެ.

"އަހަރެމެންނަށް ގޭގައި ތިބެ އުފާފާޅުކުރަން ލިބުނު އެ 2006ގެ ކަންކަމުގެ ހަނދާންތަކާ އެކު، އެ ދަނޑުގައި މި ފަހަރު ވެސް ކޮންމެ ވެސް އުފަލެއް ހާސިލްކުރަން ބޭނުން،"

އެންމެ ފަހުގެ ޔޫރޯގެ ޗެމްޕިއަން، އިޓަލީން ގަދަ 16 ބުރަށް ދަތުރުކުރީ ފަހު ސިކުންތު ކޮޅުގެ ތެރޭގައި، ކްރޮއޭޝިއާ ކޮޅަށް ޖެހި ލަނޑުން 1-1 އިން އެއްވަރުކޮށްގެންނެވެ. އިޓަލީ ނޮކައުޓްގެ ފުރުސަތު ހޯދީ ގްރޫޕްގެ ދެ ވަނަ ޓީމުގެ ގޮތުގަ އެވެ.

އިޓަލީގެ ކޯޗު ސްޕަލެއްޓީ: އޭނާ ދެކޭގޮތުގައި ސްވިޒަލެންޑަކީ އިޓަލީ އަށް އުނދަގޫ ޗެލެންޖެއް،

ސްޕަލެއްޓީ ބުނީ އިޓަލީގެ އަސްލު ފެންވަރުގައި އަދި މި މުބާރާތުގައި ނުކުޅެވެނީ، ކޮންމެވެސް "ޕްރެޝަރެއް"ގައި ތިބެ ކުޅެން ހަނދައިގެން ކަމަށެވެ.

"ފުރަތަމަ ކަަމަކަށް އަަހަރެމެން ގްރޫޕް ސްޓޭޖު ފަހަނައަޅައިދިޔައީ ހައްގު ނަތީޖާތަކެއް ނެރެގެން، އެންމެ ފަހު ވަގުތުގައި ލަނޑު ޖަހައި މި ހިސާބުގައި މި ތިބީ، އެ ގާބިލުކަން ދައްކައިގެން،" ސްޕަލެއްޓީ ބުންޏެވެ. "ކަންކަން ރަނގަޅުކުރަންވީ، ހަމަޖެހިލައިގެން ރޭވުންތެރިކަމާ އެކީގައި މި މެޗު ކުޅެންވީ، އެއީ މީގެ މޮޅެއް ހޯދައިގެން ނޫނީ ކުރިއަކަށް ނުދެވޭނެ،"

ސްވިޒަލެންޑަކީ ޔޫރޯގެ ނޮކައުޓް ބުރުގައި ޖެހިޖެހިގެން ތިން ވަނަ ފަަހަރު ވާދަކުރާ ޓީމެއް ކަމަށާއި މުބާރާތުގައި އަދި ބަލިނުވެ އޮތުމުން އެ ޓީމުގެ ރޫހު ރަނގަޅުވާނެ ކަމަށް ސްޕަލެއްޓީ ވެސް ގަބޫލުކުރެ އެވެ. އެހެންކަމުން، އިޓަލީން މި މެޗަށް ދޭން ޖެހޭ ސަމާލުކަން އިތުުރު ކަމަށް ސްޕަލެއްޓީ ގަބޫލުކުރެ އެވެ.

އިޓަލީ އާއި ސްވިޒަލެންޑްގެ މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސިޓީ އާއި އާސެނަލަށް މޮޅެއް ނުލިބުނު، ޗެލްސީ ބަލިވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން މެންޗެސްޓާ ސިޓީ އާއި އާސެނަލް އެއްވަރުވިއިރު، ޗެލްސީ ވަނީ ލީޑްސް ޔުނައިޓެޑް އަތުން 4-1 އިން ބަލިވެފައި. ސިޓީ އާއި ފުލަމް ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވިއިރު، އާސެނަލް އާއި ނިއުކާސަލް ބައްދަލުކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެން.

އޮޑިން ކޮންމެ މެޗެއްގައި ވެސް ޓީމު ވަރުގަދަކޮށްގެން ނަތީޖާ ނެރެން

ދިވެހި ޕްރިމިއާ ލީގުގައި އޮޑި ސްޕޯޓްސް ކްލަބުން ކޮންމެ މެޗަކަށް ވެސް ނުކުންނަނީ ޓީމު ވަރުގަދަކޮށް ރަނގަޅު ނަތީޖާއެއް ނެރުމުގެ އަމާޒުގައި ކަމަށް އެ ޓީމުގެ ކޯޗު ލޫޗޯ ބުނެފި. ލީގުގެ ބްރޭކުގެ ތެރޭގައި ޓީމުގެ ފިޓްނަސް އާއި ކުޅުން ރަނގަޅުކުރަން ގިނަ މަސައްކަތްތަކެއް ކޮށްފައިވާއިރު، މާދަމާ ޓީސީއާ ދެކޮޅަށް ނުކުންނާނީ މެޗުގެ ކޮންޓްރޯލް ހޯދައިގެން މޮޅުވާން

ނިއު ރޭޑިއަންޓް ބަލިކުރުން މުޅި ވިކްޓަރީ އަށް އިތުބާރަކަށްވާނެ

ދިވެހި ޕްރިމިއާ ލީގުގައި ނިއު ރޭޑިއަންޓާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވުމަކީ ވިކްޓަރީގެ އިތުބާރު ބޮޑުވެ، ސަޕޯޓަރުންގެ ޝައުގުވެރިކަން އިތުރުވާނެ ކަމެއް ކަމަށް އެ ޓީމުގެ ކޯޗު މޯހަން ބުނެފި ލީގުގައި މިހާތަނަށް ބަލިނުވެ އޮތް މި ދެ ޓީމުގެ ކުރިމަތިލުމަށް ވިކްޓަރީ އޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށްވެސް އޭނާ ފާހަގަކުރި

މުޑްރިކް އާއި ޔޫކްރެއިން އެފްއޭގެ ކޯޅުމެއް

މަނާބޭހުގެ މައްސަލައެއްގައި 21 މަސް ދުވަހުގެ ސަސްޕެންޝަނެއް ފުރިހަމަކުރުމަށްފަހު، ޔޫކްރެއިންގެ މިހައިލޯ މުޑްރިކް އެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނުން އިހުމާލުވި ކަމަށް ބުނެ ކުރި ތުހުމަތުތަކާ ގުޅިގެން މައްސަލަ ހޫނުވެއްޖެއެވެ. މުޑްރިކްގެ މި ވާހަކަތަކަށް ރައްދު ދެއްވަމުން ޔޫކްރެއިން އެފްއޭގެ ރައީސް އަންޑްރީ ޝެވްޗެންކޯ ވިދާޅުވީ މުޑްރިކް ހަދަނީ ދޮގު ކަމަށާއި، މިއީ އެސޯސިއޭޝަނުގެ އަގުވައްޓާލަން ކުރާ ކަމެއް ކަމަށެވެ.

ޓޮމް ބްރެޑީ ޗެލްސީގެ ހިއްސާއެއް ގަންނަނީ

އެމެރިކަން ފުޓްބޯޅަ ލެޖެންޑް ޓޮމް ބްރެޑީ، ކްލިއަލޭކް ކެޕިޓަލް މެދުވެރިކޮށް އިނގިރޭސި ކްލަބް ޗެލްސީގެ މައިނޯރިޓީ ހިއްސާއެއް ގަތުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. މި އިންވެސްޓްމަންޓާއެކު އޭނާއަށް ވޯޓުލުމުގެ ހައްގު ނުލިބުނު ނަމަވެސް، ކުރިއަށް އޮތް ތަނުގައި ކްލަބުގެ ބޯޑުން ފުރުސަތު ލިބުމުގެ ފުރުސަތު އެބައޮތެވެ. ބްރެޑީ މި ފިޔަވަޅު އަޅަނީ ބާމިންހަމް ސިޓީގައި އޮތް އޭނާގެ ހިއްސާ ދޫކޮށްލުމަށްފަހުއެވެ.

ބަޔާން އެއްވަރުވި މެޗުގައި ކޭން އަށް ސީރިއަސް އަނިޔާއެއް

ޖަރުމަނު ލީގުގައި ކޮލޯންއާ ދެކޮޅަށް ކުޅުނު މެޗުގައި ބަޔާން މިއުނިކްގެ ފޯވާޑް ހެރީ ކޭންގެ ކުޑަހުޅަށް ލިބުނު ސީރިއަސް އަނިޔާއަކާ ގުޅިގެން، ތިން މަސް ދުވަހަށް އޭނާ ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެ. ބަޔާން މި މެޗުން 1-1 އިން އެއްވަރުވިއިރު، މި ނަތީޖާއާއެކު ލީގުގެ އެއްވަނަ މަގާމު ގެއްލުމުގެ ބިރު އެ ޓީމަށް ވަނީ ކުރިމަތިވެފައި

ސްޕެއިން ކައިރިން ބަދަލުހިފަން ޒިދާން ބޭނުމެއް ނޫން

ނޭޝަންސް ލީގުގެ ކުއާޓާ ފައިނަލުގައި ސްޕެއިނާ ދެކޮޅަށް ނުކުންނައިރު، ފްރާންސްގެ އަމާޒަކީ ވޯލްޑް ކަޕްގެ ބަލިވުމުގެ ބަދަލުހިފުމުގެ ބަދަލުގައި މުބާރާތުގެ ތަށި ހޯދުން ކަމަށް ކޯޗު ޒިދާން ބުނެފި. ޒިދާން ފާހަގަކުރި ގޮތުގައި މިއީ އާ މުބާރާތެއް ކަމަށާއި، އަންނަ މާޗް މަހު އޮންނަ މި މެޗުތަކަށް ޓީމު އޮތީ ވަރުގަދަ އަމާޒެއްގައި

Newsletter

Get the latest news delivered straight to your inbox