މެޗުގެ ކުރިން ސްވިޒަލެންޑްގެ ކޯޗު އިޓަލީއަށް ކުރީ މުޅިން ތައުރީފު

Jun 29, 2024, 3:57 AM
މެޗުގެ ކުރިން ސްވިޒަލެންޑްގެ ކޯޗު އިޓަލީއަށް ކުރީ މުޅިން ތައުރީފު

ބާލިން (ޖޫން 29) - ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގަދަ 16 ބުރުގައި މިރޭ އިޓަލީއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ސްވިޒަލެންޑްގެ ކޯޗު، މުރާތު ޔަކިން އިޓަލީ އަށް ވަރަށް ބޮޑަށް ތައުރީފުކޮށްފި އެވެ.

ގަދަ 16 ބުރުގެ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން، ޔަކިން ބުނީ އިޓަލީގެ މެޗުތައް ވަރަށް ރަނގަޅަށް ބަލާފައިވާނެ ކަމަށެވެ.

"އަހަރެމެން ވަރަށް ރަނގަޅަށް ހޯމްވޯކް ހަދައިފިން، އަހަރެމެން ހަމައެކަނި ބެލީ އިޓަލީގެ ގްރޫޕް ސްޓޭޖު ތިން މެޗެއް ނޫން. އެ މީހުންގެ ތައްޔާރީތަކުގެ ގިނަ ކަންކަން ބަލައިފިން،" ޔަކިން ބުންޏެވެ.

ޔަކިން ވަނީ އިޓަލީ އަކީ ފުޓްބޯޅައިގެ ބޮޑު ސަގާފަތެއް އޮތް ގައުމެއްކަން ފާހަގަކޮށް، ފުޓްބޯޅައިގައި އެ ގައުމު ގެންނަ ތަފާތުތަކުގެ ވާހަކަ ބުނެ، ވަރަށް ބޮޑަށް ތައުރީފުކޮށްފަ އެވެ.

"އިޓަލީގެ ހާއްސަ ކަމަކީ، ތަފާތު އެކި ސިސްޓަމަށް އެންމެ މޮޅަށް ކުޅުމުގެ ގާބިލުކަން އެ މީހުންގެ އެބަހުރި. ޓެކްޓިކަލް ފުޓްބޯޅައިގެ ހޯމް އަކީ އިޓަލީ، އަހަރެން ވަރަށް ބޮޑަށް ގަޔާވޭ އިޓަލީގެ މި ކަންކަމާ. އެކުއެކީގައި ތިބެގެން ޑިފެންސް ކޮށްފައި، މީހަކަށް މީހަކު އަރައި، އެޓޭކް ކުރާ ކަހަލަ ގޮތަކަށް ވެސް ކުޅޭ، މިއީ، އެޓަލަންޓާ އިން މި ފަހަރު ފެނުނު މިސާލެއް،" ޔަކިން ބުންޏެވެ.

"އަހަރެމެން މި ތައްޔާރުވަނީ އިޓަލީ އަށް ސަޕްރައިޒެއް ދޭން،"

އިޓަލީ އާއި ސްވިޒަލެންޑްގެ އެންމެ ފޯރިގަދަ ކުރިމަތިލުންތަކެއް މި ފަހުން ފެނުނީ، 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގަ އެވެ. ދެ މެޗުން ވެސް އިޓަލީ އަށް ސްވިޒަލެންޑް ބަލިނުކުރެވި، އިޓަލީ އަށް ވޯލްޑް ކަޕްގެ ފުރުސަތު ގްރޫޕުން ގެއްލުނީ، ސްވިޒަލެންޑް އެއް ވަނަ ހޯދުމުންނެވެ.

ޔަކީން ބުނީ ކޮލިފައިންގެ އެ މެޗުތަކުގެ ހަނދާންތައް ކުރަނީ ފުޓްބޯޅައިގެ އެންމެ ހާއްސަ ކަންކަމުގެ ގޮތުގައި ކަމަށެވެ. އޭނާ ބުނީ ފޭވަރިޓަކީ ވަކި ޓީމެކޭ ބުނެގެން މެޗުގެ ކުރިން އިތުރު ވާހަކަތަކެއް ދައްކަން ބޭނުންނުވާ ކަމަށެވެ.

"އަހަރެމެންނަށް އެނގޭ އިޓަލީގެ ފެންވަރު. އަހަރެމެން މަސައްކަތް ކުރާނީ މޮޅުވެވޭތޯ، ނަސީބުގެ އެހީވެސް ލިބޭނީ މަސައްކަތް ކުރާ ބަޔަކަށް، އަހަރެމެން އެންމެ ފަހުން ޓްރެއިނިން ތަކުގައިވާނީ ޕެނަލްޓީ އަށް ވެސް ފަރިތަކޮށްފައި،" ޔަކިން ބުންޏެވެ.

މިއީ އިޓަލީ އާއި ސްވިޒަލެންޑުން ބޮޑު މުބާރާތެއްގައި ވާދަކުރާ ފަސް ވަނަ ފަހަރެވެ. އެ ގޮތުން، 1954 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އިޓަލީއާ ކުޅުނު ދެ މެޗުން ސްވިޒަލެންޑް މޮޅުވިއިރު، އިޓަލީ ވަނީ 1962 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 2020 ވަނަ އަހަރުގެ ޔޫރޯގެ ގްރޫޕް ސްޓޭޖުގައި ސްވިޒަލެންޑް ބަލިކޮށްފަ އެވެ.

މި ދެ ޓީމު މިރޭ ކުޅޭ މެޗު ފަށާނީ 9 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox