ހުލާސާކޮށް އިއްޔެ: ޖަލުގައި ގައިދީއަކު މަރުވުން

ޖަމީލު ވަޅުލަނީ. -- ފޮޓޯ: އަދަދު

ޖަމީލު ވަޅުލަނީ. -- ފޮޓޯ: އަދަދު

ޝަރީއަތް ނިމެންދެން މާފުށީ ޖަލުގައި ބަންދުކޮށްފައި ހުރި ގައިދީއަކު އިއްޔެ މަރުވި ކަމަށް ރިޕޯޓުކުރި އެވެ.

ޖަލުގައި ބަންދުކޮށްފައި ހުއްޓާ މަރުވީ ށ. ފުނަދޫ ޒަމާނީ ވިލާ މުހައްމަދު ޖަމީލް 45, ކަމަށް ކަރެކްޝަންސް އިން ވަނީ ބުނެފަ އެވެ.

ކަރެކްޝަނުން ބުނީ ޖަމީލް ގޮޅިން ބޭރަށް ނުނިކުމެ، ހަރަކާތް ނުކޮތް ގިނައިރު އޮތްކަން ފާހަގަ ކުރެވިގެން މާފުށީ ޖަލުގެ މެޑިކަލް ސެންޓަރަށް ގެންގޮސް ސީޕީއާރް ދީ، އެއްވެސް ބަދަލެއް ނައުމާ ގުޅިގެން، 12:13 ހާއިރު މާފުށީ ސިއްހީ މަރުކަޒަށް ގެންގޮސް އޭނާއަށް ފަރުވާ ދޭން ފެށި ކަމަށާއި, ޖަމީލްގެ ހިތް ހުއްޓިގެން މަރުވިކަމަށް ޑޮކްޓަރު ކަނޑައެޅީ 12:45 ގައި ކަމަށެވެ.

އޭނާ ބަންދުކޮށްފައި ހުރީ ނުރައްކާތެރި އަދި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ މައްސަލައެއްގައި ޝަރީއަތް ނިމެންދެނެވެ. އޭނާއަކީ ނަފްސާނީ ބައްޔަކަށް ފަރުވާކުރަމުން އައި މީހެއް ވެސްމެ އެވެ.

ޖަމީލުގެ ހަށިގަނޑު އާއިލާއާ ހަވާލުކުރިއިރު، އޭނާގެ މޫނުމަތީގައި ނޫފައިގެންފައިވާ ދެ ނަތަކާއި ކޮންމެވެސް ވަރަކަށް މަށައިގެން ގޮސްފައިވާ ތަނެއް ހުރުމުން، އޭނާ މަރުވީ އަނިޔާގެ ސަބަބުން ކަމަށް ބައެއް މީހުން ތުހުމަތުކުރި އެވެ.

ސޯޝަލް މީޑިއާގައި އެތައް ބަޔަކު އެ ތުހުމަތުތައް ކުރަމުން ދަނިކޮށް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިހުސާން ވިދާޅުވީ އެ މައްސަލައިގެ ފުރިހަމަ ތަހުގީގެއް ކުރަން ފުލުހުންނަށް އަންގަވާފައިވާނެ ކަަމަށެވެ.

ޖަމީލްގެ އާއިލާއިން މަސައްކަތް ކުރަމުން ދިޔައީ އޭނާގެ ހަށިގަނޑު ވީހާވެސް އަވަހަށް ވަޅުލުމަށެވެ. އެގޮތުން ރޭ 12:00 ޖެހިއިރު ވަޅުލާން ފުރަތަމަ ނިންމުމަށްފަހު، ފަހުން ފަތިސް ނަމާދަށްފަހު ވަޅުލާން ނިންމި އެވެ.

ނަމަވެސް ރޭ މެންދަމު ފުލުހުން އަލުން ހަށިގަނޑު ގެންދަން މަސައްކަތް ކުރި އެވެ. އޭރު އޮތީ ހިނަވައި ކަފުންކޮށްފަ އެވެ.

އާއިލާއާ ދެކޮޅަށް ގަބުރު ގެންދަން ފުލުހުން މަސައްކަތްކުރުމަށްޓަކައި ހުޅުމާލޭ ސަހަރާ ސަރަހައްދަށް ގިނަ އަދަދެއްގެ އެސްއޯ ފުލުހުން ދިޔަ އެވެ. ނަމަވެސް ހަށިގަނޑު ފުލުހުންނާ ހަވާލުކުރަން އާއިލާއިން ދެކޮޅު ހަދައި ހިނަވާގެ ތަޅުލި އެވެ.

ފަތިސް ނަމާދަށް ފަހު، ހޯމް މިނިސްޓަރު އަލީ އިހުސާން އާއި ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ސަހަރާއަށް ވަޑައިގެން އާއިލާއާ ވާހަކަ ދެއްކެވި އެވެ. ހޯމް މިނިސްޓަރު ވެސް ފުރަތަމަ ވިދާޅުވީ ތަހުގީގަށް ހަށިގަނޑު ގެންދަން ފުލުހުން ބޭނުންވާ ކަމަށެވެ. ނަމަވެސް، އާއިލާއިން އެކަމަށް ދެކޮޅު ހެދުމުން، ކުރެއްވި ފޯނުކޯލަކަށް ފަހު، އެ ނިންމުން ބަދަލުކޮށް ވަޅުލުމުގެ ހުއްދަ ދެއްވި އެވެ.

ޖަމީލް ވަޅުލީ އިރުއެރި ފަހުންނެވެ.

ޖަމީލުގެ މަރާ ގުޅިގެން ކަރެކްޝަނަލް ސާވިސް އިން މީޑިއާއަށް ކުރިން ބުނީ ޖަމީލް ގޮޅިން ބޭރަށް ނުނިކުމެ، ހަރަކާތް ނުކޮތް ގިނައިރު އޮތްކަން ފާހަގަ ކުރެވިގެން މާފުށީ ޖަލުގެ މެޑިކަލް ސެންޓަރަށް ގެންގޮސް ސީޕީއާރް ދީފައިވާ ކަމަށެވެ.

އޭނާ ބަންދުކޮށްފައި ހުރީ ނުރައްކާތެރި އަދި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ މައްސަލައެއްގައި ޝަރީއަތް ނިމެންދެނެވެ. އޭނާއަކީ ނަފްސާނީ ބައްޔަކަށް ފަރުވާކުރަމުން އައި މީހެއް ވެސްމެ އެވެ.

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox