ސިންގަރ ބްރޭންޑް އެންޑް ޗޮއިސެސްއިން ވިއްކާ އެކި އުފެއްދުންތަކުން 50 ޕަސަންޓާ ހަމައަށް ޑިސްކައުންޓު ލިބޭ "ސިންގަރ ޔޫރޯ ޕްރޯ" ފަށައިފި އެވެ.
ސިންގަރ އިން ބުނީ ޖުލައި މަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަންގައި އެލްއީޑީ ޓީވީ، ފަރުނީޗަރު، އޭސީ، ބަދިގެއަށް ބޭނުންވާ ސާމާނު އަދި މޯބައިލް ފޯނުން ޑިސްކައުންޓު ލިބޭނެ ކަމަށެވެ.
އެ ފިހާރައިން ވިއްކާ އުފެއްދުންތަކާ ބެހޭ މައުލޫމާތު ވެބްސައިޓު މެދުވެރިކޮށް ބަލާލެވޭއިރު، ފައިސާ ދެއްކުމަށް ފަސޭހަ އޮޕްޝަންތައް ލިބެ އެވެ.
ސިންގަރ އިން އަންނަނީ ސެމްސަންގް، ސޮނީ، ފިލިޕްސް، ޕެނެސޮނިކް، އެލްޖީ، ހިޓާޗީ، ޕްރެސްޓިޖް ބީކޯ، ކެންވުޑް އަދި އިތުރު ބްރޭންޑުތަކުގެ އިލެކްޓްރޯނިކްސް ވިއްކަމުންނެވެ.
ދުނިޔޭގެ ނަން މަޝްހޫރު ބްރޭންޑެއް ކަމަށްވާ "އޮނާ" ގެ ހަތަރު މޮޑެލްއެއްގެ ފޯނު ސިންގަރ އިން ވަނީ ދާދި ފަހުން މާކެޓަށް ނެރެފަ އެވެ.
މީގެއިތުރުން މެލޭޝިއާއިން އުފައްދާފައިވާ އެކި ފަރުނީޗަރު ވެސް އެ ފިހާރައިން ވިއްކަ އެވެ. އޭގެ ތެރޭގައި ކޮޓަރި އަދި ބަދިގެއަށް ބޭނުންވާ ފަރުނީޗަރު ވެސް ހިމެނެ އެވެ.
ސިންގަރ އިން ވިއްކާ ސޯފާއަކީ ކުދިކުދި ޖާގަތަކަށް ބޭނުން ގޮތަކަށް އަދި ބޭނުން ސައިޒަކަށް ތައްޔާރު ކޮށްލެވޭ ސޯފާއެކެވެ. އަދި ދެތިން ހަފުތާ ތެރޭގައި ކަސްޓަމަރުންނަށް ސޯފާ ރައްދު ކޮށްދެ އެވެ.
ސިންގަރގެ ދެ ފިހާރައެއް މާލޭގައި މިވަގުތު ހުރިއިރު، އެއް ފިހާރަ ހުންނަނީ ހަނދުވަރީ ހިނގުމުގައި ހުންނަ އެލިއާ ރެޒިޑެންސްގައެވެ. އަދި އަނެއް ފިހާރަ ހުންނަނީ ޗާނދަނީ މަގުގައި ހުންނަ ނެޝަނަލް މިއުޒިއަމް ކުރިމަތީގަ އެވެ.










