ހައިރައިޒްއިން އިންތިޒާމުކޮށްގެން ބާއްވާ މޯލްޑިވްސް ލިވިން އެކްސްޕޯ 2024 އަންނަ އޯގަސްޓް މަހު ބާއްވަން ނިންމައި، ޕާޓްނަރުންނާއި ސްޕޮންސަރުންނާ އެކު އިއްޔެ ސޮއިކޮށްފި އެވެ.
މާގިރި ހޮޓެލްގައި ބޭއްވި ރަސްމިއްޔާތެއްގައި މޯލްޑިވްސް ލިވިން އެކްސްޕޯގެ 12 ވަނަ އެޑިޝަންގެ މެއިން ސްޕޮންސަރަކަށް ސޮއިކޮށްފައި ވަނީ އިންޑިއާގެ އެކްސްޕޯޓުގެ އިތުރުން ޓްރޭޑިންގައި މަޝްހޫރު މޯހަން މޫތާ އެކްސްޕޯޓްސް އެވެ.
މި އެކްސްޕޯގެ ކޯ ސްޕޮންސަރުންނަށް ސޮއިކޮށްފައި ވަނީ ރިއަލް ސްޓޭޓުގެ މަޝްހޫރު ޓާޓާ ހައުސިންއާއި ބޭފޭންސީ އަދި ހައިއެންޑް ފާނީޗާ އެވެ.
މި އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައި ވަނީ އޯގަސްޓު 8، އިން ފެށިގެން އޯގަސްޓު 10، ގެ ނިޔަލަށް ހުޅުމާލެ ސެންޓްރަލް ޕާކުގަ އެވެ.

މޯލްޑިވްސް ލިވިން އެކްސްޕޯގެ ސްޕޮންސަރުންނާއެކު ސޮއިކުރުން --
މޯލްޑިވްސް ލިވިން އެކްސްޕޯގެ ސްޕޮންސަރުން:
- ހައުސިން ފައިނޭންސިން ޕާޓްނާ - އެޗްޑީއެފްސީ
- ބިލްޑިން ސޮލިއުޝަން ޕާޓްނާ - ރެއިންބޯ ގްރޫޕް
- ބާތުވެއާ އެންޑް ލައިޓިން ޕާޓްނާ - ޖަގުއާ ގްރޫޕް
- އިންޓީރިއާ ޕާޓްނާ - ޕްރޮކްސީ ހޯމް
- ބެޑިން ޕާޓްނާ - ޑިއުރޯފްލެކްސް ބައި ދަމާސް
- ހޯމް އެޕްލިއަންސް ޕާޓްނާ - ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)
- އެފިޝިއަންޓް ޕްރޮކިއުމަންޓް ޕާޓްނާ - އޮޕްރޯ މޯލްޑިވްސް
- ޑިޖިޓަލް ޕާޓްނާ - އުރީދޫ މޯލްޑިވްސް
- އިންޝުއަރެންސް ޕާޓްނާ - އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އޮފް މޯލްޑިވްސް
- ކޭޓަރިން ޕާޓްނާ - ސޯސްޑް އަޕް ބައި ލޫސީސް
- ބެވެރެޖު ޕާޓްނާ - ކޮކާ ކޯލާ
- ސައުންޑް އެންޑް ލައިޓް ޕާޓްނާ - މޯލްޑިވްސް މޯމެންޓްސް
- ޕްރިންޓިން ޕާޓްނާ - ޕްރިންޓް ލެބް
- ސެޓަޕް ޕާޓްނާ - އަސަރީ ސާވިސަސް
- ސެކިއުރިޓީ ޕާޓްނާ - ގޭޖް
މި އެކްސްޕޯއިން އިންވެސްޓްމަންޓުތަކަށް ދޮރުތައް ހުޅުވި، ރިއަލް އެސްޓޭޓާ ގުޅޭ ފަހުގެ މައުލޫމާތާއި، ކޮންސްޓްރަކްޝަން އަދި ހޯމް ލިވިންއާއި ލައިފް ސްޓައިލާ ބެހޭ މައުލޫމާތުތައް ލިބިގެންދާނެ އެވެ.
މީގެއިތުރުން އެކްސްޕޯއިން ލަގްޒަރީ ފަރުނީޗަރުތަކާ ބެހޭ މައުލޫމާތާއި ގެ ޒީނަތްތެރި ކުރުމަށް އެކި އައިޑިއާސްތަކާއި ފައިނޭންސިން އޮޕްޝަންތަކާ ބެހޭ މައުލޫމާތު ވެސް ދޭނެ އެވެ.










