އެލްޖީއޭއިން ބުނީ ކައުންސިލުތައް މޮނިޓަރުކޮށް ތަމުރީނު ޕްރޮގުރާމުތައް ނުހިންގެނީ ބަޖެޓު ނެތީމަ ކަމަށް

އެލްޖީއޭގެ ސީއީއޯ، މަރިޔަމް ޒުލްފާ: އެންމެ ބޭނުންވާ ވަރަށް ކައުންސިލުތަކަށް ތަމްރީން ޕްރޮގްރާމުތައް ނުހިންގޭ ކަމަށް އެއްބަސްވި -- ފޮޓޯ: އެލްޖީއޭ

އެލްޖީއޭގެ ސީއީއޯ، މަރިޔަމް ޒުލްފާ: އެންމެ ބޭނުންވާ ވަރަށް ކައުންސިލުތަކަށް ތަމްރީން ޕްރޮގްރާމުތައް ނުހިންގޭ ކަމަށް އެއްބަސްވި -- ފޮޓޯ: އެލްޖީއޭ

ކައުންސިލަރުން ހޭލުންތެރި ކުރުމާއި ތަމްރީނު ޕްރޮގުރާމުތައް އެކަށީގެންވާ މިންވަރަށް ނުހިންގެނީ އެކަން ކުރެވޭނެ ވަރުގެ ބަޖެޓެއް ނުލިބޭތީ ކަމަށް ލޯކަލް ގަވަމެންޓު އޮތޯރިޓީ (އެލްޖީއޭ)އިން ބުނެފި އެވެ.

މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީއަށް މިއަދު އެލްޖީއޭގެ ބޭފުޅުން ތައާރަފުވުމަށް ވަޑައިގެންނެވި ބައްދަލުވުމުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އެ އިދާރާގެ އިސް ބޭފުޅަކު ވިދާޅުވީ ރަށު ކައުންސިލުތަކާއި ސިޓީ ކައުންސިލުތަކަށް ހާއްސަކޮށް ތަމްރީނާއި ހޭލުންތެރިކަން އިތުރު ކުރުމުގެ ޕްރޮގުރާމުތައް ހޯދުމަކީ އެލްޖީއޭގެ އެންމެ ބޮޑު ޒިންމާ ކަމަށެވެ.

ނަމަވެސް އެކަންކަމަކީ ވަރަށް ހަރަދު ހިނގާ ކަންކަން ކަމަށާއި ލިބޭ ބަޖެޓަށް ބަލާއިރު ވަކިވަކީން ކޮންމެ ރަށަކަށް ގޮސް ތަމުރީނުތައް ނުހިންގޭނެ ކަމަށް އެލްޖީއޭއިން ބުންޏެވެ.

"މިއިން ކޮންމެ ތަނަކަށް ވަކިން އަޅުގަނޑުމެންނަށް ގޮސްގެން މިކަންކަން ކުރުމަކީ އެއީ ވާވަރުކަމެއް ނޫން، އެވަރުގެ ބަޖެޓެއް ނުއެއް ލިބޭ، އެހެންވީމާ އަޅުގަނޑުމެން ބޭނުންވާ މިންވަރަށެއް ތަމްރީނެއް ވެސް ނުދެވޭ، އަޅުގަނޑުމެން ބޭނުންވާ މިންވަރަކަށް މޮނިޓާއެއް ވެސް ނުކުރެވޭ، އަޅުގަނޑުމެން ބޭނުންވާ މިންވަރަކަށް ހޭލުންތެރި ކުރުމުގެ ޕްރޮގުރާމުތަކެއް ވެސް ނުހިންގޭ، މި ހުރިހާ ކަމެއް ވެސް ގުޅިފައި މިއޮންނަނީ ފައިސާއާ، އެހެންވީމަ އެކަމެއް ނުކުރެވޭ ބޭނުންވާ މިންވަރަކަށް،" އެލްޖީއޭއިން ބުންޏެވެ.

ނަމަވެސް އެކި ގޮތްގޮތުން، ބައެއް ފަހަރު އަތޮޅު ކައުންސިލުތަކާއި ގުޅިގެން ނުވަތަ އެލްޖީއޭއާއި ވަކިވަކި ރަށު ކައުންސިލުތަކާ ގުޅިގެން ކައުންސިލުތަކަށް ބޭނުންވާ ހާއްސަ ލަފަޔާއި މަޝްވަރާ ދިނުމަށް އެކި ސެޝަންތައް ހިންގާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން ކޮންމެ ދުވަހަކު ވެސް ރަށު ކައުންސިލުތަށް ހާއްސަކޮށް އޮންލައިންކޮށް ތަމުރީނު ދެވޭނެ ގޮތަށް ސެޓަޕު ވެސް ތައްޔާރު ކޮށްފައި ހުންނަ ކަމަށް އެލްޖީއޭއިން ބުންޏެވެ. ނަމަވެސް އޮންލައިކޮށް ދޭ ތަމުރީނަކުން އެންމެ ފުރިހަމަ ނަތީޖާ ނުނެރެވޭ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

"އޮންލައިންކޮށް ހިނގާ ޓްރެއިނިން ޕްރޮގުރާމުތަކާއި އެވެއާނެސް ކަންކަމަކީ، އަޅުގަނޑުގެ ތަޖުރިބާއަކީ އެހާ ބޮޑަށް އެ ޝައުގުވެރިކަން މަތީގައި ބައިވެރިވުން، ޝާމިލުވުން ލިބޭ ކަންކަމެއް ނޫނޭ، އެހެންވީމާ އޭގެ ނަތީޖާއެއް އެންމެ ރަނގަޅަށް ނުނިކުމޭ އޮންލައިންކޮށް ޕްރޮގުރާމުތައް ހިންގީމަކާ،" އެލްޖީއޭއިން ބުންޏެވެ.

އެހެން ނަމަވެސް އެލްޖީއޭގައި މިހާރު ވެސް ކޮންމެ މީހަކު ވެސް ބޭނުންވާ ވަގުތެއްގައި އަމިއްލައަށް ފުރިހަމަ ކުރެވޭ ތަމުރީނު ކޯސްތައް ހިމެނޭ ޕޯޓަލެއް ގާޢިމު ކޮށްފައިވާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

"ހަމަ ކޮންމެ ބޭފުޅަކަށް ވެސް އަމިއްލައަށް ކޯސްތައް ހެދޭ ގޮތަށް ކޯސްތައް ޑިޒައިން ކުރެވިފައި ހުންނާނީ އެ ބޭފުޅުންގެ އަމިއްލަ ހުސް ވަގުތުގައި އެ ކޯސްތައް ފުރިހަމަ ކުރެވޭ ގޮތަށް، އެހެންވީމާ ވަރަށް ގިނަ ކަންތައް އިންތިޒާމު ކުރެވިފައި އެބަހުރި އެކަމަކު ފިޒިކަލީ މި ބާއްވަންޖެހޭ އެޓެންޑުވާން ޖެހޭ، ދޭންޖެހޭ ޓްރެއިނިންތަކާއި ތަމްރީނުތަކާ އެއްޗެހި، އެ އެކަށީގެންވާ މިންވަރަށް ނުދެވޭތީވެ އޭގެން ފައިދާ ކުރަންވީ މިންވަރަކަށް ފައިސާ ކުރާ ކަމަށް ގަބޫލެއް ނުކުރެވޭ،" އެލްޖީއޭއިން ބުންޏެވެ.

ބަޖެޓު ނެތިގެން ކައުންސިލަރުންނާއި ކައުންސިލުތަކުގެ މުވައްޒަފުން ހޭލުންތެރިކުރުމުގައި ގޮންޖެހުންތައް ދިމާވާކަމަށް އެލްޖީއޭއިން ބުނެފައިވާއިރު، ގާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިނުވުމުގެ ސަބަބުން ކައުންސިލުތަކުގެ އިދާރީ އަދި މާލީ މައްސަލަތައް ނިކުމެ، އެންމެ ރަނގަޅަށް ކައުންސިލުތައް ނުހިންގޭ މައްސަލަތައް އަންނަނީ އިތުރުވަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox