ފިޔޯރީ ކައުންސިލުން މުވައްޒަފުން ނަގަން އިއުލާން ކުރީ އެލްޖީއޭއިން ހުއްދަ ދިނުމުން

ފިޔޯރީ ކައުންސިލުން މުވައްޒަފުން ނަގަން އިއުލާން ކުރީ އެލްޖީއޭއިން ހުއްދަ ދިނުމުން

ގދ. ފިޔޯރީ ކައުންސިލުން 18 މުވައްޒަފުން ނެގުމަށް އިއްޔެ އިއުލާން ކުރީ ލޯކަލް ގަވަމެންޓު އޮތޯރިޓީ (އެލްޖީއޭ) ގެ ހުއްދަ ލިބުމުންކަން އެނގިއްޖެ އެވެ.

ލޯކަލް ކައުންސިލް އިންތިހާބު ބޯމަތިވެފައިވަނިކޮށް ފިޔޯރީ ކައުންސިލުން 18 މުވައްޒަފުން ނެގުމަށް އިއުލާންކުރި ހަބަރު ބައެއް މީޑިއާތަކުގައި ޖެހުމުން އެ ކައުންސިލަށް ފާޑުކިޔުން އަމާޒުވި އެވެ. އެގޮތުން އެއީ ވަޒީފާ މެދުވެރިކޮށް އިންތިހާބަށް ނުފޫޒު ފޯރުވުމަށް ކުރާ ކަމެއް ކަމަށް ބައެއް ފަރާތްތަކުން ބުނެފައިވެ އެވެ.

އަދަދު ނޫހަށް ލިބިފައިވާ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި ޖެނުއަރީ 18، ގައި އެ ވަޒީފާތަކަށް މީހުން ނެގުމަށް އިއުލާން ކުރުމުގެ ހުއްދައަށް އެލްޖީއޭގައި ފިޔޯރީ ކައުންސިލުން އެދިފައިވެ އެވެ.

"ސިވިލް ސާވިސްގެ ގަވާއިދާއި އުސޫލުތަކާ އެއްގޮތަށް" އެކަން ކުރިއަށްގެންދިޔުމުގެ ހުއްދަ އެލްޖީއޭގެ ސީއީއޯ މުހައްމަދު ނިމާލް ސޮއިކޮށް ފޮނުވި ސިޓީއަކުން އެ ކައުންސިލަށް ދިނީ ޖެނުއަރީ 21، ގަ އެވެ.

ފިޔޯރީ ކައުންސިލްގެ ރައީސް ފައިޒަރު ރަޝީދު ވިދާޅުވި ގޮތުގައި އެއީ ވޭޖު އުސޫލުން މިހާރު ވެސް އެ ކައުންސިލުގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފުންނެވެ. އޭގެ ތެރެއިން ބައެއް މީހުންގެ ކޮންޓްރެކްޓު މާޗު މަހަށް އަދި ބައެއް ކޮންޓްރެކްޓުތައް އެޕްރީލް މަހަށް ހަމަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މުނިސިޕަލް މަސައްކަތަށް ނަގަން ޖެހޭ މުއައްޒަފުން ނެގުމަށް ނަގަންޖެހޭ ހުއްދަ ނެގުމަށް ފަހު ކުރެވުން އިއުލާނެއް،" ފައިޒަރު ވިދާޅުވި އެވެ.

އަންނަ ދައުރަށް ހޮވާ ފިޔޯރީ ކައުންސިލުގެ ރައީސްގެ މަގާމަށް އަމިއްލަ ގޮތުން ފައިޒަރު ކުރިމަތިލައްވަ އެވެ. ވެރިކަން ކުރާ ޕީއެންސީގެ ޓިކެޓުގައި އޭނާއާ ވާދަކުރަނީ ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުالله މުއްތަލިބުގެ އާއިލީ މީހެކެވެ.

މުހައްމަދު މުއިއްޒުގެ ސަރުކާރުން ލާމަރުކަޒީ ނިޒާމުގެ ބާރު ކަނޑުވައިލުމަށް ގެނައި ބަދަލުތަކުގެ ސަބަބުން ކައުންސިލްތަކުގެ މަސައްކަތްތަކަށް ބޮޑެތި ހުރަސްތަކަކާ ވަނީ ކުރިމަތިވެފަ އެވެ. އެގޮތުން، ކައުންސިލެއްގެ އުމުރުގައި ބާކީ އަހަރެއް އޮތް ނަމަ ދާއިމީ އަދި ކޮންޓްރެކްޓަށް ވެސް މުވައްޒަފުން ނެގޭނެ މަގު ވަނީ ބަންދުކޮށްފަ އެވެ. އެކަން ކުރެވެނީ އެލްޖީއޭގެ ހާއްސަ ހުއްދައެއްގެ ދަށުންނެވެ.

ކައުންސިލްތަކުން މުވައްޒަފުް ނެގުމަށް އިއުލާން ކުރުމުން ސަރުކާރުގެ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު މިނިސްޓްރީތަކަށާއި ސަރުކާރުގެ ކުންފުނިތަކުން ވަނީ އިންތިހާބާ ދިމާކޮށް އެތައް ސަތޭކަ ވަޒީފާއަށް އިއުލާންކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox