ކޮވިޑާއެކު އައި އިގުތިސޯދީ ދަތި އެއް އަހަރުން ހައްލެއް ނުވާނެ، ސަރުކާރުން ހަރަދު ކުޑަ ކުރަން ޖެހޭ: ސޯލިހު

ކުރީގެ ރައީސް ސޯލިހު. އެމަނިކުފާނަށް ވެސް ވާރުތަވީ ދަތި ހާލެއްގައި އިގުތިސޯދެއް ކަމަށާއި ނަމަވެސް އެކަން މެނޭޖު ކުރެއްވި ކަމަށް ވިދާޅުވި --- ފޮޓޯ: އަދަދު ފައިލް

ކުރީގެ ރައީސް ސޯލިހު. އެމަނިކުފާނަށް ވެސް ވާރުތަވީ ދަތި ހާލެއްގައި އިގުތިސޯދެއް ކަމަށާއި ނަމަވެސް އެކަން މެނޭޖު ކުރެއްވި ކަމަށް ވިދާޅުވި --- ފޮޓޯ: އަދަދު ފައިލް

ކޮވިޑުގެ ސަބަބުން ރާއްޖޭގެ އިގުތިސޯދުން 70 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ގެއްލިގެންދިޔަ ކަމަށާއި އެއީ އެއް އަހަރުން ހައްލު ގެނެވޭނެ ކަމަކަށް ނުވާތީ ސަރުކާރުން ހަރަދު ކުޑަކުރުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ގޮވާލައްވައިފި އެވެ.

އެމްޑީޕީގެ 19 ވަނަ އަހަރީ ދުވަހާ ގުޅިގެން ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ އެޑްވައިޒަރުކަން ވެސް ކުރައްވާ ސޯލިހު ވަނީ އެމަނިކުފާނަށް ވާރުވަތީ ވެސް ދަތި ހާލެއްގައި އޮތް އިގުތިސޯދެއް ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް, އެކަން މެނޭޖު ކުރެއްވި ގޮތް ސޯލިހު ކިޔައިދެއްވި އެވެ.

"މިއަދު ވެސް ސަރުކާރުން ކުރައްވަން ވީ ކަމަކީ ހަރަދުތައް ކުޑަކުރަންވީ. ސިޔާސީ މަގާމުތައް މަދުކުރައްވަން ވީ. މުސާރައަށް މަހެއްގެ މައްޗަށް އިތުރަށް ހޭދަކުރައްވާ 200 މިލިއަން ރުފިޔާ ސޭވް ކުރައްވަންވީ. ރިކަރަންޓު ހަރަދުތައް ކުޑަކުރަންވީ. ކުރިއަށް މިދަނީ އިގުތިސޯދީ ދަތި ދުވަސްތަކެއް ކޮވިޑާއެކީގައި. އެއް ފަހަރަކުން ހައްލު ކުރެވޭނެ ކަންކަމެއް ނޫން އެއީ," ސޯލިހު ވިދާޅުވި އެވެ.

އެމްޑީޕީގެ ސަރުކާރުން 2022 އިން ފެށިގެން 2028 އާ ހަމައަށް އެކަމާ ގުޅޭ ޕްލޭންތައް އެކުލަވާލާފައިވާނެ ކަމަށާއި އެ ސިޔާސަތުތައް ތަންފީޒު ކުރެެއްވުމަށް ސަރުކާރުގެ އަރިހުން ސޯލިހު އެދިވަޑައިގެންނެވި އެވެ. ނަމަވެސް, ސަރުކާރުގެ އަމަލުތައް ހުރީ އެއާ ދެކޮޅަށް ކަމަށް ސޯލިހު ވިދާޅުވި އެވެ.

"މުޅިން އާ ކަންކަން ފެއްޓެވީ. ފުށިދިއްގަރު ހިއްކަން ރިވެޓްމެންޓާއެކު 1.2 ބިލިއަން ދާނެ. ފުރަތަމަ ޕްލޭން އެ އޮތީ ފެއިލްވެފައި. މިހާރު ހަބަރު ލިބެނީ ސަރުކާރުގެ އެކި ކުންފުނިތަކަށް އޭގެ ބައިބައި ހަވާލުކުރަނީ. އެސްޓީއޯ, އެޗްޑިސީ, އެމްޓީސީސީއަށް ބަހެއް. އަނެއްކާ ވެސް އެ ކުންފުނިތަކުގައި ހުރި ފައިސާ ހޭދަކުރަން މި ޖެހެނީ," ސޯލިހު ވިދާޅުވި އެވެ.

"ކުރައްވަންވީ ކަމަކީ އިހަށް އެކަހަލަ ޕްރޮޖެކްޓުތައް ހުއްޓާލަންވީ. ޖާގަ ލިބޭނެ އަދި ވެރިކަމުގައި ފަސް އަހަރު އެބައޮތް. އެކަން ހުއްޓާލާފައި މިވަގުތު އޮތް އިގުތިސޯދީ ހާލަތުން އަރައިގަތުމަށް ކަންކަން ކުރައްވަންވީ."

ސަރުކާރަށް އިގުތިސޯދު މެނޭޖު ނުކުރެވޭ ކަމަށާއި އެކަން ކުރުމަށް ސަރުކާރުގައި ޕްލޭނެއް ވެސް ނެތް ކަމަށް ސޯލިހު ވިދާޅުވި އެވެ. ކޮވިޑާއެކު ކުރިމަތިވި މާލީ ގޮންޖެހުންތަކުން އަރައިގަތުމަށް ދެ ގޮތެއް އޮތް ކަމަށާއި އެއް ގޮތަކީ ދައުލަތުގެ އާމްދަނީއާ އެއްވަރަށް ހަރަދު ކުޑަކުރުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ސަރުކާރުން މުވައްޒަފުން މަދުކުރަން ޖެހޭ. މުސާރަތައް ކުޑަކުރަން ޖެހޭ. އާސަންދަ ހުއްޓުމަކަށް ގެންނަން ޖެހޭ. ތެލަށް ދޭ ސަބްސިޑީ ހުއްޓާލަން ޖެހޭ. އެހެންކަމަށްވާނަމަ ހުރިހާ ޕްރޮޖެކްޓެއް ހުއްޓާލަން ޖެހޭ. އެހެންވެއްޖިއްޔާ މުޅި ގައުމުގެ އިގުތިސޯދު ފުނޑުފުނޑުވެ އަނދަވަޅަކަށް ވެއްޓޭނެ," އޭރު ސަރުކާރަށް އޮތް ޗޮއިސްތައް ކިޔައިދެއްވަމުން ސޯލިހު ވިދާޅުވި އެވެ.

ސަރުކާރުން އެ މާލީ ބުރަ އުފުލަން ނިންމެވި ކަމަށާއި ރައްޔިތުން ހަލާކުވެ ފަނާވުމަށް ދޫނުކުރުމުގެ ގޮތުން އެގޮތަށް އަމަލުކުރެއްވި ކަމަށް ސޯލިހު ވިދާޅުވި އެވެ.

"ލޯނު ނެގިން. ލޯނުތައް ނެގީ އަނބުރާ ދެއްކޭނެ ގޮތްތައް ހޯދުމަށް ފަހު. ބޮޑެތި ވިޔަފާރިވެރިންނާއި ރިސޯޓު އޯނަރުންނަށް ވެސް މުސާރަ ދިނުމަށްޓަކައި ފައިސާ ދޫކޮށްފައި ވާނެ ބީއެމްއެލް މެދުވެރިކޮށް. ލޭންޑް ރެންޓާއި އެއްޗެހި ފަސްކޮށް ކިތަންމެ ކަމެއް ކުރިން. އެއީ ގައުމު ސަލާމަތް ކުރަން," ސޯލިހު ވިދާޅުވި އެވެ.

"މިއަދު މި ހާލުގައި އިިގުތިސޯދު މި ހާލުގައި މި އޮތީ އޭރު ކުރި ކަންކަމުން. އެ ނޫން ގޮތަކަށް ކަންކަން ކުރި ގައުމުތައް ކައިރިން ފެންނަން އެބަހުރި ބަނގުރޫޓު ވެގެންދިޔަތަން. ގާތްގަނޑަކަށް މުޅި އިގުތިސޯދުން 70 ބިލިއަން ގެއްލުނު. އެއީ އެއް ދުވަހުން އަރައިގަނެވޭނެ އަނދަވަޅެއް ނޫން."

މިއަހަރަށް ދައުލަތުގެ ބަޖެޓު ހުށަހެޅިއިރު ކުރަން ރާވާފައިވާ ކަންކަން ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާނެ ކަމަށް ސޯލިހު ވިދާޅުވި އެވެ. ސަބްސިޑީތައް އެންމެ ބޭނުންޖެހޭ މީހުންނަށް ދިނުމާއި އާސަންދަ ރިފޯމް ކުރުން ހިމެނޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެ މަސައްކަތްތައް ކުރިއަށްގެންދިޔުމަށް ސޯލިހު އެދިވަޑައިގެންނެވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox