ޖޯޖިއާ މެޗުގެ ކުރިން މާޓިނޭޒްގެ އިލްތިމާސެއް ރޮނާލްޑޯގެ ސަޕޯޓަރުންނަށް

Jun 26, 2024, 5:55 AM
ޖޯޖިއާ މެޗުގެ ކުރިން މާޓިނޭޒްގެ އިލްތިމާސެއް ރޮނާލްޑޯގެ ސަޕޯޓަރުންނަށް

ގެލްސެންކާޗެން (ޖޫން 26) - ޕޯޗުގަލް އިން، މި ފަހަރުގެ ޔޫރޯ ފޫޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޖޯޖިއާ އާއި ދެކޮޅަށް ނުކުންނައިރު، ކްރިސްޓިއާނޯ ރޮނާލްޑޯގެ ސަޕޯޓަރުން، އޭނާއާ އެކު، ފޮޓޯ ނެގުމަށް ދަނޑުމައްޗަށް ނޭރުމަށް އެ ޓީމުގެ ކޯޗު ރޮބާޓޯ މާޓިނޭޒް އިލްތިމާސްކޮށްފި އެވެ.

ޕޯޗުގަލް އިން ގްރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗުގައި ވެސް ރޮނާލްޑޯގެ ބައެއް ސަޕޯޓަރުން ވަނީ އޭނާއާ އެކު, ފޮޓޯ ނެގުމަށް ދަނޑަށް އަރައިފަ އެވެ. އޭގެ ތެރޭގައި ކުޑަ ކުއްޖަކު ވެސް ހިމެނެ އެވެ.

މީގެ ކުރިން ޔުއެފާ އިން ވަނީ ސަޕޯޓަރުންނާ އެކު, ކުޅުންތެރިން ފޮޓޯ ނަގަން ދަނޑައް އަރާނަމަ, އެކަން ބަލާ ފިޔަވަޅު އަޅާނެ ކަމަށް ބުނެފަ އެވެ. އަދި ޔުއެފާ އިން ވަނީ ދަނޑަށް އެރި ބައެއް ފަރާތްތަކަށް ފިޔަވަޅު އާޅާވެސްފަ އެވެ. އޭގެ ތެރޭގައި ރޮނާލްޑޯ އާއެކު ފޮޓޯ ނަގަން ދަނޑައް އެރި ކުޑަ ކުއްޖާ އަށް ޔުއެފާގެ އެއްވެސް މެޗެއް ބަލަން ނުވަދެވޭނެ ހެން ވަނީ ސަސްޕެންޑް ކޮށްފަ އެވެ.

މާޓިނޭޒް ވަނީ ރޮނާލްޑޯ ޖޯޖިއާ މެޗުންވެސް ފެންނާނެ ކަމަށް ބުނެފަ އެވެ. މާޓިނޭޒް ބުނީ މިދިޔަ ސީޒަނުގެ ސްޓެޓްސް އަށް ބަލާނަމަ އެއް ފެންވަރެއްގައި ކައިރިކައިރީގައި މެޗު ކުޅުމުގެ ފެންވަރު ރޮނާލްޑޯ, 39, ގައި އެބަހުރި ކަމަށް ބުނެފަ އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި މާޓިނޭޒްގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ރޮނާލްޑޯ އާއެކު, ފޮޓޯ ނަގަން ސަޕޯޓަރުން ދަނޑަށް އަރާ މައްސަލަ އެވެ.

މާޓިނޭޒް ބުނީ ރޮނާލްޑޯ އަށް ސަޕޯޓަރުން ދަނޑަށް އަރާފާނެކަން އެނގޭ ކަމަށާއި, އަދި އެކަމުގައި އަމަލުކުރާނެ ގޮތްވެސް އެނގޭނެ ކަމަށެވެ. އެކަމަކު ސަޕޯޓަރުން ދަނޑަށް އެހާ ފަސޭހައިން އަރާނަމަ އެއީ ކުޅުންތެރިންގެ ރައްކާތެރިކަމަށް އޮތް ހުރަހެއް ކަމަށް މާޓިނޭޒް ސިފަކުރި އެވެ.

ޖޯޖިއާ މެޗަށް ޕޯޗުގަލުން ނުކުންނައިރު، އެ ޓީމަށް މިހާރު ވެސް ގްރޫޕްގެ އެއް ވަނަ ވަނީ ކަށަވަރުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox