ފަހު ވަގުތު މާޓިނޭޒް ޖެހި ގޯލުން ޗިލީ އަތުން އާޖެންޓީނާ އަށް މޮޅެއް

Jun 26, 2024, 4:45 AM
ފަހު ވަގުތު މާޓިނޭޒް ޖެހި ގޯލުން ޗިލީ އަތުން އާޖެންޓީނާ އަށް މޮޅެއް

ނިއު ޖާޒީ (ޖޫން 26) - ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ރޭ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ލައުޓާރޯ މާޓިނޭޒް ފަހު ވަގުތު ޖެހި ގޯލުން ޗިލީގެ މައްޗަށް 1-0 ގެ ނަތީޖާ އަކުން އާޖެންޓީނާ ކުރި ހޯދައިފި އެވެ.

މި މުބާރާތުގައި އާޖެންޓީނާ ކުޅުނު ފުރަތަމަ މެޗުން ކެނަޑާގެ މައްޗަށް ކުރިހޯދީ 3-0 ގެ ނަތީޖާ އަކުންނެވެ.

މި މެޗު ފަށައިގެން އާޖެންޓީނާ އިން މެޗުގެ ކޮންޓްރޯލް ނަގައިގެން ކުޅުނުއިރު, މެޗުގެ 26 ވަނަ މިނެޓުގައި އާޖެންޓީނާގެ ރޮޑްރީގޯ ޑި ޕޯލް އޭރިއާގެ ބޭރުން ފޮނުވާލި ބާރު ހަމަލާ ގޯލާ އަމާޒުނުވެ ދިޔައީ ބޭރަށެވެ. އޭގެ މިނެޓެއް ފަހުން ވެސް ޑި ޕޯލް ވަނީ ނުރައްކާތެރި ހަމަލާ އެއް ފޮނުވާލައިފަ އެވެ. އެކަމަކު އެ ހަމަލާގެ ހުރަހަކަށްވީ ޗިލީގެ ކީޕަރު ކްލައުޑިއޯ ބްރާވޯ އެވެ.

އޭގެ ފަހުން މެޗުގެ 35 ވަނަ މިނެޓުގައި އޭރިއާ ބޭރުން އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ ފޮނުވާލި ބާރު ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން އާޖެންޓީނާ އަށް ލީޑު ނަގައިދޭން އެންޒޯ ފެނާންޑޭޒް ފޮނުވާލި ބާރު ހަމަލާވެސް ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.

ދެ ވަނަ ހާފު ފަށައިގެން ވެސް އާޖެންޓީނާ އިން ވަނީ ޗިލީގެ ހާފަށް ބާރުބޮޑު ކޮށްފަ އެވެ. އެ ގޮތުން، މެޗުގެ 49 ވަނަ މިނެޓުގައި މެސީ އޭރިއާ ތެރެއަށް ހުސްކޮށްދިން ބޯޅަ އެއް ނަހުއެލް މޮލީނާ ހުހަށް ހުރެ ފޮނުވާލި ނަމަވެސް މި ހަމަލާ ވެސް ބްރާވޯ ވަނީ ދިފާއު ކޮށްފަ އެވެ.

މެޗުގެ 61 ވަނަ މިނެޓުގައި ނިކޮލަސް ގޮންޒާލޭސް ވަނީ ޗިލީގެ އޭރިއާ ތެރެއަށް ވަދެ ބާރު ހަމަލާ އެއް ފޮނުވާލާފަ އެވެ. އެކަމަކު، އެ ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑި އަށެވެ.

ޗިލީ އިން ގޯލު ޖެހުމާ އެންމެ ކައިރިކުރީ މެޗުގެ 72 ވަނަ މިނެޓުގައި ޗިލީގެ ރޮޑްރީގޯ އެޝަވަރިއާ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާ އާޖެންޓީނާގެ ކީޕަރު އެމެލިއާނޯ މާޓިނޭޒް ވަނީ ހުށިޔާރުކަމާ އެކު ދިފާއު ކޮށްފަ އެވެ. އޭގެ ތިން މިނެޓު ފަހުން، ވެސް އެޝަވަރިއާ ވަނީ ނުރައްކާތެރި ހަމަލާ އެއް އޭރިއާ ތެރެއިން ފޮނުވާލައިފަ އެވެ. މި ފަހަރުވެސް އޭނާގެ ހަމަލާގެ ހުރަހަަކަށްވީ އާޖެންޓީނާގެ ކީޕަރު މާޓިނޭޒް އެވެ.

މެޗުގެ ފަހު 10 މިނެޓުގެ ތެރޭގައި އާޖެންޓީނާ އިން ގިނަ ބަދަލުތަކެއް ގެނަ އެވެ.

މެޗުގެ 88 ވަނަ މިނެޓުގައި އާޖެންޓީނާ މެޗުން މޮޅުކޮށްދިން ލަނޑު ޖަހާދިނީ ބަދަލު ކުޅުންތެރި އެއްގެ ގޮތުގައި ކުޅެން އެރި މާޓިނޭޒް އެވެ.

މިއީ، ޗިލީ ކުޅުންތެރިޔަކު އޭރިއާ ތެރެއިން ސާފު ކޮށްލަން ޖެހި ބޯޅަ ސީދާ މާޓިނޭޒް ފަޔަށް ދެވުމުން ހުހަށް ހުރެ, އޭރިއާ ތެރެއިން ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކުރި ލަނޑެކެވެ. މި ލަނޑާ އެކު, ޗިލީ ކުޅުންތެރިން ވަނީ ވަރަށް ބޮޑަށް އެޕީލް ކޮށްފަ އެވެ. އެއީ ލަނޑުގެ ކުރިން އާޖެންޓީނާ ކުޅުންތެރިޔަކު ޗިލީގެ ކުޅުންތެރިޔަކަށް ފައުލްކުރި ކަމަށް ބުނެ އެވެ. އެކަމަކު ވީޑިއޯ އެސިސްޓެންޓް ރެފުރީ (ވީއޭއާރް) އިން ވަނީ އެ ގޯލަކީ ރަނގަޅަށް ޖެހި ގޯލެއް ކަމަށް ނިންމައިފަ އެވެ.

މެޗުގެ އިތުރު ވަގުތުގައި މާޓިނޭޒް އަށް ވަނީ ލީޑު ފުޅާކުރަން ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފަ އެވެ. އޭރިއާ ތެރެއިން ޑި މާރިއާ މުޅިން ހުސްކޮށްލާފައި މާޓިނޭޒް އަށް ދިން ބޯޅަ އޭނާ ފޮނުވާލި ނަމަވެސް ބްރާވޯ ވަނީ މާޓިނޭޒް ފޮނުވާލި ހަމަލާ ދިފާއު ކޮށްފަ އެވެ.

މިއީ އާޖެންޓީނާ މިދިޔަ އަށް އަހަރުގެ ތެރޭގައި ކޮޕަ އެމެރިކާ މުބާރާތުގައި ޗިލީ އަތުން ހޯދި ފުރަތަމަ މޮޅެވެ. އަދި މި މޮޅާއެކު, އާޖެންޓީނާ އަށް ވަނީ ކޮޕަ އެމެރިކާގެ ކުއާޓާ ފައިނަލުގެ ޖާގަ ކަށަވަރުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox