މަސްވެރިންނަށް ފައިސާ ނުދޭތީ ކުޑަހުވަދޫގައި ވެސް މުޒާހަރާކޮށްފި

މަސްވެރިންނަށް ފައިސާ ނުދޭތީ ކުޑަހުވަދޫގައި މުޒާހަރާކުރުން --

މަސްވެރިންނަށް ފައިސާ ނުދޭތީ ކުޑަހުވަދޫގައި މުޒާހަރާކުރުން --

މަސްވެރިންނަށް ފައިސާ ނުދޭތީ ދ. ކުޑަހުވަދޫގައި މިއަދު ހަވީރު މުޒާހަރާކޮށްފި އެވެ.

ކުޑަހުވަދޫގެ މަސްވެރިން އެ ރަށު ބަނދަރު ސަރަހައްދުގައި ދޯނިތަކާއެކު މުޒާާރާ ކޮށްފައިވާއިރު، ގޮވާލާފައި ވަނީ މަސްވެރިންނަށް ސަރުކާރުން ވީ ވައުދުތައް ފުއްދައި، މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ދިނުމަށެވެ.

މި މުޒާހަރާގައި ރަށުގެ ގިނަ ދޯނިތަކުން ބައިވެރިވެ، މަސްވެރިން ވަނީ ޝުއޫރު ފާޅުކޮށްފައި ހުރި ބޯޑުތަކާއި ބެނާތައް ބޭނުން ކޮށްފަ އެވެ.

Advertisement

މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ދޫނުކުރާތީ އައްޑޫ ސިޓީ މީދޫގައި ހުންނަ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި ވެސް އަންނަނީ މުޒާހަރާ ކުރަމުންނެވެ. އެ މުޒާހަރާއަށް ހަފްތާއެއް ވެފައިވާއިރު، މަސްވެރިންގެ އާއިލާތައް ވެސް މުޒާހަރާއާ ވަނީ ގުޅިފަ އެވެ.

މި ސަރުކާރު ވެރިކަމަށް އައިސްފައި ވަނީ މަސްވެރިން އަތުން މިފްކޯއަށް ގަންނަ މަހަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދޭނެ ކަމަށް ވައުދު ވެގެންނެވެ. ނަމަވެސް އެ ވައުދު ނުފުއްދޭތީ މަސްވެރިން އަންނަނީ އަޑު އުފުލައި، ވައުދު ފުއްދަން ގޮވާލަމުންނެވެ.

މީގެ އިތުރުން މަސްވެރިންނަށް ފައިސާ ނުދީގެން އަދި ލޭނު އެޅުމާ ދެކޮޅަށް މާލޭގައި ޖޫން 12، ގައި ވެސް ވަނީ މުޒާހަރާއެއް ކޮށްފަ އެވެ. އެ މުޒާހަރާގައި 25 އެއްހާ ދޯނި މާލޭގައި މުޒާހަރާކުރިއިރު، މުޒާހަރާ ހުއްޓާލީ ބައެއް ޑިމާންޑުތައް ސަރުކާރުން ގަބޫލުކުރުމުންނެވެ.

މިފްކޯއިން ބުނީ މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި ވީ އެންމެ އަވަހަކަށް ފައިސާ ދޫކުރާނެ ކަމަށެވެ. ނަމަވެސް ދުވަހެއް މިފްކޯއަކުން ނުބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓެކްސް ނުދައްކާ ލިސްޓުގައި ބައްސާމްގެ ނަން

ޖުމްލަ 33 ފަރާތެއް ހިމެނޭ މި ލިސްޓުގައި ބައެއް ކުންފުނިތަކާއި މަޝްހޫރު ފަރާތްތައް ހިމެނޭއިރު، މީގެ ތެރެއިން ކޮންމެ ފަރާތަކުންވެސް ދައުލަތަށް އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހެއެވެ.

ބްރިޖަށް އުރުނު ދެ ބޯޓު އޮޔާދިޔަ މައްސަލަ ތަހުގީގުކުރަނީ

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ދެ ބޯޓެއް އޮޔާގޮސް ސިނަމާލެ ބްރިޖުގެ ތަނބެއްގައި ޖެހުނު ހާދިސާގައި، އެ މުއައްސަސާއިން ގާނޫނާއި ގަވާއިދާ ހިލާފު ކަމެއް ކޮށްފައިވޭތޯ ބެލުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން (އެންއައިސީ) ތަހުގީގެއް ފަށައިފިއެވެ.

ވަގުތުން ފައިސާ ލިބޭގޮތަށް ހަރުމުދާ ވިއްކުން މުހިންމު: ނަޝީދު

ރަސްމާލޭގައި މެރީނާއެއް ތަރައްގީކުރަން ބޭރު ކުންފުންޏަކާ ހަވާލުކުރުމަކީ މާލީ ދަތިކަމުން އަރައިގަތުމާ ގުޅުންހުރި ކަމެއް ނޫން ކަމަށާއި، އެ މަޝްރޫއުން މަންފާއެއް ލިބެން ގިނަ ދުވަސް ނަގާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފުލުހުންނާ މާރާމާރީ ހިންގި ހަ މީހަކަށް ދައުވާކޮށްދޭން އެދިއްޖެ

ކ. މާފުށީގައި މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު ބަލައިފާސްކުރަނިކޮށް ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި ހަ މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފިއެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ ތެރެއިން ފަސް މީހަކު މިހާރުވެސް ބަންދުގައި ތިބިއިރު، ކޯޓުން ދޫކޮށްލި މީހެއްގެ މައްސަލަ ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައެވެ.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ޓެކްސް ލުޔެއް ނުދެން: މުއްތަލިބު

ރަސްމާލޭ އިންޓަގްރޭޓަޑް ޒޯން ތަރައްގީކުރާ ޔޫއޭއީގެ ކުންފުންޏަށް އެއްވެސް ޓެކްސް ލުޔެއް ނުދޭނެ ކަމަށާއި، އެތަނުގައި ހިންގާ ހުރިހާ ވިޔަފާރިތަކަކުން އާންމު އުސޫލުން ޓެކްސް ނަގާނެ ކަމަށް މުއްތަލިބު ވިދާޅުވި. މި މަޝްރޫއުގެ މުއާމަލާތްތަކުން ލިބޭ އާމްދަނީގެ ވަކި ޕަސެންޓެއް ސަރުކާރަށް ލިބޭއިރު، 11 ބިލިއަން ޑޮލަރު ބަޖެޓަށް ވަންނާނެ ކަމަށް ވެސް ވިދާޅުވި.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ދޭ ބިމުގެ ސައިޒާއި އަގެއް ނުބުނި

ޑުބާއީގެ އީގަލް ހިލްސް ކުންފުންޏަށް ފުށިދިއްގަރު ފަޅުން ދޫކުރާ ބިމުގެ ބޮޑުމިނާއި އަގު ސަރުކާރުން ހާމަކޮށްފައެއް ނުވޭ. މި މަޝްރޫއުގެ ދަށުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، ރިސޯޓުތަކާއި، ސިއްހީ މަރުކަޒުތައް ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ.

ރަސްމާލެއަށް އިންވެސްޓުކުރާ ކުންފުނިން ހައުސިން އަޅައިދެނީ

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން އެ ކުންފުނިން ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓް އަޅާނެއެވެ. މީގެ އިތުރުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، މެރީނާއެއްގެ އިތުރުން އެކި ވަސީލަތްތައް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.

Newsletter

Get the latest news delivered straight to your inbox