މޯލްޑިވްސް ފުޑް ކާނިވަލްގެ ދެވަނަ އެޑިޝަން އަންނަ ޖުލައި މަހު ބާއްވަން ނިންމައިފި އެވެ.
ތިންކް އަދި ޓޭސްޓް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބާއްވާ އެ ކާނިވަލް ބާއްވާނީ ޖުލައި 3، އިން ފެށިގެން ޖުލައި 7، ގެ ނިޔަލަށް ހުޅުމާލެ ސެންޓްރަލް ޕާކުގަ އެވެ.
ތަފާތު ކާބޯތަކެތީގެ ސްޓޯލްތައް ފެނިގެންދާ އެ ކާނިވަލްގެ ތެރެއިން ލަކީޑްރޯގެ އިތުރުން ހަދިޔާތައް ވެސް ދޭން ވަނީ ހަމަޖެހިފަ އެވެ.
އެ ކާނިވަލުގެ ސަބަބުން ދިވެހި ހޯމް-ބޭސްޑް އަދި ކުދި ވިޔަފާރިތަކުގެ އިތުރުން މަޝްހޫރު ކާބޯތަކެތީގެ ވިޔަފާރިތަށް އެއްތަނަކަށް އައުމަށް ފުރުސަތު ލިބިގެންދާނެ އެވެ.

މިދިޔަ އަހަރު ބޭއްވި މޯލްޑިވްސް ފުޑް ކާނިވަލްގެ ތެރެއިން --
ކާނިވަލްގެ މެއިން ސްޕޮންސަރަކީ ބީއެޗްއެމް ޓްރޭޑާސް އެވެ. ޕްރިމިއަމް ސްޕޮންސަރަކަށް އިވެންޓް މޯލްޑިވްސް ހަމަޖެހިފައިވާއިރު، އެކްލޫސިވް ޑިޖިޓަލް ޕާޓްނަރަކީ ދިރާގެވެ.
މީގެއިތުރުން ކާނިވަލްގެ އިވެންޓް ޕާޓްނަރުންގެ ގޮތުގައި އޯކޭޒް، ޕިއްޒާ ބޯނާ އަދި ސްޓޯމް އިވެންޓްސް ހިމެނޭއިރު، މީޑިއާ ޕާޓްނަރަކީ އަދަދު އެވެ. އަދި ޕްރިންޓިން ޕާޓްނަރަކީ ޕިންޓް ވޯކްސް އެވެ.
މިދިޔަ އަހަރު ވެސް މޯލްޑިވްސް ފުޑް ކާނިވަލް ވަނީ ހުޅުމާލެ ސެންޓްރަލް ޕާކުގައި ބާއްވާފަ އެވެ. އެފަހަރު ވެސް މި ހަރަކާތަށް ބޮޑު ތަރުހީބެއް ލިބުނެވެ.











