މަސްވެރިން އައްޑޫ ފެކްޓްރީގެ ކަރަންޓު ކަނޑާލާ ކެންޓީނުން ކައިފި

އައްޑޫގައި މަސްވެރިން ކުރަމުންދާ މުޒާހަރާގެ ތެރެއިން -- ފޮޓޯ: މަސްވެރިން

އައްޑޫގައި މަސްވެރިން ކުރަމުންދާ މުޒާހަރާގެ ތެރެއިން -- ފޮޓޯ: މަސްވެރިން

އައްޑޫ ސިޓީ ހުޅުމީދޫ މިފްކޯ މަސް ފެކްޓްރީގައި މަސްވެރިން ކުރަމުންދާ އިހުތިޖާޖުގެ ތެރެއިން އެ ފެކްޓްރީގެ ކަރަންޓު ކަނޑާލާފައިވާކަމަށާއި، ކެންޓީނު ތަޅުލާފައި ހުއްޓައި ކުޑަދޮރުން ވަދެފައިވާ ކަމަށް މިފްކޯއިން މިއަދު ބުނެފި އެވެ.

ދައުލަތުގެ މަސް ކުންފުނި، މިފްކޯއިން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މުޒާހަރާގެ ސަބަބުން އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ އޮޕަރޭޝަން ވަގުތީ ގޮތުން މެދުކެނޑިފައިވާ ކަމަށެވެ. އަދި މިއަދު ހަވީރު 4:00 ގެ ފަހުން ފެކްޓްރީން މުވައްޒަފުން ނެރެ، އޮޑިވެރިންނާއި މަސްވެރިންގެ ބެލުމުގެ ދަށަށް އެ ފެކްޓްރީ ގެންދާނެކަމަށް މަސްވެރިން އިންޒާރުދީފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އިއްޔެ މުޒާހަރާ ކުރި ވަގުތު ފެކްޓީގެ ސްޓާފް ކެންޓީން ތަޅުލާގައި ހުއްޓައި ކުޑަދޮރުން ވަދެ، އެ ތަނުގައި ހުރި ކާއެއްޗެހި ބޭނުންކޮށްފައިވާކަމަށް ވެސް މިފްކޯއިން ބުންޏެވެ. އަދި ފެކްޓްރީގެ މުވައްޒަފުން ތިބޭ އެކޮމޮޑޭޝަން ބްލޮކުން ކަރަންޓު ކަނޑައިލުމުގެ ސަބަބުން ރޭ މުވައްޒަފުން ނިދީ ބޭރުގައި ސަތަރި އަޅައިގެން ކަމަށް މިފްކޯއިން މައުލޫމާތުދެ އެވެ.

"ރެއިން ފެށިގެން އޭއެފްސީ މުވައްޒަފުން ނިދަނީ ބޭރުގަ ސަތަރި އަޅައިގެން. މުވައްޒަފުންގެ ޒަރޫރީ ބޭނުންތައް ވަނީ ނުފުދިފަ. ކެއިން ބުއިމާ ފާހަނަކުރުން ފަދަ ކަންކަން،" މިފްކޯގެ މެސެޖުގައިވެ އެވެ.

މީގެ އިތުރުން ރޭގައި ފުލުހުންގެ އެދުމުގެ މަތިން ފެކްޓްރީއަށް ކަރަންޓު ދިނުމުން މުޒާހަރާގެ މަސްލަހަތު ގެއްލި، ތަނާއި މުދަލަށް އަދި މުވައްޒަފުންނަށް އެކަމުގެ ސަބަބުން ގެއްލުން ލިބިދާނެ ފަދަ ހާލަތަކަށް ހިނގައިދާނެކަމަށް ކުންފުންޏަށް ގަބޫލުކުރެވުމުން ފެކްޓްރީން ކަރަންޓު ކަނޑާލީ ކަމަށް މިފްކޯއިން ބުންޏެވެ.

"މަސްވެރިންގެ ޑިމާންޑްއަކީ އެކޮމޮޑޭޝަން، އެޑްމިން ބިލްޑިންގް، ކެފެޓީރިއާއިން ކަރަންޑު ކަނޑާލާފަ ބެހެއްޓުން،" މިފްކޯއިން ބުނެ އެވެ.

އީދު ބަންދަށް މިފްކޯއިން 46 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާ ކަމަށް އެ ކުންފުނިން މައުލޫމާތުދެ އެވެ. އަދި ބާކީ ފައިސާ ދޫކުރުމާއި މެދު ހެދޭނެ ގޮތެއް ބަލައި، ސަރުކާރާއެކު މަޝްވަރާކޮށްގެން އަވަސް ގޮތެއް ހޯދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

މިފްކޯއިން ވަނީ މަސްވެރިންގެ މުޒާހަރާ ސުލްހަވެރިކަމާއެކު ކުރިއަށް ގެންދިއުމަށް އެދިފަ އެވެ.

އެގޮތުން އެ ކުންފުނީގެ މުދަލާއި މުވައްޒަފުންގެ ޒަރޫރީ ބޭނުންތައް ނުފުދި، ގެއްލުން ލިބޭ ގޮތަށް ކަންތައް ނުކުރުމަށް ވެސް އެ ކުންފުނިން އިލްތިމާސްކުރެ އެވެ. އަދި މުވައްޒަފުންގެ ހައްގުގައި މިފްކޯއިން ކަމާބެހޭ ފަރާތްތަކާއި ގުޅިގެން ކުރަންޖެހުނު ކޮންމެ މަސައްކަތެއް ކުރާނެ ކަމަށް މިފްކޯއިން ބުންޏެވެ.

އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި ފުލުހުން ހަރަކާތްތެރިވި ނަމަވެސް، މުޒާހަރާއަށް އެއްވެސް ހުރަހެއް އެޅުމަށް އެ އިދާރާއިން ނިންމާފައެއް ނުވެ އެވެ.

ފުލުހުން ވަނީ އެ ސަރަހައްދުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެ އިދާރާއިން އަޅާ ފިޔަވަޅުތަކަށް މަސްވެރިންގެ ފަރާތުން އެއްބާރުލުންދިނުމަށް އެދިފަ އެވެ. އަދި އެގޮތަށް ކުރިއަށްގެންދާ އިހުތިޖާޖުތަކުގައި ގާނޫނާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތައި އާންމު މަސްލަހަތު އިސްކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox