ސްވިމިން އިން އޮލިމްޕިކްސްގެ ފުރުސަތު ލިބުނީ އާން އާއި އުލްޔާ އަށް

Jun 22, 2024, 7:25 AM
ސްވިމިން އިން އޮލިމްޕިކްސްގެ ފުރުސަތު ލިބުނީ އާން އާއި އުލްޔާ އަށް

އަންނަ މަހު ފްރާންސްގެ ޕެރިހުގައި ފަށާ އޮލިމްޕިކްސްގެ ސްވިމިން އިވެންޓްގައި ރާއްޖޭން ވާދަކުރާނީ މުހައްމަދު އާން ހުސައިން އަދި ޢާއިޝަތު އުލްޔާ ޝާއިގް ކަމަށް ސްވިމިން އެސޯސިއޭޝަން އިން ހާމަކޮށްފި އެވެ.

އޮލިމްޕިކްސްގައި ސްވިމިން އިން ރާއްޖެ އަށް ލިބިފައިވާ މި ދެ ފުރުސަތަކީ ޔުނިވާސިލިޓީ ޕްލޭސަސްގެ ދެ ފުރުސަތެެވެ. މާނަ އަކީ ކޮލިފައިނުވާ ގައުމުތަކަށް ދޭ ފުރުސަތުތަކުގެ ތެރެއިން ފުރުސަތެވެ.

އެ ގޮތުން، އޮލިމްޕިކްސް އަށް ދާނެ ދިވެހި ދެ ފެތުންތެރިން ކަނޑައަޅަން އަމަލުކުރަން ޖެހޭ ގޮތަކީ، ފެތުމުގެ ބައިނަލްއަގުވާމީ ޖަމިއްޔާ، ވޯލްޑް އެކުއަޓިކްސް އިން ކަނޑައަޅާފައިވާ އުސޫލުތަކަށް ބަލައިގެންނެވެ. އެއީ، ފެތުމުގެ ވަކި މުބާރާތްތަކެއްގައި ވާދަކުރި ދިވެހި ފެތުންތެރިންގެ ތެރެއިން އެންމެ މަތިން ވޯލްޑް އެކުއަޓިކްސް ސްވިމިން ޕޮއިންޓް ލިބޭ އެތުލީޓުންނަށް ފުރުސަތު ލިބޭ ގޮތަށެވެ.

Advertisement

ސްވިމިން އެސޯސިއޭޝަނުން ބުނީ، އޮލިމްޕިކްސް ވާދަކުރާނެ ފެތުންތެރިން ކަނޑައަޅުމުގައި ޢަމަލުކުރާނެ އުޞޫލުތަކާއި މިންގަނޑުތައް ކަނޑައަޅަނީ ވޯލްޑް އެކުއަޓިކްސް އިން ކަމަށެވެ.

މިއީ ހުނަރުވެރި ފެތުންތެރިޔާ، އާން އަށް ލިބުނު ބޮޑު ފުރުސަތެކެވެ. އަނިޔާއިން ރިކަވާވެ، މުބާރާތްތަކުގަައި ވާދަކުރަން ފެށި ފަހުން އޭނާ އަންނަނީ ގިނަ ގައުމީ ރެކޯޑްތަކެއް ވެސް ހަދަމުންނެވެ. އޮސްޓްރޭލިއާގައި ޓްރެއިނިން ވެސް ކުރިއަށް ގެންދަމުން އަންނަ އުލްޔާ އަކީ ވެސް މި ފަހުން އެންމެ ބޮޑު ކުރިއެރުމެއް ހޯދި އެތުލީޓެވެ.

މި ފަަހަރުގެ އޮލިމްޕިކްސް އަކީ ކުޅިވަރުގެ އަދަދުގެ ނިސްބަތުން ބަލާއިރު ރާއްޖޭން އެންމެ ބޮޑު ކޮންޓިންޖެންޓް އޮލިމްޕިކްސް އަށް ދާނެ ފަހަރެވެ. މި ފަހަރުގެ އޮލިމްޕިކްސްގައި ރާއްޖޭން ހަތަރު ކުޅިވަރަކުން ވާދަކުރާނެ އެވެ. އެއީ، އެތުލެޓިކްސްގެ އިތުރުން ބެޑްމިންޓަން، ޓޭބަލް ޓެނިސް އަދި ފެތުމެވެ.

ޓޭބަލް ޓެނިސް ތަރި ފާތިމަތު ދީމާ އަލީ އަކީ، ރާއްޖޭން އޮލިމްޕިކްސް އަށް ކޮލިފައިވި ފުރަތަމަ އެތުލީޓެވެ. އިބާދުﷲ އާދަމް އާއި ބެޑްމިންޓަން ތަރި، ފާތިމަތު ނަބާހާ އަދި ސްވިމިންގެ ދެ އެތުލީޓުން ކަމަށްވާ އާން އާއި އުލްޔާ، އޮލިމްޕިކްސްގައި ވާދަކުރަނީ، ޓްރައިޕާޓައިޓް އިންވިޓޭޝަނަލް ފުރުސަތެއްގަ އެވެ.

އޮލިމްޕިކްސް އަށް ރާއްޖޭން ޗެފް ޑި މިޝަނަރަކަށް ހަމަޖެއްސީ ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ރައީސް އަލީ ރަޝީދު (އައްޔަ) އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox