ސްޕިރިޗުއަލް ބައި އޭގައި ނުހިމެނެންޏާ ޔޯގާއަކީ ކަސްރަތު: ޝެއިހް ޒައިދު

ޝެއިހް އަލީ ޒައިދު ދީނީ ނަސޭހަތް ދެއްވަނީ -- ފޮޓޯ: ފޭސްބުކް

ޝެއިހް އަލީ ޒައިދު ދީނީ ނަސޭހަތް ދެއްވަނީ -- ފޮޓޯ: ފޭސްބުކް

ޔޯގާ، ޔޯގާއަކަށް ވަނީ ހިންދޫއިން ގަބޫލު ކުރާ އިރުގެ ކަލާންގެއަށް އަޅުކަން ކުރާބައި އޭގައި ހިމެނެނުނީމާ ކަމަށާއި އެބައި ނުހިމެނޭ ނަމަ ޔޯގާއަކީ ކަސްރަތު ކަމަށް ޝެއިހް އަލީ ޒައިދު ވިދާޅުވެއްޖެ އެވެ.

އިންޑިއާ އެމްބަސީގައި އިއްޔެ ފާހަގަ ކުރި އިންޓަނޭޝަނަލް ޔޯގާ ޑޭއަށްފަހު، ކުރިން ޔޯގާ ހެދުން ކުށްވެރި ކުރި ބައެއް އިލްމުވެރިން މިހާރު އެކަން ކުށްވެރިނުކުރާތީ ފާޑުކިޔުން އަމާޒުވެފައި އޮއްވައި، ޒައިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އޭނާގެ ނަސޭހަތަކީ ޔޯގާގެ ބަދަލުގައި ކަސްރަތު ކުރުން ކަމަށެވެ.

"ޔޯގާ ޔޯގާއަކަށް ވަނީ [ހިންދޫއިން ގަބޫލު ކުރާ] އިރުގެ ކަލާނގެ ތަޤްދީސް ކުރާ، ސްޕިރިޗުއަލް ބައިވެސް އޭގައި ހިމެނުނީމަ، [ނަޢޫޒު ބިއްލާހި] އެބައި ނުހިމަނަންޏާ އެއީ ކަސްރަތު،" ޒައިދުގެ ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.

ޒައިދު ވިދާޅުވެފައި ވަނީ އިންޑިއަން ހައިކޮމިޝަނުން ޔޯގާޑޭގެ ނަމުގައި ހިންގާ ހަރަކާތަކީ ދަންތުރައެއް ކަމަށެވެ.

އިންޑިއާ އެމްބަސީގައި އިއްޔެ ޔޯގާ ހަދަނީ:
އިންޑިއާ އެމްބަސީގައި އިއްޔެ ޔޯގާ ހަދަނީ:

އިންޑިއާ އެމްބަސީގައި އިއްޔެ ޔޯގާ ހަދަނީ:

ޔޯގާ ދުވަސް ފާހަގަކުރުމަށް 2021 ވަނަ އަހަރު ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތަށް އޭރު ބަޔަކު ހުރަސް އަޅައި ހުއްޓުވި އެވެ. އޭގެތެރޭގައި މިހާރުގެ ސަރުކާރުގެ އިސް ބައެއް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި ޕީއެންސީގެ މަޖިލިސް މެންބަރުން ވެސް ހިމެނިވަޑައިގެންނެވި އެވެ.

ޔޯގާއާ ގުޅިގެން ޒައިދު ރޭ ކުރެއްވި ޕޯސްޓަށް ބައެއް މީހުން ފާޑު ވެސް ކިޔެވެ. އެގޮތުން ބައެއް މީހުން ތުހުމަތު ކުރާ ގޮތުގައި ޔޯގާ ދުވަސް ރާއްޖޭގައި ފާހަގަ ކުރުމާ ގުޅިގެން ޒައިދު މިފަހަރު ކުރެއްވި ޕޯސްޓުގައި ސްޕިރިޗުއަލް ބައި ނުހިމެނެންޏާ ޔޯގާއަކީ ކަސްރަތު ކަމަށް ބުނެފައި ވަނީ ސިޔާސީ ގޮތުން ޒައިދު ގަބޫލުކުރާ ސަރުކާރެއް ވެރިކަމުގައި އޮތުމުންނެވެ.

ޒައިދުގެ ޕޯސްޓަށް އާންމުންގެ ފާޑުކިޔުން އަމާޒުވުމުން އޭނާ ވަނީ އެކަމާ ގުޅޭގޮތުން އިތުރު ދެ ޕޯސްޓެއް ކުރައްވައިފަ އެވެ. ފަހުން ކުރެއްވި ޕޯސްޓުގައި ޒައިދު ވިދާޅުވެފައި ވަނީ "ހިންދޫ ދީނުގައި އެ ފަތުރާ ގޮތަށް ޔޯގާގެ ބާތިލްކަމާއި، އޭގެ ނުބައި ކަމާއި، ހަރާމަކްނަ، އަދި އެފަދަ ކަމެއް އިސްލާމީ ގައުމުތަކުގައި ބޭއްވިގެން ނުވާނޭ ކަމާމެދު" ހިތުގައި އެއްވެސް ޝައްކެއް ނެތް ކަމަށެވެ.

އޭގެފަހުން ދެން ކުރެއްވި ޕޯސްޓުގައި ޒައިދު ވަނީ ޔޯގާގެ ހުކުމަށް އެއްވެސް ބަދަލެއް ނާންނަ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން ހިންދޫ ޔޯގާއަކީ އޭރުވެސް މިހާރުވެސް އިސްލާމީ އެއްކައުވަންތަ ކުރުމުގެ އަސާސްއާ ހިލާފު އަމަލެއް ކަމަށާއި އެކަމާ މުސްލިމުން ދުރުހެލި ވާންޖެހޭ ކަމަށް ޒައިދުގެ ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ. ޒައިދު ވަނީ މި ޕޯސްޓު އަލުން ރީޕޯސްޓު ވެސް ކުރައްވައިފަ އެވެ.

ރާއްޖޭގައި އިއްޔެ ޔޯގާ ދުވަސް ފާހަގަކުރި ނަމަވެސް އާންމުކޮށް ޔޯގާ ދުވަސް ފާހަގަ ކުރަނީ ޖޫން މަހުގެ 21 ވަނަ ދުވަހު އެވެ. އެއީ އުތުރު އިރުދު [އިރުދެބައިހަމައާ އެންމެ އުތުރަށް ދާ ދުވަސް ނުވަތަ ސޮލްސްޓައިސް] ދިމާވާ ދުވަހެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސުޕްރީމްކޯޓު ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މި މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ އާދީއްތަ ދުވަހުގެ ހެނދުނު 10:00 ކަމަށްވާއިރު، ޖޭއެސްސީގެ ޕޯޓަލް މެދުވެރިކޮށް ނުވަތަ އެ ކޮމިޝަނަށް ފޯމު ހުށަހެޅޭނެއެވެ.

ޑޮލަރުގެ އަގުބޮޑުވުމުގެ ޒިންމާ އުފުލަންޖެހޭނީ އެމްއެމްއޭއިން

މިނިސްޓަރު މިހެން ވިދާޅުވީ އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ޖަވާބުދެއްވަމުން، ފޮރިން އެކްސްޗޭންޖް ސިޔާސަތުތައް ކަނޑައަޅައި ތަންފީޒުކުރުމަކީ ގާނޫނީގޮތުން އެމްއެމްއޭގެ މަސްއޫލިއްޔަތެއްކަން ފާހަގަކުރައްވަމުންނެވެ.

ހޯމް ސްކޫލިން ހުއްދަކުރާ ބިލަށް ރައްޔިތުންގެ ހިޔާލު ހޯދަނީ

މި އިޞްލާޙުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި ޚާއްޞަ ޙާލަތްތަކުގައިވާ ކުދިންނަށް އިސްތިސްނާ ދިނުމާއި، މިކަމާ ގުޅޭ އުޞޫލުތައް ކަނޑައެޅުމަށް ބަޔާންކޮށްފައިވެއެވެ. މި ބިލަށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ނޮވެމްބަރު 12 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

ދެ ފިރިހެނުންގެ ކައިވެނީގެ މައްސަލަ ތަހުގީގުކުރަން ގޮވާލައިފި

ފިރާގު ވިދާޅުވީ ބޭރުގެ އިންވެސްޓަރުން ހިންގާ ރިސޯޓުތަކުން ވެސް ރާއްޖޭގެ ގާނޫނުތަކާއި ސަގާފީ ހަމަތަކަށް ބޯލަނބަންޖެހޭނެ ކަމަށެވެ. އާންމުންގެ ބޮޑު ފާޑުކިޔުމެއް މިކަމަށް އަމާޒުވެފައިވާއިރު، މިއީ ރަމްޒީ ކައިވެންޏެއް ކަމަށް ބެލެވެއެވެ.

ގޭސްފުޅިއަށް، ގޭސް އަޅައިދޭ މިންވަރު މަދުކޮށްފި

އަންނަ ހޮނިހިރު ދުވަހުން ފެށިގެން ގެންނަ މި ވަގުތީ ބަދަލުގައި، ގޭހުގެ އަގު ނަގާނީ ފުޅިއަށް އަޅާ ކިލޯގެ ނިސްބަތުން ކަމަށާއި، މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެއެވެ.

ރަސްމާލެއަށް އިންކުއަރީ ހިންގަން ގޮވާލައި މަޖިލީހަށް ޕެޓިޝަނެއް

އިދިކޮޅު ޕީއެންއެފްގެ އެކްޓިވިސްޓު، ހަލީމަތު ޒުހައިރާ ހުށަހެޅި އެ ޕެޓިޝަނުގައި ގޮވާލާފައި ވަނީ ރަސްމާލެ ވިއްކާލުމަށް އެއްވެސް ގާނޫނެއް ހެދުމުގެ ކުރިން އިންކުއަރީއެއް ހިންގުމަށެވެ.

ރަސްމާލެ ވިއްކުމާ ދެކޮޅު އެއްވުން ނޮވެންބަރު 13 އަށް ފަސްކޮށްފި

ރަސްމާލެ ވިއްކުމާ ދެކޮޅަށް "ގައުމީ ހަރަކާތުން" ބާއްވަން ނިންމި އެއްވުން، އެމްޑީޕީއާ ގުޅިގެން އިތުރަށް ތައްޔާރުވުމަށްޓަކައި ނޮވެންބަރު 13 އަށް ފަސްކޮށްފިއެވެ. މި ހަރަކާތުގެ އިސްވެރިޔާ އިމްރާން އަބްދުﷲ ވިދާޅުވީ، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް ގިނަ ބަޔަކު ގުޅެމުންދާތީ ސަރުކާރު އޮތީ ބޮޑު ޕްރެޝަރެއްގެ ތެރޭގައެވެ.

Newsletter

Get the latest news delivered straight to your inbox