ކެނަޑާ ބަލިކޮށް އާޖެންޓީނާ އަށް ވަރުގަދަ ފެށުމެއް

Jun 21, 2024, 4:29 AM
ކެނަޑާ ބަލިކޮށް އާޖެންޓީނާ އަށް ވަރުގަދަ ފެށުމެއް

އެޓަލަންޓާ (ޖޫން 21) - ކެނަޑާ 2-0 ގެ ނަތީޖާ އަކުން ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ އިން ކޮޕަ އެމެރިކާގެ މި ފަަހަރުގެ މުބާރާތް މޮޅަކުން ފަށައިފި އެވެ.

މި މެޗު ފަށައިގެން ފުރަތަމަ 10 މިނެޓުގެ ތެރޭގައި އާޖެންޓީނާ އިން ކެނަޑާގެ ހާފަށް ބާރުބޮޑުކޮށް ގިނަ ހަމަލާތަކެއް އުފެއްދޭތޯ މަސައްކަތްކުރި ނަމަވެސް, ކެނަޑާގެ ޑިފެންޑަރުން ވަނީ އެކަމަށް ސަމާލުވެ, އާޖެންޓީނާގެ އެޓޭކުތައް ހުއްޓުވައިފަ އެވެ. އަދި އޭގެ ފަހުން ކެނަޑާ ކުޅުންތެރިން މަޑުމަޑުން މެޗުގެ ތެރެއަށް ވަދެ, އާޖެންޓީނާގެ ގޯލަށް ނުރައްކާތެރި ކުރެވޭތޯ މަސައްކަތްކުރި އެވެ.

މެޗުގެ 39 ވަނަ މިނެޓުގައި އާޖެންޓީނާގެ އަލެކްސިސް މެކް އަލިސްޓާ އަށް ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފަ އެވެ. އެންހެލް ޑި މާރިއާ ނަގާދިން ހުރަސް މުޅިން ހުސްކޮށް ހުރެ މެކް އަލިސްޓާ ބޮލުން ފޮނުވާލި ނަމަވެސް ކެނަޑާގެ ކީޕަރު މެކްސިމް ކްރެޕައު ވަނީ ދިފާއުކޮށްފަ އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ކެނަޑާގެ ސްޓެފަން އޮކާސިއޯ އަށް ވަނީ ލީޑު ނަގަން ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފަ އެވެ. އާޖެންޓީނާގެ އޭރިއާ ތެރެއިން މުޅިން ހުހަށްހުރެ އޮކާސިއޯ ފޮނުވާލި ބޯޅައިގެ ހުރަހަކަށްވީ އާޖެންޓީނާގެ ކީޕަރު އެމާލިއޯ މާޓިނޭޒް އެވެ.

ދެ ވަނަ ހާފު ފަށައިގެން ތިން ވަނަ މިނެޓުގައި އާޖެންޓީނާ އިން ވަނީ ލީޑު ނަގައިފަ އެވެ. މިއީ އޭރިއާ ތެރެއަށް ލިއޮނަލް މެސީ ދިން ޕާހެއްގެ ބޭނުން ހިފައި، މެކް އަލިސްޓާ، ދިން ބޯޅަ އަކުން އަލްވަރޭޒް ކާމިޔާބު ކުރި ލަނޑެކެވެ.

އޭގެ މިނެޓެއް ފަހުން އަލްވަރޭޒް އަށް ވަނީ ލީޑު ފުޅާ ކުރަން ވެސް ފުރުސަތު ލިބިފަ އެވެ. ކެނަޑާ ހާފުގެ ތެރެއިން އަލްވަރޭޒް ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ކެނަޑާގެ ކީޕަރު ކްރެޕައު އެވެ.

މެޗުގެ އެންމެ ހުސް ފުރުސަތު ލިބުނީ މެޗުގެ 65 ވަނަ މިނެޓުގައި އާޖެންޓީނާގެ ކެޕްޓަން މެސީ އަށެވެ. މުޅިން ހުސްކޮށް ކެނެޑާގެ އޭރިއާތެރެއަށް ވަދެ މެސީ ފޮނުވާލަން މަސައްކަތްކުރި ބޯޅައިގެ ހުރަހަކަށްވީ ވެސް މި މެޗުގައި ގިނަ ސޭވްތަކެއް ކުރި ކެނެޑާގެ ކީޕަރު ކްރެޕައު އެވެ. އޭގެ މިނެޓެއް ފަހުން ކެނަޑާގެ ޖޮނަތަން ޑޭވިސް އަށް ވެސް ވަނީ ގޯލު ޖަހަން ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފަ އެވެ. އާޖެންޓީނާގެ އޭރިއާ ތެރޭގައި މުޅިން ހުސްކޮށް ހުރެ ބޮލުން ޑޭވިސް ފޮނުވާލި ބޯޅަ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.

މެޗުގެ 79 ވަނަ މިނެޓުގައި ވެސް މެސީ އަށް ވަނީ ގޯލު ޖަހަން ހުސް ފުރުސަތެއް ލިބި ބޭކާރުވެފަ އެވެ. މުޅިން ހުހަށް ކެނެޑާގެ އޭރިއާ ތެރެއަށްވަދެ މެސީ ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

އޭގެ ފަހުން މެޗުގެ 83 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ލަޓާރޯ މާޓިނޭޒް އަށް ވެސް ވަނީ ގޯލު ޖަހަން ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފަ އެވެ. މާޓިނޭޒް ފޮނުވާލި ބާރު ހަމަލާގެ ހުރަހަކަށްވީ ވެސް ކެނެޑާގެ ކީޕަރު ކްރެޕައު އެވެ.

އާޖެންޓީނާ އިން ލީޑު ފުޅާކުރީ 88 ވަނަ މިނެޓުގައި މާޓިނޭޒް ކާމިޔާބުކުރި ގޯލުންނެވެ. މިއީ މެސީ އޭރިއާ ތެރެއަށް ދިން ޕާހެއް މުޅިން ހުސްކޮށް ހުރެ ގޯލުގެ ތެރެއަށް ފޮނުވާލައިގެން މާޓިނޭޒް ކާމިޔާބުކުރި ގޯލެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox