ސިޔާސީ މުވައްޒަފުން މަދުކުރުން؛ ގައުމީ އަދި ޝަރުޢީ ވާޖިބެއް!

ސިޔާސީ މުވައްޒަފުން މަދުކުރުން؛ ގައުމީ އަދި ޝަރުޢީ ވާޖިބެއް!

އިސްލާމީ ތާރީހުން ބަލާއިރު، ދައުލަތުގެ މުވައްޒަފަކު ދައުލަތުގެ ބައިތުލްމާލުން މުސާރަނެގުމާ ގުޅޭ ހުކުމާ ބެހޭ ގޮތުން ފެންނާން އޮތް އެންމެ އެވޭލާ ހާދިސާއަކީ އަހަރެމެންގެ ފުރަތަމަ ޚަލީފާ އަބޫބަކުރުގެފާނަށް މުސާރަ ކަނޑައެޅުނު ހާދިސާ އެވެ. ހާދިސާގެ ހުލާސާއަކީ މާތް ﷲ ރުއްސުންލެއްވި އަބޫބަކުރުގެފާނު ޚަލީފާކަމަށް އިސްކުރެވުނުތާ ކުރީކޮޅު ބާޒާރާ ދިމާއަށް މިސްރާބުޖައްސަވާފައި ހުއްޓައި އުމަރުގެފާނަށް ފެނިވަޑައިގެން ސުވާލުކުރެއްވި އެވެ. ކޮން ތަނަކަށްތޯއެވެ؟ ވިދާޅުވި އެވެ. ބާޒާރަށެވެ. ވިޔާރިކުރާށެވެ. އަބޫބަކުރުގެފާނަކީ އޭގެ ކުރިޔަށްވެސް މަޝްހޫރު ވިޔަފާރިވެރިއެކެވެ. އެހިނދު އުމަރުގެފާނު ވިދާޅުވިއެވެ. ކަލޭގެފާނު ވިޔަފާރިކުރައްވަން ވަޑައިގަތީމާ މުސްލިމުންގެ ކަންކަން ބަލަހައްޓަވާ ހަމަޖައްސަވާނީ ކިހިނަކުންތޯ އެވެ؟ އެހިނދު އަބޫބަކުރުގެފާނު ވިދާޅުވިކަމުގައިވަނީ، މުސްލިމުންގެ ކަންކަން ހަމަޖެއްސުމަށް ތިމަންކަލޭގެފާނު ހުސްވެ ހުންނަވާނަމަ، ތިމަންގެ އާއިލާއަށް ކާންދޭނީ ކާކުތޯ އެވެ؟ ދެން އުމަރުގެފާނާއި އަދި އިސްކޮށްތިއްބެވި ސަހާބީން މަޝްވަރާކުރެއްވުމަށް ފަހު އަބޫބަކުރުގެފާނަށް މުސާރަފުޅެއް ބައިތުލްމާލުން ކަނޑައަޅުއްވައި ހަމަޖެއްސެވި އެވެ.

މި ހާދިސާއަށް ވިސްނީމާ ވަރަށް ރަނގަޅަށް ދައުލަތުގެ މުވައްޒަފުން ދައުލަތުގެ ހަޒާނާއިން މުސާރަ ނެގުމުގެ ކޮންސެޕްޓް ސާފުވެގެންދެ އެވެ. އާދޭހެވެ! އޭނާ ދައުލަތުގެ ވަޒީފާއަށް ހުސްވެ ހުންނަ ކަމަށްޓަކައި އޭނާގެ ކަންކަމަށް އެހެން ހުރިހާ ރައްޔިތުންގެ މިލްކުން ކަނޑާފައި ދެވޭ މުސާރައެއް ދިނުމާއި ނެގުން ހުއްދަވަނީ އެވެ. އެކަމަކު އެއީ ކާންބޯން ކުރާން އޮތް މަސައްކަތަކަށް ވެގެންދަނީއެއް ނޫނެވެ.

މި މުސާރައިގެ މިންވަރާ މެދުވެސް އެވޭލާ އިސްލާމީ ތާރީޚުން މިންގަނޑެއް ފެނެ އެވެ. އެއީ ދެވަނަ ޚަލީފާ އުމަރުގެފާނު އެކަލޭގެފާނުގެ މުސާރައާއި އިނާޔަތްތަކާ ބެހޭގޮތުން ވިދާޅުވެފައި އޮވެ އެވެ. އެގޮތުން ވިދާޅުވި ބަސްފުޅުގައި ބަޔާންކުރައްވަނީ، ޤުރައިޝް ވަންހައިގެ ފަގީރުންގެ ދަރަޖައަކުންވެސް ނޫނެވެ. އަދި އެވަންހައިގެ މުއްސަނދީންގެ ދަރަޖައަކުންވެސް ނޫނެވެ. އާދޭހެވެ! އެވަންހައިގެ މެދުމިނުގެ މީހެއްގެ ފެންވަރަށް އުޅެވޭނެ މުސާރަކޮޅެކެވެ.

ކަން ފެށިގެން އައި ގޮތަށް ބަލާއިރު، އިސްލާމީ ފިކުރުގައި، ދައުލަތުގެ ހަޒާނާއަކީ ނުވަތަ ދައުލަތުގެ މާލިއްޔަތަކީ އެއީ ކާންބޯން މަސައްކަތްކުރާ މީހާ، އަމާޒުފަތްގަނޑުކަމުގައި ހަދައިގެން، ތިމާގެ ރިޒުޤު ހޯދުމުގެ ވަސީލަތަކީ، ދައުލަތުގެ ބައިތުލްމާލުކަމުގައި ބެލުމަކީ އިސްލާމްދީނާ މުޅިން ހިލާފު ވިސްނުމެކެވެ. ރިޒްޤު ހޯދުމުގެ މަސައްކަތުގެ ގޮތުން އޮތީ އަމިއްލަ މަސައްކަތްތައް ކުރުމެވެ. ނަމަވެސް އެހެން މުސްލިމުންގެ ޚިދުމަތުގައި އުޅޭ މީހަކަށް ރިޒްޤު ހޯދުމަށް މަސައްކަތްކުރާނެ ވަގުތު ނެތްނަމަ، އޭނާގެ އެ ހިދުމަތަށްޓަކައި ދައުލަތުގެ މާލިއްޔާއިން މެދުމިންވަރެއްގެ މުސާރައެއް ރައްޔިތުން ރުހޭނެ ގޮތެއްގެ މަތީން ހަމަޖެއްސުމަކީ ހުއްދަ ކަމެކެވެ. އަދި އެ ބަލައިގަތުމަކީ ހުއްދަ ކަމެކެވެ.

އާދޭހެވެ! އިސްލާމީ އުންމަތް ފުޅާވެ މުސްލިމުންގެ ބައިތުލްމާލު މުއްސަނދިވުމުން މުސާރަދެވޭ މުވައްޒަފުން ގިނަވެގެންދިޔަ އެވެ. އަދި އިނާޔަތުގެ ގޮތުގައި އެކި ނަންނަމުގައި ދެވޭ ހަދިޔާއާއި މުދަލުގެ ކަންކަންވެސް މަތިވަމުންދިޔަ އެވެ. އިސްލާމީ ތާރީޚުގެ ފަޚްރުވެރި ދުވަސްވަރުގައި، މުސްލިމުންގެ ޚަލީފާއިން އެބައިމީހުންނަށް ތާރީފުކޮށް ޅެންފަރިހި ކިޔާ އުޅޭ ޅެންވެރިންނަށްވެސް ހާހުން ދެހާހުން ދީނާރު ބައްސަވާ ހައްދަވާ އުޅުއްވި އެވެ. އަދި އެނޫން ބޮޑެތި ހަރަދުތައް ވެސް ކޮށްފައިވެ އެވެ. އެއިން ކޮންމެ ހަރަދެއް ރަނގަޅުކަމުގައިވެސް ނުވަތަ ގޯސްކަމުގައިވެސް ދަންނަވަނީކީ ނޫނެވެ. އެކަމަކު އިސްލާމީ ހިލާފަތުގެ ރަންޒަމާންތަކުގައި އެކިއެކި ހަލީފާއިން ބައިތުލްމާލުން ބޮޑެތިހާ ހަރަދުތައް، އަދި ބައެއް ބޭކަލުން ކަނޑައެޅިގެން އިސްރާފަށްވާ ބާވަތުގެ ހަރަދުތައް ކުރިއިރުވެސް، މާލިއްޔަތުގައި ލާރި ހުއްޓެވެ. މާލިއްޔަތު އޮތީ ދަރާފައެއް ނޫނެވެ.

އެކަމަކު އަހަރެމެން ދިވެހިންގެ ހާލަތު ތަފާތުވަނީ ދިވެހި ދައުލަތުން ކޮންމެ އަހަރަކަށް ލިބޭ އެއްޗަކަށްވުރެ ދެގުނަ ބޮޑުކޮށް ހަރަދުކުރަމުންދާ ދިއުމަކީ އަބަދަކު ދެމެހެއްޓޭނެ ކަމަކަށް ނުވާކަމެވެ. އަޅުގަނޑުމެންގެ ދިވެހި ދައުލަތުގެ އާމުދަނީއަށްވުރެ ހަރަދު މިފަހަކުން އަބަދުވެސް ބޮޑެވެ. ނަގާފާއި ހުރި ދަރަނިތަކަށް އިންޓްރެސްޓް އަރަމުންދެ އެވެ. ނިމިދިޔަ ސަރުކާރުގެ މެދުތެރޭގައި ދިވެހި ދައުލަތުން ދައްކަންޖެހުނު ދަރަންޏެއް ދައްކާނެ ފައިސާ ނެތިގެން، ދައްކަންޖެހުނު ދަރަނީގެ އިންޓްރެސްޓަށްވުރެ ބޮޑު އިންޓްރެސްޓެއްގައި އައު ދަރަންޏެއް ނަގައިގެން ދަރަނި މައްޗަށް ދަރަނި ނަގާފައިވެ އެވެ. މިވާހަކަތައް އޭރު ދެއްކީ މިހާރު މިއޮތް ސަރުކާރުގައި ތިއްބެވި ބޭފުޅުންނެވެ. ނިމިދިޔަ ސަރުކާރުގައިވެސް އެތައް ސަކޭތަ މިލިޔަން ރުފިޔާއެއް ހަމައެކަނި ސިޔާސީ މުވައްޒަފުންގެ މުސާރައަށް ހަރަދުކޮށްފައިވެއެވެ. މިސަރުކާރުގައި މިހާރުވެސް މިދިޔަ ސަރުކާރަށްވުރެ ސިޔާސީ މުވައްޒަފުން ގިނައެވެ.

ނޫސްތަކުން ފެންނަ ކަށަވަރު މައުލޫމާތުތަކަށް ބަލާއިރު، މިހާރުވެސް މިސަރުކާރުގައި ހަތްސަތޭކައަށްވުރެ ގިނަ ސިޔާސީ މުވައްޒަފުން އެބަތިއްބެވެ. އެބައިމީހުންނަށް ކަނޑައަޅާފައިވާ މުސާރަތަކުގެ ތަފުސީލުތަކަށް ބަލާއިރު، އެވްރެޖް އަދަދަކީ ބޮލަކަށް ފަންސަވީސްހާސް ރުފިޔާ އެވެ. މި އަދަދުތަކަށް އެކަނި ބެއްޔަސް މަހެއްގެ މައްޗަށް ދިވެހި ދައުލަތުން، އަހަރަކަށް ދުއިސައްތަ މިލިޔަނަށްވުރެ ގިނަ ރުފިޔާ ސިޔާސީ މުވައްޒަފުންނަށް މުސާރައިގެ ގޮތުގައި އެބަ ދެވެއެވެ. މިއަދަދު މިއަށްވުރެ މިހާރުގެ ހިސާބުތަކަށް ބަލާއިރު ދަށެއް ނުވާނެވެ. ވިއްޔާވާނީ މައްޗެވެ.

މީގެ ތެރެއިން ވަޒީފާ ހަމަޖެހިފައި ތިބި ބައެއް މީހުން އިށީންނާނެ ތަން ވެސް އެބައިމީހުންގެ ވަޒީފާ ހަމަޖެހިފައި އޮންނަ އޮފީހުގައި ނުހުންނަކަމުގައި ވެސް ކިޔަނީ ސަމާސާއަކަށް ނޫންކަން މިހާރު އަޅުގަނޑަށް ވެސް ކަށަވަރުވެފައިވެއެވެ. އަދި މީގެ ތެރޭގައި، އޮފީހަށް ނުނުކުމެ ހަމައެކަނި ހާޒިރީ ކާޑު ބޭނުންކޮށްގެން ހާޒިރުވީކަމަށް ކާޑު ޖަހައިގެން ހަމައެކަނި މުސާރަ ނަގަމުންދާ ވެސް އެތައް ބަޔެކެވެ.

އެއްގޮތަކަށް ވެސް ކަމަކީ މިސަރުކާރުގައި ފެށުނު ކަމެއް ނޫނެވެ. މިދިޔަ ސަރުކާރުގައި ވެސް އޭގެ ކުރީ ސަރުކާރުގައިވެސް އެކަން އޮތީ ހަމަ މިހެންނެވެ. ވަމުންދަނީ އިތުރަށް ގޯހެވެ. އަދަދު ވަމުންދަނީ އިތުރެވެ. ކޮންމެ ސަރުކާރެއް އަންނަނީ މިކަން ރަނގަޅުކުރާނެކަމުގެ ވައުދާ އެކުނަމަވެސް، ތަފާތު އެކި ސަބަބުތަކަށްޓަކައި މަސައްކަތެއް ޒިންމާއެއް ދައުލަތުގެ ޚިދުމަތަށް އަންނަ ފެންވަރުގެ ހަރުދަނާކަމެއް ނެތި، ދައުލަތުގެ މާލިއްޔަތުން މުސާރަދެވޭ މުވައްޒަފުން ވަނީ ގިނަ އެވެ.

ދެންނެވުނު ދުއިސައްތަ މިލިޔަނަށްވުރެ ގިނަ ރުފިޔާ މުސާރައިގެ ގޮތުގައި މިދެންނެވުނު ހަތްސަތޭކަ މީހުންނަށް ދެމުން ގެންދަނީ ދައުލަތުގެ މާލިއްޔަތުގައި ލާރިހުރެގެންނެއް ނޫނެވެ. ދައުލަތް ދަރާވިކެމުންނެވެ. އަހަރެންނާއި ކަލެޔާއި އޭނާގެ ވެސް ނަމުގައި ނަގާފައި ހުރި ދަރަނީގެ ފައިސާއިންނެވެ. އަހަރެމެންނަށް ސަރުކާރުންދޭންހުރި ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ހަރަދުކުރަންހުރި ފައިސާއިންނެވެ. އަހަރެމެންގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ފްލެޓްބަރި އަޅަންހުރި ލާރިންނެވެ. އެޔާއެކު އާންމު ރައްޔިތުންނަށް ފައިދާވާ ގޮތަށް އޮންނަ ކޮންމެ ޕްރޮޖެކްޓެއް މިދަނީ ލާރިނެތިގެން ހުއްޓިގެންނެވެ. އެހެންނެވެ. އެބައިމީހުންނަށް މުސާރަދެނީ މާލިއްޔަތުގައި ލާރިހުރެގެންނެއް ނޫނެވެ.

މިދެންނެވި ބާވަތުން ސިޔާސީ މުވައްޒަފުންނަށް ދައުލަތުން ކުރަމުންދާ ބޮޑު ހޭދައަކީ ކަނޑައެޅިގެން ޝަރުޢީ ގޮތުން ހުއްދަވެގެންވާނެ ހޭދައެއް ނޫނެވެ. އެއީ މިހާރުން މިހާރަށް ހުއްޓާލަންޖެހޭ ދިވެހިންގެ ފައިސާ ހަރަދުކުރެވެމުންދާ އިސްރާފުގެ ހަރާން މަގެކެވެ. އަދި އެކަން ހިނގަމުން މިދަނީ، ދިވެހި އާންމު ރައްޔިތުންނަށް ފޫނުބެއްދޭނެ އެތައް ގެއްލުމެއް ލިބިގެންދާނެ ގޮތުންނެވެ. ދިވެހި ދައުލަތް ބަނގުރޫޓޫވުމުގެ މަގުމަތީގައިވާއިރު، މިދެންނެވުނު ބޭކާރު ސިޔާސީ ހޭދަ ހުއްޓާލުމަށް ވާހަކަދެއްކުމާއި ގޮވާލުމާއި އަޑުއުފުލުމަކީ ކޮންމެ ދިވެއްސެއްގެ ދީނީ، ގައުމީ، ވާޖިބެކެވެ.

ފަހުގެ ޚަބަރު

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

ތުއްތު ކުދިންނާއި އަހުލާގު

ތުއްތު ކުދިންގެ އަޚްލާގު ބިނާކުރުމުގައި މައިންބަފައިންނާއި މުދައްރިސުންގެ ދައުރު ބޮޑުއިރު، ކުދިންނަށް އަންނަ ބަދަލުތައް ދެނެގަތުމަށް މި ދެފަރާތުގެ ގުޅުން ބަދަހިކުރުން މުހިންމެވެ. ކުދިންނަށް ފެންނަ ނުރަނގަޅު މަންޒަރުތަކާއި ބަސްމޮށުންތެރިކަމުގެ ސަބަބުން ތަރުބިއްޔަތު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވާތީ، އެކަންކަމުން ކުދިން ދުރުކުރުމަކީ ބޮޑު ޒިންމާއެކެވެ. އަދި ކުދިންގެ އަޚްލާގު ރަނގަޅުކުރުމަށް ކަނޑައެޅިފައިވާ ފަސް މަރުހަލާގެ މައްޗަށް ބިނާކޮށް ސްކޫލްތަކުންނާއި ކަމާބެހޭ ފަރާތްތަކުން އިތުރަށް ސަމާލުކަން ދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox