ލިވަޕޫލާ ގަޔާވި އެއް ކަމަކީ ކްލޮޕް-ގާޑިއޯލާ ވާދަވެރިކަން: ސްލޮޓް

Jun 20, 2024, 10:44 AM
ލިވަޕޫލާ ގަޔާވި އެއް ކަމަކީ ކްލޮޕް-ގާޑިއޯލާ ވާދަވެރިކަން: ސްލޮޓް

ލިވަޕޫލް (ޖޫން 20) - ލިވަޕޫލްގެ ކޯޗަކަށް ވާން ލިބުނު ފުރުސަތުގެ ބޭނުންހިފަން ގަޔާވި އެއް ސަބަބަކީ މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އާއި ލިވަޕޫލްގެ ކުރީގެ ކޯޗު ޔާގަން ކްލޮޕްގެ ވާދަވެރިކަން ކަމަށް އެ ޓީމާ އަލަށް ހަވާލުވި ކޯޗު ނެދަލެންޑްސްގެ އާނޭ ސްލޮޓް ބުނެފި އެވެ.

މިދިޔަ އަހަރު ވެސް ޕްރިމިއާ ލީގުގެ ކްލަބްތަކުން އޮފާ ލިބުނު ކޯޗު، ސްލޮޓް، ނެދަލެންޑްސްގެ ފެޔަނޫޑް ދޫކޮށްލަން ނިންމި އެންމެ ބޮޑު ސަބަބަކީ އާ ޗެލެންޖެއް ނެގުން ކަމަށް، ލިވަޕޫލާ ހަވާލުވި ފަހުން ދިން ރަސްމީ ފުރަތަމަ އިންޓަވިއުގައި ވަނީ ބުނެފަ އެވެ.

އެ ގޮތުން، ސްލޮޓް ބުނީ، ޔޫރަޕްގެ ފުޓްބޯޅައިގައި މި ވަގުތު އެންމެ ވާދަވެރި ކުރިމަތިލުމުގެ ގޮތުގައި އޮތީ މެންޗެސްޓާ ސިޓީ އާއި ލިވަޕޫލްގެ މެޗުތައް ކަަމަށެވެ. ކުރިން ބާސެލޯނާ އާއި ރެއާލް މެޑްރިޑާ ދެމެދު އޮތް ލެވަލްގެ ވާދަވެރިކަމެއް ލިވަޕޫލާއި ސިޓީގެ ދެމެދުގައި އުފެދުނީ ގާޑިއޯލާ އާއި ކްލޮޕްގެ ސަބަބުން ކަމަށެވެ.

ސްލޮޓް، 45، ބުނީ އެ ފަދަ ވާދަވެރިކަމެއްގެ ތެރެއަށް އަންނަން އޭނާ ބޭނުންވީ ކެރިއަރަށް ވެސް ވިސްނުމަށް ފަހު ކަމަށެވެ.

"ލިވަޕޫލްގެ ހުށަހެޅުން އަހަންނަށް ލިބުނުއިރު ވެސް އަހަރެން އައީ، ލިވަޕޫލާއި ސިޓީގެ މެޗުތައް ބަލަމުން، ދެން، ލިވަޕޫލް ކަހަލަ ކްލަބެއްގެ އޮފާ އައުމަކީ މާގިނަ ވަގުތެއް ގޮތެއް ނިންމަން ނަގާނެ ކަމެއް ނޫން،" ތިން އަހަރުގެ ކޮންޓްރެކްޓެއްގައި ލިވަޕޫލާ އެކު ސޮއިކުރި ސްލޮޓް ބުންޏެވެ.

ސްލޮޓް ވަނީ ފެޔަނޫޑްގައި އިތުރު އެއް ސީޒަން މަޑުކުރަން ލިވަޕޫލްގެ ހުށަހެޅުން އައުމުގެ ކުރިން ނިންމައިފަ އެވެ. އެކަމަކު ހުރިހާ ކަމެއް ބަދަލުވީ ހީވެސް ނުކުރާ ގޮތަށް ކަމަށް ސްލޮޓް ވަނީ ބުނެފަ އެެވެ.

ލިވަޕޫލްގެ ކުރީގެ ކޯޗު ކްލޮޕްގެ ޓްރެއިނިން ސެޝަންތަކުގެ ވީޑިއޯތަައް ބަލާފައިވާނެ ކަމަށާއި އަމިއްލަ ފިލޯސަފީގެ ކަންކަން ވެސް ލިވަޕޫލަށް ގެންނާނެ ކަމަށް ސްލޮޓް ވަނީ ބުނެފަ އެވެ. އަދި ކްލޮޕްގެ ފަރާތުން އޭނާ އަށް ލިބެމުން އަންނަ އެއްބާރުލުމުގެ ވާހަކަތައް ވެސް ސްލޮޓް ވަނީ އުފަލާ އެކު ހިއްސާކޮށްފަ އެވެ.

"ކްލޮޕް، ލިވަޕޫލާ ހުރި ގާތްކަމަކީ އޭނާ މި ކްލަބްގެ އެންމެ ބޮޑު ސަޕޯޓަރަށް ވާނެ ކަމަށް ބުނެފައިވޭ. އޭނަ އަހަންނަށް ސަޕޯޓް ދޭތީ އަހަންނަށް ވަރަށް ހާއްސަ،" ސްލޮޓް ބުންޏެވެ.

ޕްރީ ސީޒަނުގައި ސްލޮޓްގެ ކޯޗުކަމުގައި ލިވަޕޫލުން ކުޅޭ ފުރަތަމަ މެޗު އޮތީ އަންނަ މަހުގެ 27 ގައި ރެއާލް ބެޓިސްއާ ދެކޮޅަށެވެ. އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލުން ފުރަތަމަ މެޗުގައި އޮގަސްޓް 17 ވަނަ ދުވަހު ކުޅޭނީ އަލަށް ޕްރޮމޯޓްވި އިޕްސްވިޗް ޓައުންއާ ދެކޮޅަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox