އިޓަލީއާ ދެކޮޅަށް މާ "ރީތި މެޗެއް ކުޅެން" ސްޕެއިނުން ނުވިސްނާނެ

Jun 20, 2024, 5:39 AM
އިޓަލީއާ ދެކޮޅަށް މާ "ރީތި މެޗެއް ކުޅެން" ސްޕެއިނުން ނުވިސްނާނެ

ގެލްސެންކާޗެން (ޖޫން 20) - ޔޫރޯގެ ގުރޫޕް ބީގައި މިރޭ އެންމެ ފަހުގެ ޗެމްޕިއަން، އިޓަލީއާ ދެކޮޅަށް ނުކުންނައިރު، ސްޕެއިން އިން ތައްޔާރުވަނީ ރީތި ފުޓްބޯޅައެއް ކުޅޭ މެޗަކަށް ނޫން ކަމަށް އެ ޓީމުގެ ކޯޗު ލުއިސް ޑެ ލަ ފުއެންޓޭ ބުނެފި އެވެ.

ޔޫރަޕްގެ ވަރުގަދަ ދެ ބާރު މިރޭ ކުރިމަތިލާއިރު، މި ދެ ޓީމުވެސް ވަނީ ގުރޫޕްގައި ކުޅުނު ފުރަތަމަ މެޗުން މޮޅުވެފަ އެވެ. ސްޕެއިން ވަނީ ކްރޮއޭޝިއާ އަތުން 3-0 އިން މޮޅުވެފަ އެވެ. އިޓަލީ ވަނީ ފަހަތުން އަރައި 2-1 އިން އަލްބޭނިއާ އަތުން މޮޅުވެފަ އެވެ.

ލޫސިއާނޯ ސްޕަލެއްޓީގެ އިރުޝާދުގެ ދަށުން ކުޅެމުންދާ އިޓަލީން ފުރަތަމަ މެޗު ކާމިޔާބުކުރިއިރު، އެޓޭކިން ފުޓްބޯޅައެއް ފެނިގެންދިޔަ އެވެ.

އެހެން ނަމަވެސް، ސްޕެއިނުގެ ކޯޗު، ޑެލަ ފުއެންޓޭ ބުނީ މިރޭގެ މެޗަށް ތައްޔާރުވީ "ރީތި، ފުރިހަމަ މެޗަކަށް" ވާނެ ކަމަށް ބަލައިގެން ނޫން ކަމަށެވެ. އަދި ހުރިހާ ގޮތަކަށްވެސް ސްޕެއިން އޮތީ ތައްޔާރަށް ކަމަށެވެ.

"އަަހަރަމެންނަށް އެނގޭ އިޓަލީން ކުޅޭ ފުޓްބޯޅަ. އަދި އެ ޓީމަކީ ވަރަށް ކޮމްޕެޓިޓިވް ޓީމެއްކަންވެސް އެނގޭ. އަހަރެން މި ލަފާކުރަނީ އިޓަލީން މަސައްކަތް ކުރާނީ ޕޮޒެޝަން ހިފަހައްޓަން ކަމަށް. މިއީ ގުރޫޕް ސްޓޭޖުގެ އެންމެ މުހިންމު މެޗު،" ޑެ ލަ ފުއެންޓޭ ބުންޏެވެ.

"މިއީ ދެ ޓީމަށް ވެސް ނަތީޖާ މުހިންމު މެޗެއް، މާ ރީތި ކުޅުމެއް، ނޫނީ މެޗަކަށް ވުރެ އިސްކަންދޭނީ ނަތީޖާއަށް،"

މިރޭގެ މެޗުން މޮޅުވާ ޓީމަކަށް މި ގުރޫޕްގެ އެއް ވަނަ ޓީމުގެ ގޮތުގައި ގަދަ 16ގެ ބުރުން ޖާގަ ލިބޭނެެ އެވެ. މި ގުރޫޕްގައި ދެން އޮތް ދެ ޓީމު ކަމަށްވާ ކްރޮއޭޝިއާ އާއި އަލްބޭނިއާ އަށް މިހާތަނަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ.

ޑެލަ ފުއެންޓޭ ބުނީ ސްޕެއިން އާއި އިޓަލީގެ ފަރާތުން ވެސް މިހާރު ފެނިގެންދަނީ ސަޕޯޓަރުން އުންމީދުކުރި ކަހަލަ ކުޅުމެއް ނޫން ކަމަށެވެ. އަދި ދެ ޓީމުގައިވެސް އެއްގޮތް ކަންތައްތައް އެބަހުރި ކަމަށް ޑެ ލަ ފުއެންޓޭ ގަބޫލުކުރެ އެވެ.

"ބައެއް ފަހަރު އިޓަލީގެ ޓީމަށް ވިސްނާލާއިރު، ހީވަނީ ލޯގަނޑެއް ކުރިމައްޗަށް ހުއްޓޭހެން. ދެ ޓީމުގައިވެސް އެއްގޮތް ކަންތައްތައް އެބަހުރި. އިޓަލީ ޓީމުގައި ޒުވާން ކުޅުންތެރިން ގިނަ،" ޑެލަ ފުއެންޓޭ ބުންޏެވެ.

އިޓަލީ އާއި ސްޕެއިންއަކީ ޔޫރޯގައި މުއްސަނދި ތާރީހެއް އޮތް ދެ ގައުމެވެ. މިރޭގެ މެޗަކީ 1960 ވަނަ އަހަރުގެ ފަހުން ޔޫރޯގައި މި ދެ ގައުމު ބައްދަލުކުރާ އަށް ވަނަ މެޗެވެ. އެންމެ ފަހުން ކުޅުނު ޔޫރޯގެ ފަސް މުބާރާތުގައިވެސް އިޓަލީ އާއި ސްޕެއިން ވަނީ ބައްދަލުކޮށްފަ އެވެ. އެންމެ ފަހުން ޔޫރޯގެ ސެމީ ފައިނަލުގައި އިޓަލީން ވަނީ ޕެނަލްޓީ ޖަހައިގެން ސްޕެއިން ބަލިކޮށްފަ އެވެ.

ސްޕެއިނާއި އިޓަލީ ކުޅޭ މެޗު ފަށާނީ މިރޭ 12 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox