ވަރުގަދަކޮށް ފެށި ސްވިޒަލެންޑަށް ހަންގޭރީ އަތުން އުނދަގޫ މޮޅެއް

Jun 15, 2024, 2:54 PM
ވަރުގަދަކޮށް ފެށި ސްވިޒަލެންޑަށް ހަންގޭރީ އަތުން އުނދަގޫ މޮޅެއް

ކޮލޯން (ޖޫން 15) - ޖަރުމަނުގައި މިހާރު ކުރިއަށްދާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ސްވިޒަލެންޑުން ކުޅުނު ފުރަތަމަ މެޗުގައި ހަންގޭރީ އަތުން 3-1 އިން މޮޅުވެއްޖެ އެވެ.

ހަންގޭރީއާ ދެކޮޅަށް އެންމެ ފަހުން ސްވިޒަލެންޑުން ކުޅުނު ހަތަރު މެޗުން ވެސް ވަނީ މޮޅުވެފަ އެވެ. ހަންގޭރީން އެންމެ ފަހުން ސްވިޒަލެންޑް ބަލިކުރީ 1998 ވަނަ އަހަރު އެކުވެރިކަމުގެ މެޗެއްގަ އެވެ.

ކޮލޯން ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު ފަށައިގެން ސްވިޒަލެންޑުން ދިޔައީ މެޗު ޑޮމިނޭޓްކޮށްގެން ކުޅެމުންނެވެ. އެ ގޮތުން، މެޗުގެ 12 ވަނަ މިނިޓްގައި، ސްވިޒަލެންޑުން ލީޑުނެގި އެވެ. މިއީ ގައުމީ ޓީމަށް ކުޅެދިން ދެ ވަނަ މެޗުގައި ކްވަޑްވޯ ޑުއާ ޖެހި ލަނޑެކެވެ. މިޝޭލް އަބިޝޭ ދިން ބޯޅައަކުން ޑުއާ މި ލަނޑު ޖެހުމުން ރެފްރީ ނިންމީ އޮފްސަައިޑް ކަމަށެވެ. އެކަމަކު، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި ނިންމީ ގޯލެއް ކަމަށެވެ.

ހަންގޭރީ ޑިފެންޑަރުންނަށް ހެދުނު ގޯހެއްގެ ފައިދާނަގައި ސްވިޒަލެންޑްގެ ރުބެން ވާގާސް އަށް ލަނޑު ޖަހަން ހުސް ފުރުސަތެއް ލިބުނު ނަމަވެސް، އޭނާ ހުސްކޮށް އަރައި ޖެހި ބޯޅަ ހަންގޭރީގެ ކީޕަރު، ޕީޓާ ގުލާކްޝީ ވަނީ މަތަކޮށްފަ އެވެ.

މެޗުގެ 45 ވަނަ މިނިޓްގައި ސްވިޒަލެންޑުން ވަނީ ދެ ވަނަ ލަނޑު ޖަހައިފަ އެވެ. މިއީ، އޭރިއާބޭރުން ހަމަޖެހިލައިފައި އަބިޝޭ ޖެހި ގޯލެކެވެ. މިއީ، ގައުމީ ޓީމަށް އޭނާ ޖަހައިދިން ފުރަތަމަ ގޯލެވެ.

ހަންގޭރީގެ ވާގާ (ވ) އަތުން ބޯޅަ ހޯދަން ސްވިޒަލެންޑްގެ އަކަންޖީ ޓެކަލްކުރަނީ

ފުރަތަމަ ހާފުގައި ހަންގޭރީ އަށް ލަނޑެއް ޖަހަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ އެ ޓީމުގެ ފަހަތަށް ކުޅޭ ވިލީ އޯބާން އަށެެވެ. ހަންގޭރީގެ ކެޕްޓަން، ޑޮމިނިކް ސޮބޯސްލާއި ހިލޭ ޖެހުމަކުން ނެގި ބޯޅަ އޮބާން ބޮލުން ފޮނުވާލުމުން، ސްވިޒަލެންޑްގެ ކީޕަރު، ޔެން ސޮމާ ވަނީ މަތަކޮށްފަ އެވެ.

ހަންގޭރީން ދެ ވަނަ ހާފުގައި ބަދަލުތަކެއް ގެނެސް، ޓީމުގެ ކުޅުމުގެ ސްޓައިލަށް ބަދަލުތަކެއް ގެނައި ނަމަވެސް، ސްވިޒަލެންޑްގެ އެޓޭކްތައް ނުުހުއްޓެވުނެވެ. އެ ގޮތުން، ދެ ވަނަ ހާފުގައި ސްވިޒަލެންޑްގެ ޑުއާ އާއި ވާގާސް ޖެހި ޝޮޓްތަކެއް ކީޕަރު ގުލާކްޝީ ވަނީ މަތަކޮށްފަ އެވެ.

މެޗުގެ ތެރެއަށް ވަންނަން ހަންގޭރީ އަށް ފުރަތަމަ ހުސް ފުރުސަތު ލިބުނީ 63 ވަަނަ މިނިޓްގަ އެވެ. އެ ގޮތުން، އޭރިއާތެރެއިން ހުސްކޮށް އަރައި، ހަންގޭރީގެ ބާނަބާސް ވާގާ ބޮލުން ޖެހި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ. އެކަަމަކު، އޭގެ ތިން މިނިޓް ފަހުން، އޭރިއާތެރެއަށް ހުރަސްވި ބޯޅައެއް ބޮލުން ގޯލަށް ވައްދާލައި ވާގާ ވަނީ ހަންގޭރީ އަށް އުންމީދެއް ހޯދައިދީފަ އެވެ.

އޭގެ ފަހުން ހަންގޭރީން އެޓޭކް ރަނގަޅުކޮށް ކުރިއަށްޖެހިގެން ކުޅެން ފެށި އެވެ. ލަނޑެއް ޖަހައި އެއްވަރުކުރެވޭތޯ ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް، ކާމިޔާބެއްނުވި އެވެ.

ކައުންޓަ އެޓޭކުގައި ތިން ވަނަ ލަނޑެއް ޖަހަން ސްވިޒަލެންޑަށް ވެސް ރަނގަޅު ފުރުސަތުތަކެއް ލިބުނުއިރު، އިތުރު ވަގުތުގައި ތިން ވަނަ ލަނޑު ޖެހީ ބަދަލަކަށް ކުޅެން އެރި ބްރީލް އެމްބޯލޯ އެވެ. އޭނާ މި ލަނޑު ޖެހީ ހުސްކޮށް ލިބުނު ފުރުސަތެއްގައި ކީޕަރު ގުލާކްޝީ ބޯމަތިން އޮއްސާލައިގެންނެވެ.

މި ގްރޫޕްގައި ދެން ކުޅޭ މެޗުތަކަށް ބަލާއިރު، ހަންގޭރީން ކުޅޭނީ ޖަރުމަނާ އެވެ. އަދި ސްވިޒަލެންޑުން ނުކުންނާނީ ސްކޮޓްލެންޑާ ދެކޮޅަށެެވެ. ގްރޫޕްގެ ފުރަތަމަ މެޗުން ޖަރުމަނުން ވަނީ 5-1 އިން ސްކޮޓްލެންޑް ބަލިކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox