ފަަލަސްތީނު ރައްޔިތުންގެ ހައްގުގައި ދުއާކުރުމަށް ހައްޖު ހުތުބާގައި ގޮވާލައިފި

ހައްޖު ހުތުބާ އިއްވައިދެއްވި އަލް މަސްޖިދުލް ހަރަމްގެ އިމާމް މަހާރް އަލް މުއައިއްލީ -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ހައްޖު ހުތުބާ އިއްވައިދެއްވި އަލް މަސްޖިދުލް ހަރަމްގެ އިމާމް މަހާރް އަލް މުއައިއްލީ -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ ގަތުލްއާންމުން އެމީހުން ސަލަމާތް ކޮށްދެއްވުމަށް އެދި މިއަދު ދުއާކުރުމަށް ހައްޖު ހުތުބާގައި ގޮވާލައިފި އެވެ.

މަސްޖިދުއް ނަމީރާގައި މިއަހަރުގެ ހައްޖު ހުތުބާ އިއްވައިދެއްވި އަލް މަސްޖިދުލް ހަރަމްގެ އިމާމް މަހާރް އަލް މުއައިއްލީ ވަނީ މިވަގުތު ފަލަސްތީނުގެ މުސްލިމުންގެ ހައްގުގައި ދުއާކުރުން އެންމެ މުނާސަބު ބަޔަކީ ހައްޖުވެރިން ކަމަށް ވިދާޅުވެފަ އެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަނިޔާތަކުން އެމީހުން ސަލާމަތްކޮށްދެއްވުމަށް އެދި ހައްޖު ދުވަހު ދުއާ ކުރުމަށް ހުތުބާގައި ގޮވާލި އެވެ.

މިއަހަރުގެ ހައްޖު ހުތުބާގައި ވަނީ އެއް ބަޔަކު އަނެއް ބައެއްގެ މަސްލަހަތު ރައްކާތެރިކުރުމަށާއި ފާސިދު ކަންކަމުން ދުރުހެލިވެ، އެއްބަޔަކު އަނެއްބަޔަކަށް އަނިޔާ ނުކުރުމަށާއި ގެއްލުން ނުދިނުމަށްވެސް ގޮވާލާފަ އެވެ.

Advertisement

ކީރިތި ރަސޫލާ މުހައްމަދު ސައްލަﷲ އަލައިހި ވަސައްލަމްގެ ޙައްޖަތުލް ވަދާއުގެ ހުތުބާގައި ހަދީޘް ކުރެއްވި ބައެއް ކަންކަމަށް ވެސް މިއަދުގެ ހައްޖު ހުތުބާގައި ވަނީ އަލިއަޅުވާލާފަ އެވެ. އޭގެ ތެރޭގައި އެކެއްގެ ލެޔާއި ނަފްސު، އަނެކާއަށް ހަރާމްވެގެންވާ ކަމާއި، މާތް ﷲ ރަސޫލު ބޭކަލުން ފޮނުއްވެވީ ދުނިޔެއިން ޖާހިލުކަމާއި އެއް ބަޔަކު އަނެއް ބައެއްގެ ލޭ އޮހޮރުވުން ހުއްޓުވުމަށްކަން ހުތުބާގައި ފާހަގަކުރި އެވެ.

ދުނިޔޭގެ ޒީނަތްތެރިކަމަށް ނުހެއްލި މާތް ﷲ އަށް ތަގުވާވެރިވުމަށް ވެސް ތަކުރާރުކޮށް ހުތުބާގައި ގޮވާލާފަ އެވެ. މާތް ﷲ އަށް ތަގުވާވެރިވުމަކީ ދެ ދުނިޔޭގެ ހެޔޮކަމާއި ލުއި ފަސޭހަ ގޮތްތައް މިންވަރުކުރައްވާނެ ކަމެއް ކަމުގައި ހުތުބާގައި ވަނީ ފާހަގަކޮށްފަ އެވެ.

އޭގެ އިތުރުން އެއް ބަޔަކު އަނެއް ބަޔަކަށް ގެއްލުން ނުދިނުމަށާއި ފުރައްސާރަ ނުކުރުމަށް އަދި އެކަކު އަނެކަކަށް ނުރުހޭ ނަންނަމުން ނުގޮވުމަށާއި އެމީހެއްގެ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރުމަށްވެސް ހައްޖު ހުތުބާގައި ވަނީ ނަސޭހަތްތެރިވެފަ އެވެ.

ބޭކާރު ގޮތުގައި މުދާ ހޭދަ ނުކުރުމުގެ އިތުރުން ރަލާއި މަސްތުވާތަކެތި ފަދަ ޝައިތާނީ އަމަލުތަކުން ދުރުހެލިވުމަށް ހުތުބާގައި ގޮވާލި އެވެ.

މިއަހަރު ހައްޖުގެ އަޅުކަމުގައި ބައިވެރިވުމަށް 1.5 މިލިއަނަށްވުރެ ގިނަ ހައްޖުވެރިން ދުނިޔޭގެ އެކިކަންކޮޅުތަކުން މައްކާއަށް ޖަމާވިއިރު، އޭގެ ތެރޭގައި ރާއްޖޭގެ 1،150 ހައްޖުވެރިން ހިމެނެ އެވެ. އޭގެ ތެރޭގައި ސަރުކާރުގެ ހަރަދުގައި 50 ހައްޖުވެރިން ގޮސްފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox