ޔޫރޯ ތެރޭގައި ޕްލޭސްޓޭޝަން ކުޅުން އިޓަލީ ކުޅުންތެރިންނަށް މަނަލެއް ނޫން

Jun 15, 2024, 9:26 AM
ޔޫރޯ ތެރޭގައި ޕްލޭސްޓޭޝަން ކުޅުން އިޓަލީ ކުޅުންތެރިންނަށް މަނަލެއް ނޫން

ޑޯޓްމަންޑް (ޖޫން 15) - ޔޫރޯ ފުޓުބޯޅަ މުބާރާތް ކުރިއަށްދާއިރު, ޕްލޭސްޓޭޝަން އާއި ވީޑިއޯ ގޭމް ކުޅުން އިޓަލީ ކުޅުންތެރިންނަށް މަނާނުކުރާ ކަމަށް އެ ޓީމުގެ ކޯޗު ލޫޝިއާނޯ ސްޕަލެއްޓީ ބުނެފި އެވެ.

އެންމެ ފަހުގެ ޗެމްޕިއަން އިޓަލީން މިރޭ އެ ޓީމުން ކުޅޭ ފުރަތަމަ މެޗުގައި ނުކުންނާނީ އަލްބޭނިއާއާ ދެކޮޅަށެވެ.

އެ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސްޕަލެއްޓީ އަށް އަމާޒުވި އެއް ސުވާލަކީ، އެ ޓީމުގެ ކުޅުންތެރިންނަށް ވީޑިއޯ ގޭމް/ ޕްލޭސްޓޭޝަން ކުޅުން މަނާކުރި ކަމަށް ދެކެވޭ ވާހަކަތަކުގެ ހަގީގަތް ހާމަކޮށްދިނުމަށެވެ. އޭނާ ބުނީ، ހަގީގަތުގައި އިޓަލީގެ ފުރަތަމަ މެޗުގެ ކުރިން ޖަވާބު ދޭން ޖެހިފައި މި ވަނީ ދައްކަން ބޭނުންނުވާ ކަންތައްތަކުގެ ވާހަކަ ކަމަށާއި އެކަމަކު ހަގީގަތް ހާމަކުރުމަކީ، ވަޒީފާގެ މުހިންމު ބައެއް ކަމަށެވެ.

އެ ގޮތުން، ސްޕަލެއްޓީ ބުނީ، އިޓަލީގެ ކުޅުންތެރިންނަށް ޕްލޭސްޓޭޝަން އަދި އެ ނޫން ވެސް ވީޑިއޯ ގޭމެއް ކުޅުން މަނަލެއް ނުވާނެ ކަމަށެވެ.

"އިޓަލީގެ އެއްވެސް ކުޅުންތެރިއަކަށް ތިޔަ ބުނާ ގޭމްތައް ކުޅުން މަނަލެއް ނުވާނެ. އެކަމަކު، އަހަރެން ބޭނުމެއް ނޫން ކުޅުންތެރިން ރަނގަޅަށް ރޭގަނޑު ނުނިދާ އަނެއް ދުވަހު ފަރިތަކުރުންތަކަށް ދާކަށް" ސްޕަލެއްޓީ ބުންޏެވެ.

އިޓަލީ ފުޓްބޯޅައިގައި ތަޖުރިބާ ބޮޑު ކޯޗު، ސްޕަލެއްޓީ ބުނީ ޔޫރޯ ކޭމްޕުގައި އިޓަލީ ކުޅުންތެރިން ޕްލޭސްޓޭޝަން ކުޅެން އެ ކަމަށް ހާއްސަ ކޮޓަރި އެއް ހަދާފައިވާ ކަމަށެވެ. އަދި އެ ތަނުގައި އޭނާ ވެސް ގޭމް ކުޅުމުގައި ބައިވެރިވާކަމަށް ބުނެފައިވެ އެވެ.

ޔޫރޯގައި އޭނާގެ ޓީމަކީ އެންމެ ފަހުގެ ޗެމްޕިއަނުންނަށް ވުމަކީ އިޓަލީ އަށް އޮތް އެޑުވާންޓޭޖެއް ކަމަށް ސްޕަލެއްޓީ ގަބޫލުކުރެ އެވެ. އެކަމަކު، ޗެމްޕިއަނުންގެ ޕާފޯމެންސް މުބާރާތް ތެރޭގައި ދެއްކުމަކީ ޕްރެޝަރެއް ކަމަށް ވެސް ސްޕަލެއްޓީ ބުނެފައިވެ އެވެ.

އަލްބޭނިއާ އާ ދެކޮޅަށް އިޓަލީން ނުކުންނާނީ އެ ޓީމަށް ފުރިހަމައަށް އިހުތިރާމް ކޮށްގެން ކަމަށާއި, އެ ޓީމަކީ ކައުންޓާގައި ނުރައްކާތެރި ޓީމެއް ކަމަށް ސްޕަލެއްޓީ ވަނީ ފާހަގަކޮށްފަ އެވެ.

އިޓަލީން ޔޫރޯގެ ކުރިން އަދި ޔޫރޯގެ ފުރަތަމަ މެޗަށް ނުކުންނައިރު, ޓީމުގެ ރޫހު ވަރަށް ރަނގަޅު ކަމަށާއި, ކުޅުންތެރިން ތިބީ 2020 ޔޫރޯގެ ކާމިޔާބީ ތަކުރާރު ކުރަން ބޭނުންވެފައި ކަމަށް ސްޕަލެއްޓީ ބުނެފައިވެ އެވެ.

"އިޓަލީ އަބަދުވެސް ފުޓްބޯޅަ މެޗަކަށް ތައްޔާރުވާނީ މޮޅުވެވެން އޮތް ހުރިހާ ގޮތަކަށް ވިސްނައި، ކާމިޔާބީ އަށް ފަހު ވަގުތާ ޖެހެންދެން މަސައްކަތް ކުރަން، ބިރެއް ނުގަންނާނެ، ފަަހަތަކަށް ނުޖެހޭނެ. އެއީ އިޓަލީގެ ބްރޭންޑްގެ ފުޓްބޯޅަ އަކީ،" ސްޕަލެއްޓީ ބުންޏެވެ.

އިޓަލީ ހިމެނިފައި ވަނީ ޔޫރޯގެ މަރުގެ ގްރޫޕްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރާ ގްރޫޕް ބީގަ އެވެ. މި ގްރޫޕުގައި އިޓަލީ އާއި އަލްބޭނިއާގެ އިތުރުން ދެން ހިމެނެނީ ސްޕެއިން އަދި ކްރޮއޭޝިއާ އެވެ.

އިޓަލީ އާއި އަލްބޭނިއާ ކުޅޭ މެޗު ފަށާނީ މިރޭ 12 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox