މާލޭގެ ދަތުރުފަތުރު ކުރުމަށް އުނދަގޫވާ ގޮތަށް ޕާކު ކޮށްފައި އޮތް 163 ވެހިކަލެއް މިދިޔަ ދެ ދުވަހުގެ ތެރޭގައި ޓޯ ކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
މި އުޅަނދުތައް ނެގީ މިދިޔަ ހުކުރު އަދި ބުރާސްފަތި ދުވަހު ކަމަށް ފުލުހުން ބުނެ އެވެ. އެގޮތުން, ބޮޑުތަކުރުފާނު މަގު ކަޅުތުއްކަލާ ކޮށި ކައިރިން ފަތާ ޓްރެކާ ހަމައަށް ޕާކުކޮށްފައި އޮތް 84 އުޅަނދު ނެގި އެވެ.
އޭގެ އިތުރުން, އެހެނިހެން މަގުތަކުން 79 އުޅަނދެއް ވަނީ ނަގާފަ އެވެ. އޭގެ ތެރޭގައި އަމީނީ މަގާއި, އިއްޒުއްދީން މަގުގައި ހުރި އުޅަނދުތައް ހިމެނެ އެވެ.











