ރެކޯޑް ކެޕްޓަނަކަށް ވުމަކުން ސޮބޯސްލާއި އަށް ނުފުދޭ

Jun 15, 2024, 6:15 AM
ރެކޯޑް ކެޕްޓަނަކަށް ވުމަކުން ސޮބޯސްލާއި އަށް ނުފުދޭ

ކޮލޯން (ޖޫން 15) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މި ފަހަރު ވާދަކުރާ ހަންގޭރީގެ ކެޕްޓަން ބޭންޑް އަޅައިގެން، ހުނަރުވެރި މިޑްފީލްޑަރު، ޑޮމިނިކް ސޮބޯސްލާއި ކުޅެން ތައްޔާރުވާއިރު، އޭނާ ވެގެންދާނީ ބޮޑު މުބާރާތެއްގައި އެ ޓީމު ލީޑު ކުރާނެ ހަންގޭރީގެ އެންމެ ޒުވާން ކެޕްޓަަނަށެވެ.

އެކަމަކު، އުމުރުން 23 އަހަރުގެ ސޮބޯސްލާއި، ބޭނުންވަނީ ހަމައެކަނި ޒުވާން ކެޕްޓަނެއްގެ ގޮތުގައި އޭނާގެ ނަން އެ ގައުމުގެ ފުޓްބޯޅައިގެ ތާރީހުގައި ލިޔެވިފައި އޮންނާކަށެއް ނޫނެވެ. އޭނާގެ އަމާޒަކީ އެ ގައުމުގެ ފުޓްބޯޅައިގައި ގައުމަށް ކާމިޔާބު ހޯދައިދިން ކުޅުންތެރިއެއްގެ ގޮތުގައި ގިނަ ބަޔަކަށް އޭނާ އެނގުމަށެވެ.

"އަހަރެން ބޭނުން މިސާލަކަށް ވާން، އަހަރެން ބޭނުންވަނީ ކުރިން ޔޫރަޕްގެ ފުޓްބޯޅައިގައި މީހުންނަށް އެނގުނު ހަންގޭރީ އަކަށް ވުރެ ވަރުގަދަ ޓީމެއް އެެބައޮތްކަން ދައްކުވައިދޭން،" ޔޫރޯގެ ފުރަތަމަ މެޗުގައި، ސްވިޒަލެންޑާ ދެކޮޅަށް ނުކުތުމުގެ ކުރިން ސޮބޯސްލާއި ބުންޏެވެ.

އޭނާ ބުނީ، ގްރޫޕް އޭގައި ހަންގޭރީގެ އިތުރުން ދެން އޮތް ސްވިޒަލެންޑާއި ޖަރުމަނު އަދި ސްކޮޓްލެންޑާ ދެކޮޅަށް ނުކުންނާނީ ޓީމެއްގެ ގޮތުގައި ކާމިޔާބު ހޯދުމަށް ކަމަށެެވެ. އިންޑިވިޖުއަލް ވިސްނުމެއްގައި ކަންކަން ކުރަން އުޅެގެން ފުޓްބޯޅައިގައި ކާމިޔާބު ނުލިބޭނެކަމަށް ސޮބޯސްލާއި ގަބޫލުކުރެ އެވެ.

ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކަށް ފަރުވާ ހޯދަމުން އަންނަ ސޮބޯސްލާއި އަށް ފުރަތަމަ މެޗު ގެއްލުމުގެ ބިރު ވެސް އެބައޮތެވެ. އޭނާ ބުނީ އެއްކޮށް ފިޓްނުވާނަމަ، ރިސްކެއް ނުނަގާނެ ކަމަށެވެ.

"އަހަރެންގެ ސަބަބުން ޓީމު ގެއްލުމެއްގެ ތެރެއަށް ހުށަހެޅެން ބޭނުމެއް ނޫން. ދެން، އަހަރެން ބޭނުމެއް ނުވޭ ޓީމުން ބޭރުން ދުނިޔޭގެ އެތަންމިތަނުން އެ އިވޭ އަޑުތަކުން ޓީމަށް ޕްރެޝަރަކަށްވާން. ދެން، ފުޓްބޯޅައިގައި މި އޮންނަ ޕްރެޝަރުގެ އިހުސާސް ކުރެވޭނަމަ، މިއީ ޓީމެއް، އެކަކު އަނެކަކަށް އެހީވެގެން، ޔޫރޯގެ މި ފުރުސަތުގެ ބޭނުންހިފަންވީ،" ކްލަބް ލެވަލްގައި އިންގްލެންޑްގެ ލިވަޕޫލަށް ކުޅެމުން އަންނަ ސޮބޯސްލާއި ބުންޏެވެ.

އެންމެ ފަހުން، 2021 ވަނަ އަހަރު ބޭއްވި ޔޫރޯގައި ސޮބޯސްލާއި ނުކުޅެ އެވެ. އެއީ މުބާރާތަށް ކުޑަތަންވެފައި ވަނިކޮށް ލިބުނު އަނިޔާއެއްގެ ސަބަބުންނެވެ. އެހެންވެ، މި ފަހަރުގެ ޔޫރޯ އަށް ސޮބޯސްލާއި ހުރީ ތަފާތު ރޫހެއްގަ އެވެ. އެ ގައުމުގެ ފުޓްބޯޅަ އަށް ރަނގަޅު މުބާރާތަކަށް ޔޫރޯ ހެދުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox