ހަންގޭރީއާ މެދު "އާދައިގެ ވިސްނުމަކުން" ސްވިޒަލެންޑް ނުދެކޭނެ

Jun 15, 2024, 5:33 AM
ހަންގޭރީއާ މެދު "އާދައިގެ ވިސްނުމަކުން" ސްވިޒަލެންޑް ނުދެކޭނެ

ކޮލޯން (ޖޫން 15) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިއަދުގެ މެޗަށް ނުކުންނައިރު، ހަންގޭރީ އަކީ އާދައިގެ ޓީމެއްގެ ގޮތުގައި ނުދެކޭނެ ކަމަށް ސްވިޒަލެންޑްގެ ކޯޗު މުރާތު ޔަކިން ބުނެފި އެވެ.

ގްރޫޕް އޭގައި ރޭ ޖަރުމަނުން ވަނީ ސްކޮޓްލެންޑް އަތުން 5-1 އިން މޮޅުވެފަ އެވެ. އެހެންކަމުން، އެ ގްރޫޕްގައި ދެން އޮތް ސްވިޒަލެންޑާއި ހަންގޭރީ އަށް މިއަދުގެ މެޗު ވަރަށް މުހިންމުވާނެ އެވެ.

ސްވިޒަލެންޑްގެ ކޯޗު ޔަކިން ބުނީ ހަންގޭރީން ދައްކަމުން އަންނަ ކުޅުމަށް ބަލާއިރު އެ ޓީމަކީ ވަރަށް އޯގަނައިޒްކޮށް ކުޅޭ ޓީމެއްކަން ފާހަގަކުރެވޭ ކަމަށެވެ.

"ވަރަށް ވަރުގަދަ އަށް ކުޅޭ ޓީމެއް. އެ މީހުންގެ ހުރިހާ ޑިޕާޓްމަންޓެއް ވެސް ފެންނަނީ ވަރަށް ވަރުގަދަކޮށް. އަހަރެން ކުޅުންތެރިން ގާތުގައި ބުނަމުން މި އަންނަނީ މި މެޗުގައި އާދައިގެ ވިސްނުމަކުން ކުރިމަތިނުލަން. ވަރަށް ފަރުވާ ބަހައްޓައިގެން މި ކުޅެނީ ވަރުގަދަ ޓީމަކާކަން ދަނެގެން ކުޅެން،" ޔަކިން ބުންޏެވެ.

ސްވިޒަލެންޑުން ވަނީ އެންމެ ފަހުން ބޭއްވި ޔޫރޯގެ ކުއާޓާ ފައިނަލަށް ދަތުުރުކޮށްފަ އެވެ. ޔަކިން ބުނީ، މި ފަހަރު އަމާޒަކީ އެއް ހަރުފަތް މައްޗަށް ޖައްސާލުން ކަމަށެވެ. އަދި އެ ޓީމުގެ ކިބައިގައި އެ ފެންވަރު އެބަހުރި ކަމަށް ޔަކިން ގަބޫލުކުރެ އެވެ.

"އަހަރެމެން ކުޅެން މަސައްކަތް މި ކުރާ ގޭމް ކުޅެން ޖެހޭނީ، އެހެން ވިސްނުންތަކެއް ގެނެސްގެން ބަދަލުތަކެއް ގެންނަން އުޅުން ރަނގަޅެއް ނުވާނެ. އިތުބާރާ އެކު ކުޅެ މޮޅުވުން އޮތީ،" ޔަކިން ބުންޏެވެ.

ސްވިޒަލެންޑާއި ފްރާންސަކީ އެންމެ ފަހުން ބޭއްވި ބައިނަލްއަގުވާމީ ފަސް މުބާރާތުގެ ވެސް ކުއާޓާ ފައިނަލުގައި ކުޅުނު ހަމައެކަނި ދެ ޓީމެވެ.

މި މެޗަށް ނުކުންނައިރު ސްވިޒަލެންޑާއި ހަންގޭރީ އަށް ވެސް އަނިޔާގެ މައްސަލަތަކެއް އެބަހުއްޓެވެ. އެ ގޮތުން، ދެ ޓީމުގެ މުހިންމު ކުޅުންތެރިން ކަމަށްވާ ހަންގޭރީގެ ޑޮމިނިކް ސޮބޯސްލާއި އާއި ސްވިޒަލެންޑްގެ ބްރީލް އެމްބޯލޯ މި މެޗަށް އެއްކޮށް ފިޓެއް ނޫނެވެ.

ހަންގޭރީގެ ކޯޗު މާކޯ ރޮސީ: އޭނާ ދެކޭގޮތުގައި ވާދަކުރެވޭނެ ފެންވަރު އެ ޓީމުގެ އެބަހުރި.

އެންމެ ފަހުން ހަންގޭރީ އާއި ސްވިޒަލެންޑް ބޮޑު މުބާރާތެއްގައި ބައްދަލުކުރީ 1938 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގަ އެވެ. ހަންގޭރީ ވަނީ އެ މެޗުން 2-0 އިން މޮޅުވެފަ އެވެ.

ހަންގޭރީގެ ކޯޗު އިޓަލީ އަށް އުފަން މާކޯ ރޮސީ ދެކޭގޮތުގައި، މި ގްރޫޕްގެ ފޭވަރިޓުންނަކީ ޖަރުމަނާއި ސްވިޒަލެންޑް އެވެ. އެކަމަކު، އެ ޓީމުން ނޮކައުޓް ބުރަށް ދާން ކުރާ މަސައްކަތުގައި އޮތް ކޮންމެ ފުރުސަތަކަށް ވެސް މަސައްކަތްކުރާނެކަން ފާހަގަކޮށް، ރޮސީ ބުނީ، ހުރިހާ ގްރޫޕަކުން އެންމެ ރަނގަޅު ނަތީޖާ ނެރޭ ތިން ވަނަ ޓީމަށް ވެސް ފުރުސަތު އޮތުމަކީ، ހަންގޭރީން ކޮންމެވެސް ވަރަކަށް ވިސްނާނެ ކަމެއް ކަމަށެވެ.

"އަހަރެމެންގެ ވިސްނުމަކީ، ދެން ހުވަފެނަކީ ވެސް، ގަދަ 16 އަށް ދިއުން، މަސައްކަތް ކުރަނީ ވެސް އެ މިސްރާބަށް، އަހަރެމެން ސާބިތުކޮށްދީފައި އޮތީ ކޮންމެ ޓީމެއް އަތުން ވެސް މޮޅުވެވޭނެކަން، އެކަމަކު، ގަބޫލުކުރަން ޖެހޭ ހަގީގަތެއް އެއީ، ކޮންމެ ޓީމެއް އަތުން ބަލިވެސް ވެދާނެ. ހަމަބިމުގައި ފައި ބަހައްޓައިގެން އަދާކުރަން ޖެހޭ ވަޒީފާ އަށް ފަރުވާ ބަހައްޓަންވީ،" ރޮސީ ބުންޏެވެ.

ހަންގޭރީ އާއި ސްވިޒަލެންޑްގެ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 6:00 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox