ޔޫރޯ 2024: ޖަރުމަނުގެ ވިސްނުމަކީ "ސެކިއުރިޓީ ވަރުގަދަ" މުބާރާތަކަށް ހެދުން

Jun 14, 2024, 6:39 AM
ޔޫރޯ 2024 ގައި ބޭނުންކުރާ ސްޓޭޑިއަމްގެ ސެކިއުރިޓީ ޗެކް ކުރުމުގައި ކުއްތާއެއް ބޭނުންކުރަނީ.

ޔޫރޯ 2024 ގައި ބޭނުންކުރާ ސްޓޭޑިއަމްގެ ސެކިއުރިޓީ ޗެކް ކުރުމުގައި ކުއްތާއެއް ބޭނުންކުރަނީ.

ޖަރުމަނުގައި މިއަދުން ފެށިގެން އެއް މަސް ދުވަހަށް ދިގުދެމިގެންދާ ޔޫރޯ ފުޓްބޯޅަ މުބާރާތް ހޯސްޓްކުރާއިރު، އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނާއި ސަރުކާރުން އެންމެ ބޮޑު ޗެލެންޖެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ، މި ފަހަރުގެ މުބާރާތަކީ ސެކިއުރިޓީގެ ގޮތުން ބަލާއިރު، ރައްކާތެރި މުބާރާތަކަށް ހެދުމަށް ކަމަށެވެ

އެ ގޮތުން، ޔޫކްރެއިނާއި ރަޝިއާގެ ހަނގުރާމަ އާއި ފަލަސްތީނަށް އަރައި، އިޒްރޭލުން ކުރަމުން އަންނަ ހަނގުރާމައިގެ، ސަބަބުން، މި ފަހަރުގެ ޔޫރޯގައި ގިނަ ބަޔެއް ފުޓްބޯޅައިން ބޭރުގެ ޝުއޫރުފާޅުކުރުމުގައި، ކަންތައްތަކެއް ކުރިއަށްގެންދާނެ ކަމަށް ޖަރުމަނު ފުޓްބޯޅަ އިދާރާއިން އެއްކުރި މައުލޫމާތަކުން އެނގެ އެވެ. މި ހުރިހާ ކަމަކަށް ބަލައި، ޖަރުމަނުން ތައްޔާރުވަނީ، ވަރަށް އަމާންއޮމާންކޮށް މުބާރާތް ކުރިއަށްގެންދެެވޭނެ ގޮތަށް ކަންކަން ރޭވުމަށެވެ.

މި ފަަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކަންކަން ބެލެހެއްޓުމަށް، ޔުއެފާ އާއި ޖަރުމަނު ފުޓްބޯޅަ ފެޑެރޭޝަނުން އެމްބަސަޑަރަކަށް ހަމަޖައްސާފައިވަނީ، ޖަރުމަނުގެ ކުރީގެ ތަރި، ފިލިޕް ލާމް އެވެ. ޖަރުމަނު ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން، ފިލިޕް ލާމް ބުނީ، 2006 ވަނަ އަހަރު އެ ގައުމުން ފީފާ ވޯލްޑް ކަޕް ހޯސްޓްކުރިއިރާއި މިހާރުގެ ހާލަތު ހުރިހާ ގޮތަކުން ވެސް ތަފާތު ކަމަށެވެ. އެ ހުރިހާ ކަމަކަށް އަލި އަޅުވާލައި، ޖަރުމަނުން ތައްޔާރުވަނީ ވަރަށް ވަރުގަދަ މުބާރަތެއް ހޯސްޓްކުރުމަށް ކަމަށް ލާމް ވަނީ ބުނެފަ އެވެ.

ޔޫރޯއާ ގުޅޭ ބައްދަލުވުމެއްގައި ލާމް ވާހަކަ ދައްކަނީ،

އެ ގޮތުން، މުބާރާތުގައި ވާދަކުރާ 24 ޓީމު ޖަރުމަނުގައި ތިބޭ ކޭމްޕް/ހޮޓެލްތަކުގައި ސެކިއުރިޓީ ވަރުގަދަ ކުރުމާއި 2.7 މިލިއަން ސަޕޯޓަރުން ހަރަކާތްތެރިވާނެ ކަމަށް ބެލެވޭ ފޭންޒޯންތަކުގައި ވެސް ސެކިއުރިޓީ ވަރުގަދަކުރަން ޖަރުމަނު ފުޓްބޯޅަ ފެޑެރޭޝަނާއި މުބާރާތުގެ ހާއްސަ ކޮމިޓީން އަންނަނީ މަސައްކަތް ކުރަމުންނެވެ

ސެކިއުރިޓީ ވަރުގަަދަ ކުރުމުގެ ގޮތުން، މުބާރާތުގައި ވާދަކުރާ 24 ގައުމުގެ ތެރެއިން 300 އެއްހާ ސެކިއުރިޓީ ތަޖުރިބާކާރުން ޖަރުމަނުގައި ހަރަކާތްތެރިވާނެ އެވެ. އެ ފަރާތްތަކުން މަސައްކަތްކުރާނީ އިންޓަނޭޝަނަލް ޮޮލިސް ކޯޕަރޭޝަން ސެންޓަރު (އައިޕީސީސީ)އާ އެކުގަ އެވެ

ޖަރުމަނުގެ ދިފާއީ ބާރުތަކުގައި މަސައްކަތްކުރާ އެއްވެސް ފަރާތަކަށް ޔޫރޯ ފުޓްބޯޅަ މުބާރާތް ބާއްވާ މުއްދަތުގައި ޗުުއްޓީ ނުދޭން ވަނީ ނިންމައިފަ އެވެ. މީގެ އެންމެ ބޮޑު ސަބަބަކީ، ޖަރުމަނުގެ ބޯޑަރު ގާއިމްކޮށްފައިވާ ނުވަ ސަރަަހައްދުގައި ވީ އެންމެ ރަނގަޅަށް ފޯރިމެރުމުގެ ގޮތުންނެވެ

މީގެ އިތުރުން، ޔުއެފާ އާއި ޖަރުމަނުން މީގެ ކުރިން ފިޔަވަޅު އަޅާފައިވާ އެއްވެސް ސަޕޯޓަރަކަށް ޖަރުމަނަށް އެތެރެ ނުވެވޭގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. އެ ގޮތުން، އިނގިރޭސި 1600 އަށް ވުރެ ގިނަ ސަޕޯޓަރަކަށް މި ފަހަރު ޖަރުމަނުގައި ބާއްވާ ޔޫރޯ ބަލަން ނުދެވޭނެ އެވެ. އެއީ، މީގެ ކުރިން އެކި ކަހަލަ މައްސަލަތަކުގައި ދަނޑަށް ނުވަދެވޭ ގޮތަށް އަދަބުދީފައިވާ ސަޕޯޓަރުންނެވެ

ކޮންމެ މެޗެއް ކުރިއަށްދާއިރު، 800 އާއި 1300 އާ ދެމެދުގެ އަދަދަކަށް ފުލުހުން/ސެކިއުރީޓީން ހަރަކާތްތެރިވާނެ އެވެ. ޖަރުމަނުގައި ކުރިއަށްދާ ޔޫރޯގެ ސެކިއުރިޓީ ވަރުގަދަ ކުރަން ފްރާންސާއި އިނގިރޭސިވިލާތް ހިމެނޭހެން ނުވަ ގައުމަކުން ފުލުހުން/ސިފައިން ޖަރުމަނަށް ފޮނުވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox