މުއިއްޒު ޖަރުމަނަށް ވަޑައިގަންނަވަނީ ދެ ދުވަހަށް 22 މީހުންގެ ބިޔަ ވަފުދަކާއެކު

Feb 2, 2026, 1:52 PM
ރައީސް މުއިއްޒު

ރައީސް މުއިއްޒު

ޖަރުމަނުގެ ޔުނިވާސިޓީއެއްގައި ތަގުރީރު ކުރެއްވުމަށް ރައީސް މުހައްމަދު މުއިއްޒު އަންނަ ހަފުތާގައި އެ ގައުމަށް ފުރާވަޑައިގަންނަވަނީ އެންމެ ދެ ދުވަހަށް 22 މީހުންގެ ބޮޑު ވަފުދަކާއެކު އެވެ.

އަދަދު ނޫހާ ވާހަކަ ދެއްކެވި ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވީ މުއިއްޒު ފުރާވަޑައިގަންނަވާނީ އަންނަ ހޯމަ ދުވަހު ކަމަށެވެ. އަދި ޖަރުމަނަށް ވަޑައިގެންނެވޭނީ އަންގާރަ ދުވަހު ކަމަށް އޭނާ ވިދާޅުވި އެވެ. ޖަރުމަނުން އެނބުރި ރާއްޖެއަށް ވަޑައިގަތުމަށް ފުރާވަޑައިގަންނަވާނީ ބުރާސްފަތި ދުވަހު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެހެންކަމުން މުއިއްޒު ޖަރުމަނުގައި ހޭދަ ކުރައްވާނީ ގިނަވެގެން ދެ ދުވަހެވެ. އެކަމަކު އެ ކުރު މުއްދަތަށް ވެސް އެމަނިކުފާނާއެކު 22 އޮފިޝަލުން ހިމެނޭ ޓީމެއް ފުރުމަށް ހަމަޖެހިފައިވާ ކަމަަށް ވެސް މި ނޫހާ ވާހަކަ ދެއްކެވި އޮފިޝަލް ވިދާޅުވި އެވެ.

Advertisement

މުއިއްޒު ޖަރުމަނަށް ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމެއް މިހާތަނަށް ސަރުކާރުން ނުބުނެ އެވެ. އެކަމަކު، އަންނަ ހަފުތާގެ ބުދަ ދުވަހު ހަމްބޯލްޓް ޔުނިވާސިޓީ އޮފް ބާލިންގައި އެމަނިކުފާނު ތަގުރީރެއް ކުރައްވަން ހަމަޖެހިފައިވާ ކަމަށް އެ ޔުނިވާސިޓީ އިން ވަނީ ހާމަކޮށްފަ އެވެ.

މުއިއްޒު ތަގުރީރު ކުރައްވަން ހަމަޖެހިފައި ވަނީ 'ކްލައިމެޓް ޗޭންޖް ވިތައުޓް ބޯޑާސް؛ ދިވެހިރާއްޖޭގެ ތަޖުރިބާ' މި މައުލޫއަށެވެ. އެ ތަގުރީރުގައި މޫސުމީ ބަދަލުތަކަށް ހޭނުމަށް ރާއްޖެއިން ގެންގުޅޭ އުސޫލުތަކާއި އެ ދާއިރާއިން ބައިނަލްއަގުވާމީ މުޖުތަމައުއަށް ލިބިދެވޭނެ މުހިންމު ފިލާވަޅުތަކަށް އެމަނިކުފާނު އަލިއަޅުއްވައިލައްވާނެ އެވެ.

މުއިއްޒުގެ ދަތުރުގައި ޔުނިވާސިޓީގައި ތަގުރީރު ކުރެއްވުމުގެ އިތުރުން އެހެން މަސައްކަތެއް ތާވަލު ކުރެވިފައިވާ ކަމެއް އަދި ނޭނގެ އެވެ. ނަމަވެސް، ރާއްޖެއިން ރިކޯޑު އަދަދެއްގެ ދަރަނި ދައްކަންޖެހިފައިވާ މި ދަނޑިވަޅުގައި ފައިސާ އާއި އިންވެސްޓްމަންޓާއި އިގްތިސާދާ ގުޅުން ހުރި ބައްދަލުވުމެއްގައި މުއިއްޒު ބައިވެރިވެވަޑައިގަތުން އެކަށީގެންވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޕްލާސްޓިކް ހޮޅި މަނާކުރުން ފަސްކުރުމުން އެމްޑީޕީގެ ކަންބޮޑުވުން

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ ބައެއް ބާވަތްތައް މަނާކުރުން 2031 ވަނަ އަހަރަށް ފަސްކުރުމަށް ސަރުކާރުން ނިންމި ނިންމުމާމެދު އިދިކޮޅު އެމްޑީޕީން ކަންބޮޑުވުން ފާޅުކުރޭ. އެ ޕާޓީން ބުނީ މިއީ ތިމާވެށި ހިމާޔަތްކުރުމަށް އަޅާފައިވާ މުހިންމު ފިޔަވަޅެއް ފަހަތަށް ޖައްސާލުން ކަމަށް.

"ރަސްމާލެ ކުއްޔަށް ދެވިގެން ނުވާނެ، އެކަމާ ދެކޮޅު ހަދަންޖެހޭ"

ރަސްމާލޭގެ ބޮޑު ބައެއް ޔޫއޭއީގެ ކުންފުންޏަކަށް ކުއްޔަށް ދިނުމަކީ ދައުލަތަށް ގެއްލުންވާނެ ކަމެއް ކަމަށް ވިދާޅުވެ، ޝަމްހީދު އެކަމާ ދެކޮޅު ހައްދަވާ. މަޖިލީހަށް ސިއްރުން މިފަދަ އަގުހުރި ބިންތައް ދޫކުރުމަކީ ގާނޫނީ ގޮތުން ސުވާލު އުފެދޭ ކަމެއް ކަމަށާއި، މި އެއްބަސްވުމުގެ ސަބަބުން ބިން ހިއްކުމަށް ދިޔަ ޚަރަދުވެސް ދައުލަތަށް ނުލިބޭނެ ކަމަށް އޭނާ ވިދާޅުވި.

ބީއެމްއެލްއިން 12 ބުރީގެ އޮފީސް އިމާރާތެއް ތަރައްގީކުރަނީ

ބޭންކް އޮފް މޯލްޑިވްސްއިން މާލޭގައި 12 ބުރީގެ އޮފީސް އިމާރާތަކާއި 3 ބުރީގެ ކޮމާޝަލް އިމާރާތެއް ޑިޒައިންކޮށް، ފައިނޭންސްކޮށް، އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފިއެވެ. މި މަޝްރޫއަށް ކުރިމަތިލާ ފަރާތްތަކަކީ ތަޖުރިބާކާރު ކުންފުނިތަކަކަށް ވާންޖެހޭއިރު، މަޝްރޫއު ކުރިއަށް ގެންދަންޖެހޭނީ ކޮންޓްރެކްޓަރުން އަމިއްލައަށް ފައިސާ ހޯދައިގެން.

މާދަމާއަށް ތާވަލުކުރި ޔާމީންގެ ޝަރީއަތް އަންނަ މަހަށް ފަސްކޮށްފި

ރ. ފުއްގިރި މައްސަލައިގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޚުލާސާ ބަޔާން އިއްވުމަށް މާދަމާއަށް ތާވަލުކުރި އަޑުއެހުން އަންނަ މަހުގެ 8 ވަނަ ދުވަހަށް ވަނީ ފަސްކޮށްފައި. މީގެ އިތުރުން، ވ. އާރަށް މައްސަލައިގައި ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ ގުޅޭ އަޑުއެހުމެއް މި މަހުގެ 29 ވަނަ ދުވަހަށް ވަނީ ތާވަލުކޮށްފައި.

އެމްޑީޕީގެ އެކްޓިވިސްޓު ޝާމިން ބަންދުން ދޫކޮށްލައިފި

އެމްޑީޕީގެ މުޒާހަރާއެއްގައި ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަކަށް ވަދެ، ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެކްޓިވިސްޓު މުހައްމަދު ޝާމިން ހައްޔަރުކުރީ، އޭނާގެ މައްޗަށް މުދަލަށް ގެއްލުންދިނުމާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ތުހުމަތުކޮށްފަ.

އަބޫދާބީ ކުންފުނީގެ ފްލެޓުތައް ސަރުކާރަށް ލިބެނީ ހިލޭ

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓަކީ ސަރުކާރުން އެއްވެސް ގެރެންޓީއެއް ނުވަތަ ފައިނޭންޝަލް ކޮމިޓްމަންޓެއް ދީގެން ހިންގާ މަޝްރޫއެއް ނޫން ކަމަށާއި، މިއީ އެ ކުންފުނީގެ އަމިއްލަ ހަރަދުގައި ކުރިއަށްގެންދާ މަސައްކަތެއް ކަމަށް ސަރުކާރުން ބުނޭ.

ނައިބުރައީސް އދ. ގެ ސެކްރެޓަރީ ޖެނެރަލާ ބައްދަލުކުރައްވައިފި

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް، އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒްއާ ބައްދަލުކުރައްވައި މޫސުމީ ބަދަލުތަކާއި ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވި. މި ބައްދަލުކުރެއްވުމުގައި ރާއްޖެއިން އިސްކަންދޭ މުހިންމު ކަންކަމާއި ފަލަސްތީނުގެ ހާލަތާ ގުޅޭގޮތުން ވާހަކަދެއްކެވި.

Newsletter

Get the latest news delivered straight to your inbox