އިޓަލީ

Jun 14, 2024, 10:30 AM
އިޓަލީ

ދުނިޔޭގެ ފުޓްބޯޅައިގެ ގަދަ ބާރެއް ކަމަށްވާ އިޓަލީ އަކީ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނެވެ. އިޓަލީން 1968 ވަނަ އަހަރު އަމިއްލަ ގައުމުގައި އެ މުބާރާތް ހޯސްޓްކޮށް، ކާމިޔާބުކުރި ފަހުން، އެ ޓީމަށް މި މުބާރާތުގެ ތަށި އުުފުލާލެވުނީ އެންމެ ފަހުން ފަހަރު އެވެ. އިޓަލީ ވަނީ 2000 އާއި 2012 ވަނަ އަހަރުގެ ޔޫރޯ ފައިނަލުގައި ބަލިވެފަ އެވެ.

އިޓަލީ އެންމެ ފަހުން ދެ ވޯލްޑް ކަޕަށް ވެސް ކޮލިފައިނުވެ އެވެ. އެކަމަކު، ޔޫރޯގައި އެ ޓީމުން އަންނަނީ 1996 އިން ފެށިގެން މެދުކެނޑުމެއް ނެތި ވާދަކުރަމުންނެވެ.

އެންމެ ފަހުން ބޭއްވި ޔޫރޯ އިޓަލީ އަށް ކާމިޔާބުކޮށްދިން ކޯޗު، ރޮބާޓޯ މަންޗިނީ އެ ޓީމު ދޫކޮށް، ސައުދީ އަރަބިއްޔާ އަށް ބަދަލުވިއިރު، އިޓަލީގެ ކޯޗުކަމާ ހަވާލުވީ އެ ގައުމުގެ ލޫޝިއާނޯ ސްޕަލެއްޓީ އެވެ.

ސްޕަލެއްޓީގެ ކޯޗުކަމާ ހަވާލުވިއިރު، އިޓަލީ އަށް އޮތީ ޔޫރޯ ކޮލިފައިންގެ ފަހު މަރުހަލާ އެވެ. ޔޫރޯ އަށް އިޓަލީ ކޮލިފައިވީ ހަނި ފަރަަގަކުން، ކޮލިފައިން ގްރޫޕްގެ ދެ ވަނަ ހޯދައިގެންނެވެ. ކޮލިފައިންގައި އިޓަލީ ހިމެނުނީ، އިންގްލެންޑާ އެއް ގްރޫޕެއްގައި ކަމަށްވާއިރު، ގްރޫޕް އެއް ވަނަ ހޯދީ އިންގްލެންޑް އެވެ. އިޓަލީ ދެ ވަނަ އަށް ދިޔައީ، ތިން ވަަނަ ހޯދި ޔޫކްރެއިނާ ޕޮއިންޓް އެއްވަރުވި ނަމަވެސް، ހެޑް ޓު ހެޑް އަށް ބަލާއިރު ކުރިލިބޭތީ އެވެ.

ތިން އަހަރުގެ ކޮންޓްރެކްޓެއްގައި އިޓަލީގެ ކޯޗުކަމާ ހަވާލުވި ސްޕަލެއްޓީގެ އިރުޝާދުގެ ދަށުން މި ފަހަރުގެ ޔޫރޯއާ އެ ޓީމު ކުރިމަތިލާއިރު، ހިމެނިފައިވާ ގްރޫޕް ފެންނަނީ ޗެލެންޖް ބޮޑުކޮށެވެ. އިޓަލީގެ އިތުރުން މި ގްރޫޕްގައި ސްޕެއިނާއި ކްރޮއޭޝިއާ އޮތްއިރު، ދެން ހިމެެނެނީ އަލްބޭނިއާ އެވެ.

އިޓަލީ ޓީމުގައި ފާހަގަކޮށްލެވޭ ކުޅުންތެރިންނަށް ބަލާއިރު، ގޯލްކީޕަރު ޖިއަންލުއީޖީ ޑޮންނަރުންމާގެ އިތުރުން، ފެޑެރީކޯ ކިއޭސާ އަކީ ވެސް މި ފަަހަރު މުހިއްމު ރޯލެއް އަދާކުރާނެ ކުޅުންތެރިއެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox