އަލް ނަސްރަށް އެލިސަން ނޫނެކޭ ބުނެފި

Jun 14, 2024, 3:47 AM
އަލް ނަސްރަށް އެލިސަން ނޫނެކޭ ބުނެފި

ލިވަޕޫލް (ޖޫން 14) - ސައުދީ ޕްރޯ ލީގުގެ ކްލަބް އަލް ނަސްރުން ލިވަޕޫލްގެ ބްރެޒިލް ގޯލްކީޕަރު، އެލިސަން ބެކާ ހޯދަން ކުރި މަސައްކަތް ނާކާމިޔާބުވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ރޯމާ ދޫކޮށް 2018 ވަނަ އަހަރު ލިވަޕޫލަށް ބަދަލުވި އެލިސަން، 31، ހޯދަން އަލް ނަސްރުން ބޮޑު ކޮންޓްރެކްޓެއް ހުށަހެޅި ނަމަވެސް އެ ޑީލް ކުރިއަށްދިއުމުގެ ފުރުސަތު ނެތް ކަމަށް ރިޕޯޓްތައް ބުނެ އެވެ. ސަބަބަކީ އެލިސަންގެ ފޯކަސް މި ވަގުތު ހުރީ ލިވަޕޫލްގައި މަޑުކޮށް، އާ ކޯޗު އާން ސްލޮޓާ އެކު މަސައްކަތް ކުރުމަށެވެ.

އަލް ނަސްރަކީ ލިވަޕޫލްގެ ކުރީގެ ފޯވާޑް، ސަޑިއޯ މާނޭ ވެސް ކުޅެމުން އަންނަ ކްލަބް އެވެ. އެ ޓީމުގެ ކެޕްޓަނަކީ ޕޯޗުގީސް ތަރި ކްރިސްޓިއާނޯ ރޮނާލްްޑޯ އެވެ. އެލިސަން އެ ޓީމަށް ދާން ބޭނުންނުވާ ކަމަށް ހާމަކުރުމާ އެކު، އަލް ނަސްރުން މިހާރު މަސައްކަތް ފަށާފައިވަނީ ޔުވެންޓަސް އަށް ކުޅޭ ޕޮލެންޑްގެ ކީޕަރު ވޮޒްޝިއޭ ޝެޒްނީ ގެންދިއުމަށެވެ.

އެލިސަން، ލިވަޕޫލަށް ބަދަލުވި ފަހުން ކުޅުނު 260 އަށް ވުރެ ގިނަ މެޗުތަކަށް ބަލާއިރު، 114 މެޗު ނިންމާލީ ކޮޅަށް ގޯލެއް ނުވަދެ އެވެ.

މި ވަގުތު ގައުމީ ޓީމާ އެކު ހުރި އެލިސަން އަންނަނީ ބްރެޒިލުން ކޮޕަ އެމެރިކާ އަށް ތައްޔާރުވާން ކުޅުނު މެޗުތަކުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އެ ގޮތުން، މެކްސިކޯ އަތުން 3-2 އިން ބްރެޒިލް މޮޅުވި މެޗާއި އެމެރިކާ އާއި 1-1 އިން ބްރެޒިލް އެއްވަރުވި މެޗުގައި އެލިސަން ވަނީ ރަނގަޅު ހަމަލާތަކެއް ހުއްޓުވައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox