ފުޅާ ދާއިރާއެއްގައި ހިޔާލުތައް ހޯދައިގެން ގާނޫނު އަސާސީއަށް ގެންނަ ބަދަލުތަކުގެ ޖުމުލަ ބިލެއް ހުށަހަޅަނީ

އެޓާނީ ޖެނެރަލް އަހުމަދު އުޝާމް: ގާނޫނު އަސާސީއަށް އިސްލާހުތައް ގެނައުމުގެ ޖުމުލަ ބިލެއް ހުށަހަޅަން ނިންމައިފި - ފޮޓޯ: އޭޖީ އޮފީސް

އެޓާނީ ޖެނެރަލް އަހުމަދު އުޝާމް: ގާނޫނު އަސާސީއަށް އިސްލާހުތައް ގެނައުމުގެ ޖުމުލަ ބިލެއް ހުށަހަޅަން ނިންމައިފި - ފޮޓޯ: އޭޖީ އޮފީސް

ދައުލަތް ހިންގުން ހަރުދަނާ ކުރުމަށް ޓަކައި ގާނޫނު އަސާސީއަށް ގެންނަން ފެންނަ ބަދަލުތަކާ ގުޅޭ ޖުމުލަ ބިލެއް، ރައްޔިތުންގެ މަޝްވަރާއާއި ހިޔާލު ހޯދުމަށް ފަހުގައި ހުށަހަޅުއްވާނެ ކަމަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ލެޖިސްލެޓިވް އެޖެންޑާގެ ބިލުތަކުގެ ލިސްޓު ތައްޔާރުކޮށް ކެބިނެޓުން ފާސްކުރުމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އުޝާމް ވިދާޅުވީ ދައުލަތް ހިންގުން ހަރުދަނާ ކުރުމުގެ އިތުރުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ މެނިފެސްޓޯގައި ހިމެނޭ ކަންކަން ތަންފީޒުކުރަން ގާނޫނު އަސާސީއަށް ވެސް ގެންނަން ޖެހޭ ގިނަ ބަދަލުތަކެއް އޮތް ކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

ސަރުކާރުގެ ވިސްނުމަކީ ގާނޫނު އަސާސީއަށް ގެންނަން ފެންނަ ބަދަލުތައް ވަކިވަކިން ހުށަހެޅުމުގެ ބަދަލުގައި ހުރިހާ ބަދަލުތަކެއް ޖުމުލަކޮށް ހިމެނޭ އެއް ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުން ކަން އުޝާމް ފާހަގަ ކުރެއްވި އެވެ. އެ ބިލު ހުށަހަޅާނީ ވީހާވެސް ގިނަ މުއައްސަސާތަކާއި އާންމުންގެ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރުމަށް ފަހު ކަމަށް އޭނާ ވިދާޅުވި އެވެ.

ގާނޫނު އަސާސީއަށް ގެންނަ ބަދަލުތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ހިފެހެއްޓުމާއި މަޖިލީސް އެކުލެވިގެންވާ ގޮތުގެ އިތުރުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް ބަދަލު ކުރުން ވެސް ހިމެނެ އެވެ. އިންތިހާބުތައް އެއް ތާރީހެއްގައި ބޭއްވުމާއި ވަޒީރުންނަށް ރުހުން ދިނުން ފަދަ ކަންކަމުގައި ދިމާވާ މައްސަލަތައް ހައްލުކުރަން ގެންނަން ޖެހޭ ބަދަލުތައް ފާހަގަ ކުރެއްވި އެވެ.

"އަޅުގަނޑުމެންގެ ވިސްނުން ހުރީ ގާނޫނު އަސާސީއަށް ގެންނަން ޖެހޭ އިސްލާހުތައް ހަމަ އެއް ފަހަރާ ހުށަހެޅުން، އެހެންވެގެން އަޅުގަނޑު މި ދެންނެވީ، އަޅުގަނޑުމެން ބޭނުންވާ ބަދަލުތަކުގެ އިތުރުން އެހެން އިދާރާތަކުގެ ހިޔާލުން ފެންނަ ބަދަލުތައް ވެސް ހިމަނައިގެން ހުށަހަޅާ ވާހަކަ، ރަނގަޅު ކޮންސަލްޓެންޓިން ޕްރޮސެސްއަކަށް ފަހު ހުށަހެޅުން،" އުޝާމް ވިދާޅުވި އެވެ.

ގާނޫނު އަސާސީއަށް ގެންނަ ބަދަލުތަކުގެ ތެރެއިން މަޖިލީހުގެ މެންބަރުންގެ އަދަދު ހިފެހެއްޓުމާއި ސިޔާސީ ނުފޫޒު ނުފޯރާ ގޮތަށް ޖޭއެސްސީގެ އެކުލެވުން ބަދަލުވުމަކީ ރައްޔިތުން ވަރަށް ބޮޑަށް އެދެމުން އަންނަ ދެ ކަމެކެވެ.

އެ ބިލުތައް ޑްރާފްޓް ކުރުމުގެ މަސައްކަތް އަދި ނުނިމޭ ކަމަށް އުޝާމް ވިދާޅުވި އެވެ. ސަރުކާރުގެ ވިސްނުމަކީ ވީހާވެސް އަވަހަށް ހިޔާލު ހޯދުމުގެ މަސައްކަތް ނިންމުމަށް ފަހު މަޖިލީހަށް ޖުމުލަ ބިލެއް ހުށަހެޅުން ކަމަށް އޭނާ ވިދާޅުވި އެވެ. މަޖިލީހަށް ބިލު ދިރާސާ ކުރުމާއި ފުޅާ ދާއިރާއެއްގައި ބަހުސް ކުރުމާއި، އިތުރަށް ހިޔާލުތައް ހޯދަން ވަގުތު ވެސް ލިބޭނީ އެ ބިލު ވީހާވެސް އަވަސް ކުރުމުން ކަމަށެވެ.

ސަރުކާރުގެ ލެޖިސްލެޓިވް އެޖެންޑާގައި 213 ބިލެއް ހިމަނާފައިވެ އެވެ. ފަސް އަހަރުގެ ދައުރަށް ކަނޑައެޅި އެޖެންޑާއެއް ނަމަވެސް ކޮންމެ އަހަރަކު އެ އެޖެންޑާ ރިވިއުކޮށް އެ އަހަރު ކުރިމަތިވާ ކަންކަމަށް ބަލައި އުނިިއިތުރު ކުރަން ޖެހޭ ބިލުތައް ކަނޑައަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox