އޭޝިއަން ކަޕް ކޮލިފައިންގައި ޒުވާން ޓީމުތައް ވަރުގަދަ ގްރޫޕަކަށް

Jun 13, 2024, 9:33 AM
2022 ވަނަ އަހަރު ބޭއްވި އޭއެފްސީ 20 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންގެ މެޗެއްގެ ތެރެއިން.--- ފޮޓޯ: ސައުދީ ފުޓްބޯޅަ ފެޑެރޭޝަން

2022 ވަނަ އަހަރު ބޭއްވި އޭއެފްސީ 20 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންގެ މެޗެއްގެ ތެރެއިން.--- ފޮޓޯ: ސައުދީ ފުޓްބޯޅަ ފެޑެރޭޝަން

މި އަހަރު ބާއްވަން ތާވަލުކޮށްފައިވާ 20 އަހަރުން ދަށާއި 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިން ބުރުގައި ރާއްޖޭގެ ޒުވާން ގައުމީ ޓީމުތައް ވަރުގަދަ ގްރޫޕެއްގައި ވާދަކުރަން ޖެހިއްޖެ އެވެ.

އަންނަ އަހަރު ބާއްވާ 20 އަހަރުން ދަށުގެ އޭޝިއަން ކަޕްގެ ކޮލިފައިން ބުރު މި އަހަރު ކުރިއަށްދާއިރު، ކޮލިފައިން މެޗުތައް ކުޅެން ޖެހެނީ ސެޕްޓެމްބަރު 21-29 އަށެވެ. އެ ގޮތުން ރާއްޖެ ހިމެނިފައިވަނީ، ގްރޫޕް އެފްގަ އެވެ. އެ ގްރޫޕްގައި ދެން ހިމެނެނީ، އިންޑޮނީޝިއާ، ޓިމޯ ލެސްޓޭ އަދި ޔަމަން އެވެ.

އިންޑޮނީޝިއާގައި ކޮލިފައިން މެޗުތައް ހޯސްޓްކުރާއިރު، ރާއްޖޭން ފުރަތަމަ މެޗުގައި ސެޕްޓެމްބަރު މަހު 25 ގައި ކުޅޭނީ އިންޑޮނީޝިއާއާ ދެކޮޅަށެވެ. ދެ ވަނަ މެޗުގައި، 27 ވަނަ ދުވަހު ޔަމަނާ ދެކޮޅަށް ކުޅުމަށް ފަހު، ފަހު މެޗުގައި 29 ވަނަ ދުވަހު އީސްޓް ޓިމޯއާ ކުޅޭނެ އެވެ.

އޭޝިއާގެ 20 އަހަރުން ދަށުގެ ކޮލިފައިން އާއި ސާފް 20 އަހަރުން ދަށުގެ މުބާރާތަށް، އެ އުމުރުފުރާގެ ގައުމީ ފުޓްބޯޅަ ޓީމު އެކުލަވާލަނީ މިހާރު ކުރިއަށްދާ 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕުންނެވެ. ސާފް 20 އަހަރުން ދަށުގެ މުބާރާތް އޮތީ އޮގަސްޓް މަހު، 16-28 އަށެވެ. ނޭޕާލުގައި ކުރިއަށްދާ، އެ މުބާރާތުގައި ރާއްޖެ ހިމެނެނީ، އިންޑިއާ އާއި ބޫޓާނާ އެކު ގްރޫޕް ބީގަ އެވެ.

ސަތާރަ އަހަރުން ދަށުގެ އޭޝިއަން ކަޕްގެ ކޮލިފައިންގައި ރާއްޖެ ހިމެނުނީ، ގްރޫޕް ސީގަ އެވެ. އެ ގްރޫޕްގެ މެޗުތައް ޗައިނާގައި ކުޅޭއިރު، ރާއްޖޭގެ އިތުރުން ދެން ހިމެނެނީ، ދެކުނު ކޮރެއާ އާއި ބަހުރޭން އަދި ބޫޓާން އެވެ.

އޮކްޓޫބަރު 19 ވަނަ ދުވަހު ކޮލިފައިން ފުރަތަމަ މެޗުގައި ރާއްޖޭން ބޫޓާނާ ކުޅޭނެ އެވެ. ދެ ވަނަ މެޗުގައި، 21 ވަނަ ދުވަހު ބަހްރޭނާ ކުޅުމަށް ފަހު ތިން ވަނަ މެޗުގައި، ކޮރެއާއާ ކުޅޭނީ 23 ވަނަ ދުވަހު އެވެ. އަދި ފަހު މެޗުގައި ޗައިނާއާ ދެކޮޅަށް 25 ވަނަ ދުވަހު ނުކުންނާނެ އެވެ.

ސޯޅަ އަހަރުން ދަށުގެ ޔޫތު މުބާރާތެއް އަންނަ މަހު ބާއްވަން އެފްއޭއެމް އިން ތާވަލުކޮށްފައިވަނީ، އޭޝިއަން ކަޕް ކޮލިފައިން އާއި ސާފްގެ 17 އަހަރުން ދަށުގެ މުބާރާތަށެވެ. ބޫޓާނުގައި ސެޕްޓެމްބަރު 18-28 އަށް ކުރިއަށްދާ 17 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނެނީ، އިންޑިއާ އާއި ބަންގްލަދޭޝާ އެއް ގްރޫޕެއްގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox