މޮޓާ އަށް ޔުވެންޓަސް އިން ދިނީ ތިން އަހަރުގެ ކޮންޓްރެކްޓެއް

Jun 13, 2024, 5:54 AM
މޮޓާ އަށް ޔުވެންޓަސް އިން ދިނީ ތިން އަހަރުގެ ކޮންޓްރެކްޓެއް

ޓިއުރިން (ޖޫން 13) - ޔުވެންޓަސްގެ ކޯޗުކަމާ ތިން އަހަރުގެ ކޮންޓްރެކްޓެއްގައި އިޓަލީގެ ކުރީގެ މިޑްފީލްޑަރު، ތިއާގޯ މޮޓާ ހަވާލުވެއްޖެ އެވެ.

މޮޓާ، 41، މިދިޔަ ސީޒަނުގައި ހަވާލުވެހުރި ބޮލޯނިއާ ވަނީ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް ކޮލިފައިވެފަ އެވެ. އެ ޓީމުގައި ކާމިޔާބު މަސައްކަތްތަކެއް ކުރުމަށް ފަހު، މޮޓާ، ޔުވެންޓަސް އަށް ބަދަލުވާން ނިންމީ، ކޯޗިން ކެރިއަރަށް ވިސްނައިފަ އެވެ.

"ޔުވެންޓަސް ކަހަލަ ބޮޑު ކްލަބެއްގައި، އަހަރެންގެ ކޯޗިން ކެރިއަރުގެ މި ޗެޕްޓަރު ފަށަން މި ހުރީ ވަރަށް ކެތްމަދުވެފައި. ކްލަބްގެ ވެރިންނާއި މެނޭޖްމަންޓަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން އުންމީދަކީ، މި ކްލަބް އުހުގައި ބޭއްވުން،" ޔުވެންޓަސްގެ ރަސްމީ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި މޮޓާ ބުންޏެވެ.

ބްރެޒިލަށް އުފަން ނަމަވެސް، މޮޓާ ކުޅެފައިވަނީ އިޓަލީ ގައުމީ ޓީމަށެވެ. ކްލަބް ކެރިއަރުގައި ބާސެލޯނާ އާއި އިންޓަ މިލާން އަދި ޕީއެސްޖީ އަށް ކުޅުނެވެ.

މޮޓާ، 2018 ވަނަ އަހަރު ޕްރޮފެޝަނަލް ފުޓްބޯޅައިން ރިޓަޔާކުރީ ޕީއެސްޖީގައި ހުރެފަ އެވެ. އެ އަހަރު އޭނާ ވަނީ ޕީއެސްޖީ 19 އަހަރުން ދަށުގެ ޓީމާ އެކު ކޯޗިން ކެރިއަރު ފަށައިފަ އެެވެ. ކޯޗެއްގެ ގޮތުގައި ސީނިއާ ޓީމަކާ ހަވާލުވެ މޮޓާ ފުރަތަމަ ފަހަރަށް ޕްރޮޖެކްޓެއް ފެށީ 2019 ވަނަ އަހަރު ޖެނޯއާގަ އެވެ. އެކަމަކު، އެ ޓީމުގައި އެކަށީގެންވާ ވަގުތު ނުލިބުމުން މަގާމުން ދުރުވެ، 2021/2022 ވަަނަ ސީޒަނުގައި ހުރީ ސްޕެޒިއާ ގަ އެވެ.

ޖެހިޖެހިގެން ދެ ސީޒަނުގައި، ސްޕެޒިއާ، އިޓާލިއަން ލީގުގެ ރެލިގޭޝަނުން ސަލާމަތްކޮށްދިނުމަށް ފަހު، އެ ކްލަބްގެ މެނޭޖްމަންޓާ މަޝްވަރާކޮށް އެ ކްލަބް ދޫކޮށްލަން ނިންމި އެވެ. އޭގެ ފަހުން، 2022 ވަނަ އަހަރު ސީޒަން ފެށި ފަހުން، ބޮލޯނިއާއާ ހަވާލުވެ، އެ ޓީމަށް ލީގުގެ ނުވަ ވަނަ ހޯދައިިދިނެވެ. އަދި ބޮލޯނިއާއާ އެކު ހޭދަކުރި ފުރަތަމަ ފުލް ސީޒަނުގައި މޮޓާ ވަނީ އެ ޓީމަށް ގަދަ ފަހެއްގެ ޖާގަ ހޯދައިދީ، ކްލަބް ތާރީހުގައި ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގަށް ގެންގޮސްދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox