ގަންނަން ލިބޭ އަދަދަށް ވުރެ ގިނައިން ޑޮލަރު ވިއްކާތީ ކާޑު ލިމިޓު މަތިކުރަން ދަތި: ބީއެމްއެލް

ބީއެމްއެލްގެ އެމެރިކަން އެކްސްޕްރެސް ކާޑެއް: ބީއެމްއެލް އިން ބުނީ ބޭނުންވާ ވަރަށް ޑޮލަރު ނުލިބޭ ކަމަށް-- ފައިލް ފޮޓޯ

ބީއެމްއެލްގެ އެމެރިކަން އެކްސްޕްރެސް ކާޑެއް: ބީއެމްއެލް އިން ބުނީ ބޭނުންވާ ވަރަށް ޑޮލަރު ނުލިބޭ ކަމަށް-- ފައިލް ފޮޓޯ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ގަންނަން ލިބޭ ޑޮލަރުގެ އަދަދު އިތުރުނުވާހާ ހިނދު ކާޑުން ކުރެވޭ ބޭރުގެ މުއާމަލާތްތަކަށް ކަނޑައަޅާފައިވާ ލިމިޓު އިތުރުކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް، އެންމެ ގިނަ ދިވެހިން ހިދުމަތް ހޯދާ ބޭންކުން ބުނެފި އެވެ.

ރާއްޖޭގެ ބާޒާރުގައި ޑޮލަރުގެ އަގު އުފުލުމާއި ބޭރުގައި ކާޑުން މުއާމަލާތް ކުރެވޭ އަދަދު އިތުރު ކުރުމާއި ގުޅޭގޮތުން، ބީއެމްއެލް އިން ބުނީ ރާއްޖޭގެ ޑޮލަރުގެ ހާލަތާ މެދު ބޭންކުން ވަކި އެއްޗެއް ދެންނެވެން ނެތް ނަމަވެސް، މާކެޓުން ޑޮލަރު ގަންނަން ލިބޭ އަދަދަށް ވުރެ ބޮޑު އަދަދެއް ބޭންކުން ވިއްކަމުން ގެންދާ ކަމަށެވެ.

މިދިޔަ މަހުގެ 28 ވަނަ ދުވަހު ބޭއްވި ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގައި ވާހަކަ ދައްކަވަމުން އެ ބޭންކުގެ ސީއީއޯ ކާލް ސްޓުމަކް ވިދާޅުވީ ރާއްޖޭގެ އިގުތިސާދަށް އެހީތެރިވުމުގެ ގޮތުން ކަސްޓަމަރުންނާއި އެމްއެމްއޭ އިން ބީއެމްއެލްއަށް ގަންނަން ލިބުނު ފައިސާގެ އަދަދަށްވުރެ 333 މިލިއަން ޑޮލަރުގެ އިތުރަށް ވިއްކާފައިވާ ކަމަށެވެ.

Advertisement

ބީއެމްއެލްގެ ހެޑް އޮފް ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު މިއަދު ވިދާޅުވީ "ބޭންކަށް ގަންނަން ލިބޭ ޑޮލަރުގެ އަދަދު އިތުރުނުވާހާ ހިނދު ކާޑުން ކުރެވޭ ބޭރުގެ މުއާމަލާތްތަކަށް ކަނޑައަޅާފައިވާ ލިމިޓު އިތުރުކުރުމަކީ ބީއެމްއެލް އަށް ކުރެވޭނެ ކަމެއް ނޫން،" ކަމަށެވެ.

ސައީދު ވިދާޅުވީ ބޭންކަށް ގަންނަން ލިބޭ ޑޮލަރުގެ އަދަދު އިތުރުކުރުމަށް ކަމާ ބެހޭ އިދާރަތަކާއެކު މަޝްވަރާކުރަމުން ގެންދާ ކަމަށެވެ.

ބޭންކަށް ގަންނަން ލިބެން ނެތް އެއްޗެއް ވިއްކަމުން ދިޔުމަކީ ދެމެހެއްޓެނެވި ކަމަކަށް ނުވާ ހިނދު، އެ މަގު ފަހިވަންދެން ބޭންކުގެ މާލީ ހާލަތާއި ރިސްކްތަކަށް ހުށަހެޅޭ މިންވަރު ކުޑަކުރުމަށްޓަކައި އުދަނގޫ ނިންމުންތަކެއް ނިންމަން އެ ބޭންކަށް މަޖުބޫރުވާ ކަމަށް ބީއެމްއެލްގެ އަހަރީ ރިޕޯޓުގައި ވެސް ވަނީ ފާހަގަކޮށްފަ އެވެ.

ބޭރު ގައުމެއްގައި ބީއެމްއެލްގެ ޑެބިޓް ކާޑަކުން މިހާރު މުއާމަލާތް ކުރެވެނީ މަހަކު 250 ޑޮލަރާ ހަމައަށެވެ. ކްރެޑިޓް ކާޑަކުން މުއާމަލާތް ކުރެވެނީ 750 ޑޮލަރާ ހަމައަށެވެ.

ރާއްޖެއިން ބޭރުގައި ކިޔަވާ ކުދިންނަށް ޑޮލަރު ނެގޭނެ އަދަދު 1،200 އިތުރުކުރުމަށް ސަރުކާރުން ޑިސެމްބަރު މަހު ވައުދުވެފައިވި ނަމަވެސް އެކަން ކޮށްދެވިފައެއް ނުވެ އެވެ. ބޭންކުތަކުން ކަނޑައަޅާފައި އޮންނަ ޑޮލަރު ލިމިޓު އުވައިލުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

Newsletter

Get the latest news delivered straight to your inbox