އިންޓަ މިއާމީ ވާނީ ކެރިއަރުގެ ފަހު ކްލަބަށް ކަމަށް މެސީ ބުނެފި

Jun 13, 2024, 3:32 AM
އިންޓަ މިއާމީ ވާނީ ކެރިއަރުގެ ފަހު ކްލަބަށް ކަމަށް މެސީ ބުނެފި

ފްލޮރިޑާ، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 13) - މިހާރު ކުޅެމުން އަންނަ އެމެރިކާ ލީގުގެ އިންޓަ މިއާމީ ވާނީ އޭނާގެ ކެރިއަރުގެ ފަހު ކްލަބަށް ކަމަށް ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ، ލިއޮނަލް މެސީ ބުނެފި އެވެ.

ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަށް ދޭ ބެލޮންޑިއޯ އެވޯޑް އަށް ފަހަރު ހޯދާފައިވާ މެސީ، 36، "އީއެސްޕީއެން" އަށް ދިން އިންޓަވިއުއެއްގައި ބުނީ މި ވަގުތުގެ ހާލަތާއި ކަންކަމަށް ވިސްނާއިރު އިތުރު ކްލަބަކުން ދެން އޭނާ ފެންނާނެ ކަމަށް ނުބެލެވޭ ކަމަށެވެ.

"މި ވަގުތު އަހަންނަށް ވިސްނޭ ގޮތުގައި މިއީ އަހަރެންގެ ފަހު ކްލަބް. އެކަމަކު، އަދި ފުޓްބޯޅަ އެއްކޮށް ދޫކޮށްލާކަށެއް އަހަރެން ތައްޔާރެއް ނޫން،" ބާސެލޯނާގައި ކާމިޔާބު އަހަރުތަކެއް ހޭދަކޮށް ފަހުން ޕީއެސްޖީ އަށް ކުޅުނު މެސީ ބުންޏެވެ.

މިދިޔަ އަހަރު މިއާމީ އަށް ބަދަލުވި މެސީ އަންނަނީ މި ފަހަރުގެ ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އޭނާ ވަނީ މިހާތަނަށް މި ސީޒަނުގެ 12 މެޗުގައި 12 ގޯލު ޖަަހައި، 13 ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.

މެސީ ބުނީ ޔޫރަޕްގެ ފުޓްބޯޅަ ދޫކޮށްލުމަށް ފަހު، އެމެރިކާ ލީގަށް އައުން އެންމެ ފުރަތަމަ ވީ ވަރަށް އުނދަގޫ ކަމަކަށް ކަމަށެވެ. އެކަމަކު، ދުނިޔޭގެ ޗެމްޕިއަނެއްގެ ގޮތުގައި އޭނާ އަށް ކެރިއަރުގައި ބޮޑު ކާމިޔާބެއް ލިބުނު ފަހުން، ކޮންމެ ޕްރެޝަރަކަށް ވެސް ހޭނެން ފަސޭހަވި ކަމަށް މެސީ ވަނީ ބުނެފަ އެވެ.

އެމެރިކާގައި 2026 ވަނަ އަހަރު އޮންނަ ފީފާ ވޯލްޑް ކަޕްގައި ވެސް ކުޅެން ބޭނުންވާ ކަމަށް ދާދި ފަހުން ހާމަކުރި މެސީ ބުނީ، ފުޓްބޯޅައިން އެއްކޮށް ދުރަށް ދާން ޖެހުން އެއީ ވަރަށް އުނދަގޫވާނެ ނިންމުމެއް ކަމަށެވެ.

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox