މަގާމުތަކަށް މުވައްޒަފުން އައްޔަނުކުރުމުގެ ބާރު އިދާރާތަކުގެ ވެރިންނަށް ދެނީ

ސީއެސްސީގެ ރައީސް މުހައްމަދު ނާސިހު -- ފޮޓޯ: އަދަދު

ސީއެސްސީގެ ރައީސް މުހައްމަދު ނާސިހު -- ފޮޓޯ: އަދަދު

ސަރުކާރު އިދާރާތަކަށް ނަގާ މުވައްޒަފުން މަގާމުތަކަށް އައްޔަނުކުރުމުގެ ބާރު އެތަނެއްގެ ވެރިންނަށް ލިބޭ ގޮތަށް ސިވިލް ސާވިސް މުވައްޒަފުންގެ ވަޒީފާއާ ބެހޭ މައުލޫމާތު ބަލަހައްޓާ ސޮޕްޓްވެއާ ސީއެސް ވިއުގާ އަށް ބަދަލު ގެނެސްފައިވާ ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ން ބުނެފި އެވެ.

މިއަދު އޮތް "ސިވިލް ސާވިސް ފޯރަމް 2024" ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސީއެސްސީގެ ރައީސް މުހައްމަދު ނާސިހް ވިދާޅުވީ އެ ކޮމިޝަނުގެ މަސައްކަތްތައް ލާމަރުކަޒުކުރުމުގެ ސިޔާސަތުގެ ދަށުން މިނިސްޓްރީތަކާއި ލޯކަލް ކައުންސިލުތަކަށް މުވައްޒަފުން އައްޔަނުކުރުމުގެ މަސައްކަތް ހަލުވި ކުރުމަށް ސީއެސް ވިއުގާއަށް ބަދަލުތަކެއް ގެނެވިފައިވާ ކަމަށެވެ.

މި ބަދަލާއެކު އިދާރާތަކުގެ ޕާމަނެންޓް ސެކެޓްރީންނާ ސެކެޓްރީ ޖެނެރަލުންނަށް ނުވަތަ އިދާރާއެއްގެ ކަނޑައެޅޭ އިސް މުވައްޒަފަކަށް، އެ ފަރާތެއް ނިސްބަތްވާ އިދާރާއަކަށް ވަޒީފާއަށް ނެގޭ މުވައްޒަފުން އައްޔަނުކުރުމުގެ ބާރު ލިބިގެންދާނެ ކަން ނާސިހު ފާހަގަކުރެއްވި އެވެ.

"އިދާރާތަކަށް ބޭނުންވާ ސީއެސް ވިއުގާގެ އެޕްރޫވަލް ރައިޓްސް ދިނުމަށް ސީއެސް ވިއުގާއަށް ގެންނަންޖެހޭ ހުރިހާ ބަދަލުތަކެއް މިހާރު ވަނީ ގެނެވިފަ. މި ދެންނެވި ގޮތަށް ލާމަރުކަޒުކުރުމުން އިދާރާއެއްގެ ކަނޑައެޅޭ އިސް މުވައްޒަފަކަށް އެ ފަރާތެއް ނިސްބަތްވާ އިދާރާއަކަށް ވަޒީފާއަށް ނެގޭ މުވައްޒަފުން އައްޔަނުކުރުމުގެ ބާރު ލިބިގެންދާނެ،" ނާސިހު ވިދާޅުވި އެވެ.

ނާސިހު އިތުރަށް ވިދާޅުވީ ވަޒީފާއަށް މުވައްޒަފުން އައްޔަނުކުރުމަކީ މިހާތަނަށް ސީއެސްސީން ކުރަމުން އައި މަސައްކަތެއް ނަމަވެސް، އެ މަސައްކަތްތަކެއް ކޮމިޝަނުން ކުރުމުގެ ބަދަލުގައި އިދާރާތަކުގެ ޒިންމާދާރު އިސްވެރިންގެ އަތްމައްޗަށް އެ ބާރު ދޫކޮށްލުމުން މަސައްކަތްތައް އަވަސްވެގެންދާނެ ކަމަށެވެ.

އެގޮތުން މިހާރު ވެސް ބައެއް މިނިސްޓްރީތަކުން އެ މުވައްޒަފުން އައްޔަނުކުރުމަށް ގެނެވުނު ބާރުގެ ބަދަލާއި އެއްގޮތަށް އަމަލުކުރަމުންދާކަން ނާސިހު ފާހަގަކުރެއްވި އެވެ. އަދި އެ ކޮމިޝަނުގެ އަމާޒަކީ މުޅި ސިވިލްސާވިސްގެ ހުރިހާ އިދާރާތަކެއްގައި ވެސް ލާމަރުކަޒީ އުސޫލުން އައްޔަނުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުން ކަމުގައި ވިދާޅުވި އެވެ.

"ކުރިއަށް އޮތް ތާގަ އަޅުގަނޑުމެންގެ އަމާޒަކީ މުޅި ސިވިލްސާވިސްގެ ހުރިހާ އިދާރާތަކެއްގަ ވެސް ލާމަރުކަޒީ އުސޫލުން އައްޔަނުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުން،" ނާސިހު ފާހަގަކުރެއްވި އެވެ.

މި ބަދަލު ގެނައުމާއެކު ސީއެސްސީގެ ދައުރަކަށް ވާނީ ވަޒީފާތައް އޮޑިޓްކުރުމުގެ މަސައްކަތް ހަރުދަނާކޮށް، ވިއުގައިގެ ތެރެއިން މުވައްޒަފުން ނެގުމުގެ މަސައްކަތް ހިނގާ ނުހިނގާ ގޮތް ބެލުމާއިއެކު ރަނގަޅުކުރަންޖެހޭ ކަންކަން ފާހަގަކޮށް، އިދާރާތަކުން ބޭނުންވާ އިރުޝާދު ދިނުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox