މުޅި ދުނިޔެ ސިއްސުވާލައި ގްރީސް ހޯދި ކާމިޔާބު

Jun 15, 2024, 5:41 AM
2004 ވަނަ އަހަރު ގްރީސް އިން ޔޫރޯ ކާމިޔާބުކުރި ވާހަކަ ދުނިޔޭގެ ވަރުގަދަ ނޫސްތަކުގެ ފަލަސުރުހީތަކުގައި ގިނަ ދުވަސްތަކެއް ވަންދެން ހިއްސާކުރި،

2004 ވަނަ އަހަރު ގްރީސް އިން ޔޫރޯ ކާމިޔާބުކުރި ވާހަކަ ދުނިޔޭގެ ވަރުގަދަ ނޫސްތަކުގެ ފަލަސުރުހީތަކުގައި ގިނަ ދުވަސްތަކެއް ވަންދެން ހިއްސާކުރި،

ޕޯޗުގަލްގައި 2004 ވަނަ އަހަރު އޮތް ޔޫރޯ މުބާރާތަށް ގްރީސް ކުރިމަތިލިއިރު، އެ ޓީމާމެދު އެ ގައުމުގެ އަމިއްލަ ސަޕޯޓަރުންވެސް މާ ބޮޑު އުންމީދުތަކެއް ނުކުރެ އެވެ. ޔޫރަޕްގެ ސަރަހައްދީ މުބާރާތަށް ކޮލިފައިވުމަކީ ވެސް ގްރީސްގެ ޓީމުން ހޯދި ކާމިޔާބެއްގެ ގޮތުގައި އޮތީ ބެލެވިފަ އެވެ. އޭގެ ކުރިން، ގްރީސް ޔޫރޯއެއްގައި ވާދަކުރީ 1980 ވަނަ އަހަރު އެކަންޏެވެެ. ވޯލްޑް ކަޕްގައި 1994 ވަނަ އަހަރު ކުޅުނެވެ. ޔޫރޯ 2004ގެ ކުރިން ބައިނަލްއަޤްވާމީ ބޮޑު މުބާރާތެއްގައި ކުޅުނު މެޗަކުން ގްރީސް މޮޅެއްނުވެެ އެވެ. ކުޑަމިނުން، ބައިނަލްއަޤްވާމީ ބޮޑު މުބާރާތެއްގައި ލަނޑެއްވެސް ނުޖެހެ އެވެ.

އެހެން ނަމަވެސް، ގްރީސް 2004 ވަނަ އަހަރުގެ ޔޫރޯ ނިންމާލީ މުބާރާތުގެ ތައްޓާއެކުވެ. ކުޅިވަރުގެ ތާރީހުގައިވެސް އެންމެ އާދަޔާ ހިލާފު ކާމިޔާބީގެ ގޮތުގައި ތާރީހުގައި ސަފުހާތަކުން ޖާގަ ހޯދައިގެނެވެ.

ގްރީސް އިން ހޯދި ކާމިޔާބީގެ މުގުލުގައިހުރީ 2001 ވަނަ އަހަރުގެ އެ ޓީމުގެ ކޯޗުކަމާ ހަވާލުވި ޖަރުމަންގެ އޮޓޯ ރެގާލް އެވެ. ރެގާލް މަޝްހޫރުވެފައިވަނީ ޓެކްޓިކަލީ މޮޅު ކޯޗެއްގެ ގޮތުގައެވެ. އޭގެ އިތުރުން، ޑިސިޕްލިނަށް ބަލާ، ޑިސިޕްލިން ހިފަހައްޓާ ކޯޗެއްގެ ގޮތުގައެވެ. ގްރީސްގެ ޓީމުގައިވެސް އެންމެ ފުރަތަމަ އޭނާ ސަމާލުކަން ދިން ކަމަކީ ޓީމުގެ ޑިސިޕްލިން ވަރުގަދަކުރުމެވެ.

"އެންމެ ފުރަތަމަވެސް ރެގާލް އަހަރަމެންނަށް ވިސްނައިދިނީ (ކްލަބުގެ ވާދަވެރިކަމަށްވުރެ) އެންމެ ފުރަތަމަ އިސްކުރަންޖެހޭނީ ގައުމީ ޓީމު ކަމަށް،" 2004 ވަނަ އަހަރުގެ ޔޫރޯގައި ގްރީސްގެ ޓީމުގައި ހިމެނުނު ޓަކިސް ފިޔާސް ބުންޏެވެ، "ޓީމު އެއްބައިވަންތަކޮށް، އެއް އާއިލާއެއްގެ ގޮތަށް ރެގާލް ޓީމު ގެންގުޅުނު."

ރެގާލްގެ ހަރުދަނާ އުސޫލުތަކުގެ ނަތީޖާ ޔޫރޯ ކޮލިފައިންގައިވެސް ފެނުނެވެ. ގްރީސް އިން ބަލިނުވެ 15 މެޗު ހަމަކުރިއެވެ. ސްޕެއިންގެ އަމިއްލަ ދަނޑުގައި އެ ޓީމުވެސް ބަލިކުރިއެވެ.

ގްރީސް އިން ވަނީ 2004 ވަނަ އަހަރުގެ ޔޫރޯގެ ފުރަތަމަ މެޗާއި ފަހު މެޗުގައި މުބާރާތް ހޯސްޓްކުރި ގައުމު ޕޯޗުގަލް ބަލިކޮށްފައި.

ޔޫރޯގެ ފުރަތަމަ އަމާޒަކަށްވީ މެޗަކުން މޮޅުވުން

ޔޫރޯ 2004 އަށް ގްރީސްގެ ޓީމު ނިކުތްއިރު، އެ ޓީމުގެ އަމާޒަކަށްވީ މެޗަކުން މޮޅުވުމެވެ. ބައިނަލްއަޤްވާމީ ބޮޑު މުބާރާތެއްގެ މެޗަކުން މޮޅުވެފައި ނެތުމުން، ގްރީސް އިން ބޭނުންވީ 2004 ވަނަ އަހަރުގެ ޔޫރޯގައި އެ ރެކޯޑް ފިލުވާލާށެވެ.

ޔޫރޯ އިން މުބާރާތް ފެށީވެސް ހައިރާންވާންޖެހޭ ނަތީޖާއަކުންނެވެ. މުބާރާތުގެ ފުރަތަަމަ މެޗުގައި، މުބާރާތުގެ ހޯސްޓް ޕޯޗުގަލް އަތުން 2-1 އިން މޮޅުވެގެންނެވެ. ފުރަތަމަ މެޗުގައިވެސް ގްރީސް އިން މުބާރާތަށް ކަނޑައެޅި ފުރަތަމަ ޓާގެޓް ހާސިލްކުރިއެވެ.

އެ މެޗަށްފަހު ގްރީސްގެ ކުޅުންތެރިން ނުނިދައި، މެޗުގެ ރެކޯޑިންތައް ބަލައި، ގްރީސްގެ ކޮމެންޓޭޓަރުން އެ މެޗުގެ ތެރެއިން ދެއްކި ވާހަކަތައް އަޑުއެހިއެވެ. މެޗަކުން މޮޅުވުމުން، މުބާރާތަށް ކުރިމަތިލިއިރު މެޗަކުން މޮޅުނުވެދާނެތީ އިހުސާސްކުރެވުނު ޕްރެޝަރު މުޅިން ފިލައިގެންދިޔައެވެ.

"އެ މެޗުން މޮޅުވުމުން އަހަރަމެންގެ ޕްރެޝަރު ފިލައިިފި. އަހަރަމެންނަށް ހަމަޖެހުން ލިބުނު،" ގްރީސްގެ ޓީމުގައި ހިމެނުނު ވަސީލިއޮސް ޒިރާޓަސް ބުންޏެވެ.

ގުރޫޕް ސްޓޭޖުގައި ކުޅުނު ދެވަނަ މެޗުގައި ގްރީސް ވަނީ ސްޕެއިން އިން ލަނޑެއް ޖަހައިފައި ވަނިކޮށް، ފަހަތުން އަރައި މެޗުގެ ނަތީޖާ އެއްވަރުކޮށް، މުހިންމު ޕޮއިންޓެއް ހޯދައިފައެެވެ.

ގުރޫޕްގެ ފަހު މެޗަށް ގްރީސް ނުކުތީ ދެވަނަ ބުރަށް ދިއުމުގެ އަމިއްލަ ބާރާއެކުއެވެ. ގުރޫޕްގެ ފަހު މެޗުގައި ރަޝިއާ އަތުން މޮޅުވެގެން، ގްރީސްއަށް ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުވާން އޮތެވެ. އެކަމަކު އެ މެޗުގައި ގްރީސް ވަނީ ރަޝިއާ އަތުން ބަލިވެފައެވެ.

އެެހެން ނަމަވެސް، މި ގުރޫޕްގައި ސްޕެއިން އަތުން ޕޯޗުގަލް މޮޅުވުމުން، ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ގްރީސަށް ކުއާޓާ ފައިނަލްގެ ޖާގައެއް ލިބުނެވެ. ކުއާޓާ ފައިނަލްގައި ގްރީސްއާ ދެކޮޅަށް ނުކުތީ ވަރުގަދަ ފްރާންސްއެވެ. ފްރާންސަކީ އޭރު ޔޫރޯގެ އެންމެ ފަހުގެ ޗެމްޕިއަނެވެ.

ދުނިޔޭގެ ފެންވަރުގެ ތަރިން ކަމަށްވާ ޒިނެދީން ޒިދާން އާއި ތިއޭރީ އޮންރީ އާއި ރޮބަޓް ޕިރޭޒް އަދި ލިލިއަމް ތުރާމް ފަދަ ތަރިންތަކެއް ހިމެނޭ ފްރާންސް އޮތީ ފޭވަރިޓުންގެ ގޮތުގައެވެ.

އެކަމަކު ރެގާލްގެ އެ މެޗަށް ރާވާލައި ޑިފެންސިވް ގޭމްގައި، ފްރާންސްގެ ތަރިންނަށް ކުރި ލިބޭގޮތެއްނުވިއެވެ. ފްރާންސް 1-0 އިން ބަލިވެ، ގްރީސް ސެމީ ފައިނަލަށް ދަތުރުކުރިއެވެ.

ސެމީ ފައިނަލްގައި ޗެކް ރިޕަބްލިކް އަތުން ގްރީސް މޮޅުވީ ފުރިހަމަ ވަގުތ ހަމަވިއިރު ދެ ޓީމު އެއްވަރުވެފައި އޮތުމުން ކުޅުނު އިތުރު ވަގުތުގައި ޓްރައިއާނޮސް ޑެލާސް ޖެހި ލަނޑުންނެވެ. މި ލަނޑަކީ ފުޓްބޯޅައިގެ ތާރީހުގައިވެސް ޖެހި ހަމައެކަނި "ސިލްވާ ގޯލް"އެވެ.

ފައިނަލްގައި ގްރީސްއާ ދެކޮޅަށް ނުކުތީ މުބާރާތް ބާއްވާ ގައުމު ކަމަށްވާ ޕޯޗުގަލްއެވެ. މުބާރާތުގެ އެއް ފޭވަރިޓެވެ.

ގްރީސް އިން ތަށި އުފުލާލީ ގިނަ ބަޔެއްގެ ފާޑުކިޔުން އެ ގައުމުގެ ފުޓްބޯޅަ އަށް އަމާޒުވެފައިވަނިކޮށް.

ފައިނަލަށް ދިޔައިރު އޮތީ ތަފާތު ރޫހެއް

މުބާރާތް ފެށިއިރު ގްރީސްގެ ދެ ގޯލްކީޕަރުން ކަމަށްވާ އެންތޯނިއޮސް ނިކޮޕޮލީޑިސް އާއި ކޮންސްޓާނިއޮސް ޗަލްކިއާސްގެ ދެމެދުގައި ޖެހުނު މައްސަލައަކާ ގުޅިގެން، އެކަކު އެނަކަކާ ވާހަކައެއް ނުދައްކައެވެ. މުބާރާތުގެ ކުރިން މިޑްފީލްޑަރު އެންޖެލޮސް ބަސީނަސް ހުރީ ބޯނަސް ޕޭމަންޓްތަކާހެދި ހިތްހަމަނުޖެހިފަ އެވެ. އަދި ބައެއް ކުޅުންތެރިން ކޯޗު ރެގާލްއާމެދުވެސް ހިތްހަމަނުޖެހުނެވެ. މިހެންގޮސް އެތައް މައްސަލައެއް ގްރީސްގެ ޓީމުގެ ތެރޭގައި އޮތެވެ. އެކަމަކު ފައިނަލާ ހަމައަށްދިޔައިރު، ގްރީސްގެ ކުޅުންތެރިން ތިބީ މައްސަލަތައް ހަނދާން ނައްތާލައި، އެކަތި ގަނޑަކަށްވެފައެވެ.

"އެންމެންވެސް އެއްބަސްވީ ދެން މި ފަދަ ފުރުސަތެއް ނުލިބޭނެކަން. ތާރީހުން ޖާގައެއް ހޯދަން މި ފަަދަ ފުރުސަތެއް ދެން ނުލިބޭނެކަން،" ގްރީސްގެ ފިޔާސް ބުންޏެވެ. "ފައިނަލަށް ދެވުނީމަ އަހަރަމެން ބޭނުންވީ ތަށި ހޯދަން. އެ ހިސާބުން ތަށި ގެއްލޭކަށް އެއްވެސް މީހަކު ބޭނުމެއްނުވި."

ލިސްބަންގެ އެސްޓާޑިއޯ ލުއިޒްގައި، ޕޯޗުގަލްގެ އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި އެ ޓީމު ރޮއްވާލުމަށްފަހު ގްރީސް އިން ޗެމްޕިއަންކަން ހޯދީ 1-0 އިން މެޗު ކާމިޔާބުކޮށްގެނެވެ.

ގްރީސްގެ މި އަދާޔާ ހިލާފު ކާމިޔާބީއަށް ފާޑުކިޔާ މީހުންވެސް އެބަތިއްބެވެ. އެންމެ ބޮޑު ފާޑުކިއުމަކީ އެ ޓީމުން ކުޅުނު ޑިފެންސިވް ފުޓްބޯޅައާ ގުޅިގެނެވެ. އެކަމަކު އެއީވެސް ފުޓްބޯޅައިއެއް ބައެކެވެ. ގްރީސްގެ ޓެކްޓިކްސް މަސައްކަތްކުރިއެވެ. ގްރީސް ފުޓްބޯޅައިގައި ރަންވަނައެއް އެ ޓީމުން އޮތީ ޓީމުން ކުރި ބުރަ މަސައްކަތާއި ހިތްވަރުގެ ސަބަބުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox